ދުވަހަކު ވެސް ބަޔަކަށް އަނިޔާކޮށް ދެރަ ގޮތެއް ހަދާފައި ނުވާނެ ކަމަށާއި އޭނާއާއި ގުޅޭގޮތުން ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިން މައްސަލަ ބަލައިދިނުމަށް ފުލުހުން ކިބައިން އެދިފައިވާކަމަށް ތުޅާދޫ ދާއިރާއަށް އެމްޑީޕީ ޓިކެޓްގައި ވާއްދަ ކުރައްވާ ޤާނޫނީ ވަކީލު ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.
ހިސާން ހުސެއިންގެ ކެންޕެއިން އޮފީހުން ދެންމ ނެރުނު ބަޔާނެއްގައި ބުނީ ތުދާޅުދޫ ދާއިރާ އަށް ރައީސް މައުމޫނަށް ނިސްބަތްވާ އެމްއާރުއެމްގެ ޓިކެޓްގައި ވާދަކުރައްވާ އަލްއުސްތާދު އިބްރާހިމް އަފީފުގެ ކެންޕެއިން ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން އިއްޔެ ރައީސް އޮފީހަށް ފޮނުވި ސިޓީގައި ހިސާންގެ މައްޗަށް ކޮށްފައިވަނީ ދޮގު ތުހުމަތު ތަކެއް ކަމަށެވެ.
ބަޔާނުގައި އިތުރަށް ވަނީ އަނިޔާކޮށްގެން ހިސާންގެ އެއްވެސް މައްސަލައެއް ފުލުހުން ބަލާފައި ނުވާނެ ކަމަށާއި އޭނާ އަކީ އެއްވެސް މީހަކާއި މެދު އަނިޔާވެރި އަމަލެއް ހިންގި މީހެއް ނޫން ކަމަށެވެ. އެންމެނަށް އެނގޭނެ ފަދައިން ހިސާން އަކީ އިންސާނީ ހައްގުތަށް ހޯދައިދިނުމަށް މަސައްކަތް ކުރާ ފަރާތެއް ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
ހިސާންގެ މައްޗަށް މިފަދަ ދޮގު ތުހުމަތު ތަކެއް ކޮށް ސިޓީ ލިޔެފައިވަނީ އެމްއާރުއެމްގެ ކެންޑިޑޭޓް އަށް ބޮޑު ބޭބެ ކިޔާ މީހެއް ކަމަށާއި ހިސާން އަށް ތުހުމަތު ކޮށް ދޮގު މައުލޫމާތު ފެތުރި މައްސަލަ ކުއްވެރިކުރާ ކަމަށް ބަޔާނުގައި ވެއެވެ.
މީގެ އަހަރުތަކެއް ކުރިން ކިޔަވާ ކުދިން ތަކަކަށް އަނިޔާ ކުރި ކަމަށް ބުނެ ހިސާން އާއި ދެކޮޅަށް ފިޔަވަޅު އަޅައި ދިނުމަށް އަނިޔާ ލިބުނު މީހަކު ރައީސް ޞާލިހަށް ފޮނުވި ސިޓީ މިހާރު ވަނީ މީސް މީޑިއާގައި އާއްމު ވެފައެވެ.
ރައީސް ސޯލިހަށް އޭނާ ފޮނުވި ސިޓީގައި މީގެ އަހަރު ތަކެއް ކުރިން އޭނާގެ އިތުރުން އޭރު އެ ގޭގައި (މ.ނޫހިރި) ގޭގައި ކިޔަވަން ތިބި އިތުރު ހަތަރު ކުއްޖަކަށް ހިސާން ކުރި ބޮޑެތި ލާއިންސާނީ އަނިޔާތަށް ވަރަށް ތަފުސީލް ކޮށް ވަނީ ބަޔާން ކޮށްދީފައެވެ.
