ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓު ހަވާލު ކުރާނެ ފަރާތްތައް ކަނޑައެޅުމަށް އިއްޔެ ކުރިއަށް ގެންދިޔަ އެޕާޓީގެ ޕްރައިމަރީން ބަލިވެ, ވިލިމާލޭ ދާއިރާއަށް ވާދަ ކުރުމުގެ ފުރުޞަތު، މަޝްހޫރު ލަވަކިޔުންތެރިޔާ މުޙައްމަދު މާޖިދު (މެޒޯ) އަށާއި މާލޭ ސިޓީ ކައުންސިލްގެ މެންބަރު ހަމްނާ ވަހީދަށް ގެއްލިއްޖެއެވެ.
އިއްޔެ ކުރިއަށްދިޔަ ޕްރައިމަރީގެ ތެރެއިން ވިލިމާލޭ ދާއިރާއަށް ނުވަ ކެންޑިޑޭޓުން ވާދަ ކުރިއެވެ. އެއީ، ދާއިރާއަކަށް އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލީ އެއް ދާއިރާއެވެ.
މި ޕްރައިމަރީގެ ތެރެއިން މެޒޯ މުޙައްމަދަށް ލިބިފައިވަނީ 29 ވޯޓެވެ. ހަމްނާ ވަހީދަށް ލިބުނީ 32 ވޯޓެވެ. އެންމެ ގިނަ ވޯޓު ހޯދީ ކެންޑިޑޭޓް ނަމްބަރު ތިނެއް، ޔާމީން އަޙުމަދެވެ. އެއީ 143 ވޯޓެވެ.
ވިލިމާލެ ދާއިރާ:
1 - ސުރިއްޔާ - 19 ވޯޓު
2 - ޝާން - 61 ވޯޓު
3 - ޔާމީން އަޙުމަދު - 143 ވޯޓު
4 - އަލީ ސިރާޖު - 36 ވޯޓު
5 - މުޙައްމަދު ނާހީ - 55 ވޯޓު
6 - ޙުސައިން ރަޝީދު - 61 ވޯޓު
7 - މުޙައްމަދު މާޖިދު (މެޒޯ) - 29 ވޯޓު
8 - ނާސިފް އަފީފު - 43 ވޯޓު
9 - ހަމްނާ ވަހީދު - 32 ވޯޓު
ބާތިލު - 18 ވޯޓު
މިއީ މި ދާއިރާއަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން މިހާރުވެސް އާއްމުންގެ މެދުގައި އެންމެ މަޤުބޫލު ދެ މޫނުކަމުގައިވާއިރު، މި ދެ ފަރާތުންވެސް ކެމްޕޭން ކުރުމަށް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.
ތިއީ ތިޔާ ޑިމޮކްރެސީ ވެގެން އުޅޭ މާލޭ މީހުންގެ ފެންވަރު. ޢާއްމުން ގުނބޯހައްދާފައި މި މީހުން މި އުޅެނީ ސަތޭކަ ދުއިސައްތަ ވޯޓުން ހޮވިގެން މެޖޯރިޓީ އިން ހޮވީއޭ ކިޔައިގެން، ކަލޭމެންގެ ލަދު ހަޔާތް ކޮބައި ބާ އޭ ހިތަށް އަރަނީ. އަހަރެމެން ޕާރޓީ ނޫން މީހުނަށް މިތާނގައި އެއްވެސް ހައްގެއް ނެތީތަ؟ ކަލޭމެން ބޭނުން ހާ އެއްޗެށް ހަދަމުން ތިއޮށް ނަގަމުން ދަނީ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ،
ކުރީމް މުޙައްމަދޫ ކަލޭ ކުރާނެ ހުރިހާ ކަމެއް ހުސްވީދޯ އެމް ޑީ ޕީ މީހުންނައްވެސް އެނގެޔޭ ކަލޭތީ ކާކުކަން
ހަމްނާ ހީކުރަނީ ވަރައްސަޕޯޓޫ އޮންނަކަމައް.
ވަހީދު ވަރައް ވޯޓު ލިބިއްޖެ އެއްނު..32 ހަމްނާ އައް..މެޒޯ އައް 29
ހަމްނާ ތުޅާދޫ ދާއިރާ އައް ލީނަމަ ޔަގީން ދޯ..
ހަމްނާ ފުލައްދިޔަ އީދޯ...