މިޔަންމާ ސަރުކާރުގެ އިސްވެރިޔަކަށް ހުއްޓާ މަގާމުން ދުރުކޮށް، ހައްޔަރުކޮށްފައިވާ އަންސަން ސޫކީގެ މައްޗަށް ކޮރަޕްޝަންގެ 11 މައްސަލައެއްގެ ތެރެއިން ފުރަތަމަ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، އޭނާ ފަސް އަހަރަށް ޖަލަށް ލުމަށް މިޔަންމާގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.

ނޫސް އޭޖެންސީތަކުން މިކަމާ ބެހޭ މައުލޫމާތު އެނގޭ މަސްދަރުތަކާ ހަވާލާދީ ބުނީ މި ހުކުމް އިއްވާފައި ވަނީ މިޔަންމާގެ ވެރިރަށް ނައިޕިޑޯގައި ކަމަށެވެ.

މި މައްސަލަ އަކީ، ޔަންގޮންގެ ކުރީގެ ޗީފް މިނިސްޓަރު ފިއޯ މިން ތީން، އުމުރުން 76 އަހަރުގެ އަންގް ސަން ސޫކީ، ރަނާއި ނަގުދު ފައިސާގެ ގޮތުގައި 11.4 ކިލޯ (402 އޯޒެޑް) ބަލައިގެންފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ހުށަހެޅިފައިވާ މައްސަލައެކެވެ.

ސޫޗީ ވަނީ މި ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މިޔަންމާގެ އަސްކަރިއްޔާއިން ގެނައި ބަޣާވާތެއްގައި ވެރިކަން އަތުލި އިރު، ސޫކީގެ މައްޗަށް މަދުވެގެން 18 ދައުވާއެއް އުފުލާފައިވެއެވެ. އެކަމަނާގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ 190 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އެހެން މައްސަލަތަކުގައި މިހާރުވެސް އެކަމަނާގެ މައްޗަށް ވަނީ ހަ އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.
ބައިނަލްއަގްވާމީ މުޖުތަމައުން ވަނީ އެ ޝަރީއަތްތައް ބޭރުކޮށް، އެކަމަނާ ވަގުތުން ދޫކޮށްލުމަށް ޑިމާންޑްކޮށްފައެވެ. އަދި ހިއުމަން ރައިޓްސް ވޮޗްގެ ޑެޕިއުޓީ އޭޝިއާ ޑިރެކްޓަރު ފިލް ރޮބަޓްސަން ވަނީ އެންމެ ފަހުން ކުރި ހުކުމް ކުށްވެރި ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލި

    އުފާވެރި ހަބަރެއް

  2. އަލީ

    އަންނި އެންމެ ތާއީދު ކުރާއަދި އެވަރެއް ނެތް ކަމަށް ސަނާކިޔަމުން ދުވި އެކަކު. އަންނި އަކީ ވެސް ނަމުން ސާފު އެކަމަކު މިޔައް ވުރެންވެސް ކޮރްޕް މީހެއް.

  3. ނޫރު

    މީނަވެސް އިންސާނީ ހައްގޭ ކިޔާ ހަޅޭފަޅޭ ލަވާ، ވެރިކަން ލިބުނީމަ މުސްލިމުންނާއި ގަތުލު އާންމު ހިންގީ. ހިންދޫ ތަވާ ވެސް މިފަދަ އެކަމަކު އެމްޑީޕީގެ ލީޑަރުންނަށް އެންމެ ކަމުދަނީ މޯދީ ތުވާ.