ރައީސް ސޯލިހަށް ފޮނުވސީޓީގައި ބުނެފައި ވަނީ އެމްޑީޕީ އަކީ ވަކި މީހަކަށް ވަކިގޮތަކަށް އަމަލު ނުކުރާނެ ޕާޓީއަކަަށް ވީހިނދު މި މައްސަލާގައި ހިސާން އާއި މެދުވެސް އަމަލު ކުރަން ވާނީ ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓް އާއި މެދުވެސް އަމަލު ކުރިގޮތަށެވެ.
ނޮހޮވޭނެ.
ކަލޭ ތިހަދަނީ ތެދުކަން ކިހިނެއް އެގެނީ
ހިޔެއްނުވޭ ކަލޭގެ ކަތިލަން އަބުރެއް އޮތްހެނެއް
އެއީ ހަމަ ދޮގެންނޫ ހަމަ ތެދެއް އެއީ މިހާރުވެސް ތިހަދަނީ ދޮގު ހަމަ އަނިޔާކުރީ
މުޣުނީވެސް ބުނި ދޮގުވާހަކައެކޭ. އެކަމަކު އެކަން ނުބަލައެއްނު. ހިސާނު ބުންޏަސް ގަބޫލުކޮށްގެންނުވާނެ.
ހިސާނުވީމަ ތިހެންބުނެލާ ބަހެއް ނަޝީދު އަޑުއަހާފާނެ. އެކަމަކު ދާއިރާގެ ރައްޔިތުންނަށް އެނގޭ ކަލޭމެންގެ އިންސާފު. ހިސާނަށް ގޮތެއް މުޣުނީއަށް ގޮތެއް. ފާތުމައަށް ގޮތެއް ނަޝީދަށް ގޮތެއް. ޔާމީނަށް ގޮތެއް. އިބްރާހީމަށް ގޮތެއް.
އިބްރާހިމް އަފީފު، މި ދެން ކާކު
ޣާނިމްގެ މައްސަލައެއްވެސް ނެތް އެއްވެސް އިދާރާއަކުން ބަލާ އަދި ހުށަހަޅާފައެއްވެސް ދެން ކީއްތޯ ވަކި ޣާނިމް އަށް ކުރި ތާއިދު ގެންދަން ވީކީ
އަނިޔާވެރިންނަށް ފުރުސަތު ދިނުމުން ދެންވެސް ރައްޔިތުންނަށް ކުރާނީ އަނިޔާ. ތުޅާދޫ ދާއިރާގެ އެއްވެސް މީހަކު މީނާ އަށް ވޯޓު ނުދިނުން އެދެން. މީހުން މިނެކިރަން ދުނިޔެމަތީގަ އެނގޭނީ ބޭރުފުށުން. މީނާގެ ގައިގަ ދީންވެރިކަމެއް ހުރިނަމަ ކުޑަމިނުން ބުރުގާވެސް އަޅާނެ އެއްނު.
ކުށްވެރިވާފަރާތަށް އަދަބުލިބެނީ ކުށްވެރިވެގެންކަމަށް އެއްބަސްވެލައްވާތޯ ވައްކަންކުރާފަރާތުން
ވައްކަންކުރިކަމަށް ޒިނޭކުރިފަރާތުން ޒިނޭކުރިކަމަށް މަސްތުވާތަކެތިބޭނުންކުރިފާރާތުން އެތަކެތި
ބޭނުންކުރިކަމަށް މިކަންކަމަށް އެއްބަސަވެލައްވާފައިވަނީ ވަރަށްމަދުފަރާތަކުން އަދި އެއްބަސްލެއްވި
އަސް އެއްބަސްވީ ބިރުދައްކައިގެންކަމަށް ފަހުންބުނެފައިވޭ މަރުގެހާދިސާގައިވެސް ކުށްވެރިންގެ ފަރާތުން ދެފަހަރު ދެގޮތަށްބުނެފައިވާ މައްސަލަތްއް ފެންމަތިވެފައިވޭ މިޒާތުގެކަމެއް ހިސާނުވެސް ތިކުރައްވަނީ
ރީނދޫ ބާގައިގެ މީހުން ތެދުބުނުމަކީ ނުވާނެކަމެއް! ގައިމު މަހުލޫފަށްވެސް އެމްޕީއާރުސީނ އިން 33000 ޑޮލަރު ލިބުނީ ޞަދަގާތުގެ ގޮތުގައިކަމަށް މިވަނީ! އަންހެންމީހާ ތި އުޅޭ ގޮތުންވެސް އެނގޭ ނިކަމެއްޗެއް އަތުޖެނިއްޔާ ފިލުވާލާނެކަން!
