ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރާއީލްގެ ތެލް އަވީވް އަށާއި ގުދުސް އަށް ވަރުގަދަ ހަމަލާތަކެއް ދެންމެ ފޮނުވާލައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޣައްޒާ އިން ދެންމެ ވަނީ ފުލުފުލުގައި ގިނަ އަދަދެއްގެ މިސައިލް ހަމަލާތައް އިސްރާއީލްގެ މެދު ތެރޭގެ ހިސާބުތަކަށް ފޮނުވާލައިފައެވެ. އަދި ހަމަލާތައް އަމާޒުވެފައިވާ ސަރަހައްދުތަކަށް ސިއްހީ އެހީތެރިން ފޮނުވާލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިހާތަނަށް އައިއިރު މީހަކަށް އަނިޔާވި ކަމެއް އަދި ނޭނގެއެވެ. އެކަމަކު، ބައެއް ތަންތަނުގައި އަލިފާން ރޯވެފައިވާ މަންޒަރު މީސް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން އެނގިގެންދެއެވެ. މި ހަމަލާތައް އައުމުގެ ކުރިން އިސްރާއީލުގެ މެދުތެރޭގައި ވަރަށް ގަދަ އަށް ސައިރަން އަޑު އިވިފައިވެއެވެ.

ހަމާސް އިން ބުނާ ގޮތުގައި އިސްރާއީލަށް އަމާޒުކޮށް މި ހަމަލާތައް ދޭން ފެށީ މުސްލިމުންގެ މުގައްދަސް ބިން ކަމުގައިވާ އަލް އަގްސާ މިސްކިތުގެ ހުރުމަތް ކަނޑާލުމާއި އެ ތަނަށްދާ މުސްލިމުންނަށް އަނިޔާކޮށް، ހައްޔަރުކުރަމުންދާތީއެވެ. އަދި މި ހަމަލާތަކަކީ އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި އެހެން ތަންތަނުގައި ފަލަސްތީން ރައްޔިތުންނަށް އަމާޒުކޮށް ދޭ އަނިޔާވެރި ހަމަލާތަކަށް ދޭ ރައްދެއް ކަމަށް ވެސް ހަމާސް އިން ބުނެއެވެ.

މި ހަމަލާތަކުގައި އިސްރާއީލްގެ 700 އަށް ވުރެ ގިނަ މީހުން މަރާލައި، 2000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްކޮށްލައިފައެވެ. އަދި އިސްރާއީލް ސިފައިންނާއި އާންމުން ހިމެނޭ ގޮތަށް 100 އަށް ވުރެ ގިނަ މީހުން ރަހީންކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފަލަސްތީނުން ދެމުން އަންނަ ހަމަލާތަކާ ގުޅިގެން އިސްރާއީލުން ދަނީ ވައިގެ މަގުން ޣައްޒާ އަށް ބޮން އަޅަމުންނެވެ. މި ހަމަލާތަކުގައި ފަލަސްތީނުގެ 500 އެއްހާ މީހުން ވަނީ ޝަހީދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކަށިކެޔޮ އާދަނު

    اللهم انصر المسلمين في فلسطين وفي كل مكان وثبت أقدامهم واحفظهم من كل شر اللهم امين يارب العلمين

    27
    0
  2. Anonymous

    ﷲއިރާދަފުޅައިއެކު އިސްރާއީލުފުޑުކޮންލަށްވާ!އެކަލާގެވޮނޑިގެންވަނީމުސްލިމުންނައިއެކުގައިއެެވެ!

    46
  3. ޢަލިފް

    ﷲ އަކްބަރް..

    37
    1
  4. ސީޒާ

    ހައްދަަވާ ބޮޑުކުރެއްވި ރަސްކަލާކޯ މުސްލިމުންނަށް ނަސްރު ދެއްވާންދޭ!

  5. ދުޢާ

    ހަސްބިޔައްﷲވަނިޢުމަލްވަކީލު ޕަލަސްތީނައްނަސްރުދެއްވާދޭނވެ