ނަމާދަކީ ﷲ ސުބްޙާނަޙޫ ވަތަޢާލާ އިންސާނުންގެ މައްޗަށް ފަރުޟު ކުރައްވާފައިވާ އަޅުކަމެކެވެ. ހަނގުރާމައިގެ ހާލަތުގައިވެސް ކުރުން ވާޖިބް އަޅުކަމެކެވެ.

އިއްޔެ އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމުގައި އެތަކެއް ގެއްލުމެއް އިމާރާތްތަކަށް ލިިބިފައިވާއިރު، އިމާރާތްތަކަށް ލިބުނު ގެއްލުމަށްވުރެ ގިނަ މީހުންގެ ސަމާލުކަން ހުއްޓުނީ މިވީޑިއޯ އަށެވެ. ވީޑިއޯގައި ފެންނަނީ ބިންހެލުން އައި ވަގުތު މިސްކިތް ތެރޭގެ މަންޒަރެކެވެ. އިންޑޮނޭޝިއާގެ ލޮމްބޮކް ސަރަހައްދަށް 7.0 މެގްނެޓިއުޑްގައި އައި ބާރުގަދަ ބިންހެލުން އައި ވަގުތަކީ އެޤައުމުގައި ނަމާދު ކުރަމުން ދިޔަ ވަގުތެވެ.

ވީޑިއޯގައި ފެންނަނީ އިމާމް މީހާ ބިންހެލުން އައި ވަގުތު ނަމާދު މެދުކަނޑާނުލާ ނަމާދު ކުރާ މަންޒަރެވެ. އިމާމް މީހާގެ ފަހަތުގައި މައުމޫމްވެ ނަމާދު ކުރަން ތިބި ބައެއް މީހުން ބިންހެލުން އަންނަން ފެށުމާއެކު ނަމާދު ދޫކޮށް ދާ މަންޒަރު ފެނެއެވެ. ނަމަވެސް އިމާމް މީހާ ދިޔައީ ބިން ހެލެމުން ދިޔަ ވަގުތުގައިވެސް ނަމާދުގެ މާތް އަޅުކަން އަދާ ކުރަމުންނެވެ.

މީގެއިތުރުން ބިންހެލުމާ އެކު ބިރުންދިޔަ މީހުން ވެސް ފަހުން ނަމާދުގެ ޖަމާއަތާއި ގުޅޭތަން ވެސް މި ވީޑިޔޯ އިން ފެނިގެންދެއެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ބިންހެލުން އައި ވަގުތަކީ އިމާމްމީހާ ހަށަން ބަދެގެން ހުރި ވަގުތެވެ. އަދި ބިން ހެލުން އައުމުން، މިސްކިތް ތެޅުވެން ފެށުމުން، އިމާމް މީހާ ފާރުގައި ހިފަހައްޓައިގެން ހުރެ، ނަމާދު ފުރިހަމަ ކުރިއެވެ.

https://www.facebook.com/QReminders/videos/1079513598877779/

މިވީޑިއޯ މިހާރު މީސްމީޑިޔާގައި ދައުރުވަމުން ދާއިރު، އިމާމް މީހާ އެދެއްކި ސާބިތުކަމަށްޓަކައި އޭނާއަށް ގިނަ ބަޔަކު ދަނީ ތަޢުރީފް ކުރަމުންނެވެ. މިބިންހެލުމުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 91 އަށް ވަނީ އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދު

    އިމާމު ކުރުސި ކި ގަޑީގައި ގައިން ހީބިހި ނަގައިގެން ދިޔައީ ދުލުން ކިޔާދެވޭވަރަށް ވުރެ މާ ބޮޑަށް!

    ޔާﷲ، އިންޑޮނޭޝިޔާގެ މުސްލިމުންގެ ހިތްތަކަށް ސާބިތުކަން ލައްވާންދޭވެ.

  2. ހެޔޮބަސް

    ނަމާދަކީ ނުކުރުމަށް އުޒުރެއްވާކަމެއްނޫން ކޮޅަށްުހުންނަންއުދަގޫނަަމަ،އިށީދެން،އިށީދެގެން
    ނުކުރެވޭނަމަ އޮށޯވެގެން،މިގޮތަށްނުކެރެވޭނަމަ،ހަރަކާތުން މިހާމުހިއްމުކަމެއް ނަމާދަށް ފަރުވާ
    ކުޑަނުކުރައްވާ ބިންހެލުމާއެކުވެސް އިމާމްމީހާދެއްކިނަމާދުކުރުމުގެ މުހައްމުކަމުން އިބްރަތް
    ހާސިލްކުރައްވާ ވަގުތުނޫހުންގެނެސްދެއްވިމުހިއްމުޚަބަރުން އިބްރަތެއްލިބި ބަޔަކަށް ފުރިހަމަ
    ތެދުމަގުލިބުންއެދި ﷲއަށް ދުޢާކުރަން