އިންޑިޔާގެ ޗަޓިސްގަރުގެ އަވަށެއްގައި، މަސްތުވެގެން ހުރި މީހެއްގެ ޖިންސީ ޝިކާރައަކަށްވުމުން، އެކުއްޖާ ނިސްބަތްވާ އަވަށުގެ މީހުން ކުއްޖާއަށް އަދަބު ދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.
އެޤައުމުގެ ނޫސްތަކުން މިއަދު ބުނެފައިވާގޮތުގައި، މިކަން ހިނގާފައިވަނީ މިމަހުގެ ކުރީކޮޅުގައެވެ.
ނޫސްތަކުން ބުނެފައިވާގޮތުން، 13 އަހަރުގެ މި ކުއްޖާއަކީ، އާއިލާއަށް ކާންބޯންދިނުމަށް، ދުވަހު މުސާރައަށް މަސައްކަތް ކުރަމުން އަންނަ ކުއްޖެއްމެއެވެ. މަސްތުވެގެން ހުރި، އަރްޖުން ޔާދަވް ނަމަކަށް ކިޔާ މީހަކު، އެކުއްޖާއަށް ޖިންސީ އަނިޔާކޮށްފައިވަނީ، އެކުއްޖާ މަސައްކަތް ކުރާ ތަނުންނެވެ.
މި ކުއްޖާ، މީހެއްގެ ޖިންސީ ޝިކާރައަކަށްވުމުންވެސް، އެކުއްޖާ ނިސްބަތްވާ އަވަށުގެ މީހުން، އަޅާލާ އޯގާތެރިވުމުގެ ބަދަލުގައި އެންމެ ފުރަތަމަ އެންގީ، ބޮޑު ޖޫރިމަނާއެއް ދެއްކުމަށްކަމަށްވެސްވެއެވެ. މި ޖޫރިމަނާ ދެއްކުމަށް އަރްޖުންގެ މައްޗަށް އެންގުމުން، އޭނާ ޖޫރިމަނާ ދެއްކުމަށްދަހު މިނިވަންވިއެވެ.
އެހެންނަމަވެސް، އަންހެން ކުއްޖާއަށް ޖޫރިމަނާ ނުދެއްކުމުން، އަވަށުގެ މީހުންވަނީ ބޮޑެތި އަނިޔާތަކެއް ދީފައެވެ. އެގޮތުން، ކުއްޖާގެ ބޮލުން އިސްތަށިގަނޑު ބުރިކޮށްލާ، އެހެން ބައެއް ޖިސްމާނީ އަނިޔާތައް ދީފައިވެއެވެ.
ކުޑަކުދިންގެ ޙައްޤުތަކުގައި މަސައްކަތް ކުރާ އިންޑިއާގެ ޖަމިއްޔާއަކުން ވަނީ މިހާރު މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައެވެ. ނަމަވެސް މައްސަލަ ހުށަހެޅިތާ ހަފްތާއެއް ވެގެން ދިޔައިރުވެސް އަދިވެސް، އެއްވެސް މީހަކާއި މެދު ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިންޑިއާ އަކީ އަންހެނުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގައި ވަރަށް ކުރީގައި އުޅޭ ގައުމެކެވެ. މިފަދަ މައްސަލަތައް އިންޑިއާގައި ގިނަވާ އެއް ސަބަބަކީ ވެސް އަނިޔާވެރިންނަށް ޙައްޤު އަދަބު ނުދެވުމެވެ.
އިންޑިއާ އަކީ އަންހެނުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގައި ވަރަށް ކުރީގައި އުޅޭ ގައުމެކެވެ. މިފަދަ މައްސަލަތައް އިންޑިއާގައި ގިނަވާ އެއް ސަބަބަކީ ވެސް އަނިޔާވެރިންނަށް ޙައްޤު އަދަބު ނުދެވުމެވެ... ކަލޭ މިހެން ލިއުމުން ކުއްވެރި ވެދާނެ..ބަލަ އިހަކަށް ދުވަހުނުން މި ރާއްޖެއިން އިންޑިޔާގެ ދިފާއުގައި އެ ތެދުވީ..ހައް ހައް
ދެން ތެދެއްވާނީ ތެދަކަށެއްނު!?