ރައީސްގެ އޮފީހަށް ފޮނުވާ ސިޓީ އެއް މީސް މީޑިޔާގަ...ރައްކާތެރި ކަމާމެދު ޝައްކު
މިފަހަރު އެހެންނަކުން ނުވާނެ ހިތަދޫ އުތުރު ދައިރާގެ ކެންޑިޑޭޓާއިމެދު ޢަމަލުކުރިގޮތަށް ހިޝާނުއާއި މެދު ޢަމަލުކުރާކަށްނުކެރޭނެ އަދި ނުވެސް ކުރާނެ ތިއަކީ އަދުލުވެރިކަމެއް އޮތް ބައިގަނޑެއްނޫން މިހާރުވެސް ޕާޓީގެ އަމިއްލަ ރައިސް ނަޝީދު އެނުކުތީނު ހިޝަނުއާއި އެއްކޮޅަށް ކުރާކަށްނުކެރޭނެ ނުކުރާނެ ނުވެސް ކެރޭނެ
ތި ހިސާނަކީ މިހާރު މަތި ފަޑީގައި ހުއްޓަސް ވަރަށް ގޮތް ކުޑަ އަންހެނެއް. އޭނާގެ އިއްޒަތްތެރި ބައްޕަ ދުނިޔޭގައި މިހިސާނު އުޅެމުން ދިޔައީ ވަރަށް ވިޔާ ނުދާ ކޮށް
އަނިޔާކުރި. ތިހަދަނީ ދޮގު.
ބުނަން! އެއްވެސްމީހެއް ނުބައިކަމެއް ކޮށްފަކާ އެއްބަހެއްނުވާނެ. ތަގޭބައްޕަ އަތަށް ޙަތިމެއްދީފަ އަހާ! ޔަގީނުންވެސް ދޮގެއް ނަހަދާނެ އެއީ ޝޭޙެއްނަމަ. ކަމަނާފަހަތުންވެސް ކާރމާ އައީދޯ..ހެހެހެ ފޭކު އަންހެނާ.... ކަލޭގެ ހަގީގަތް ފަޅާއަރަނީ. ﷲއަކްބަރު
ކޮއްފާނެ.ލާދީނީ މީހުންނެއްނު
މާލޭގައި ކުރިން ކިޔަވަން ގޮސް އުޅޭ ރާއްޖެ ތެރޭ ކުދީންނާ ދޭތެރޭ މާލޭ މީހުން ވަރަށް ހިޔާނެތިކޮށް ކަންތައް ކޮށްފައި އެބަހުރި. އެއީ ހަމަ ޙާޤީގަތެއް.ހިސާނަކީ ވަރަށް ޒީލަ ގަދަ އަންހެނެއް. ކޮށްފާނެ.
މީ ހަމަ ހައްގު ތެދު. ނިކަން އެ ސިޓީ ލިޔުނު މީހުން ގެންގޮސްގެން ތަހްޤީގް ކޮށްބަލަ. އެނގިދާނެތާ. ހިސާން ކޮށްފާނެ. ﷲ އަށް އުރެދިހުރެ 24 ގަޑި އިރު ހޭދަކުރާ މީހަކު ދެން އިންސާނުންނަށް ކޮން ރަހުމެއް ހުންނާނީ . ރައީސް ގެ ގަޓެއް ހުރިއްޔާ އެނގިދާނެތާ
ކަލޭ ބޮޑާކަމާ ލަދު ހަޔާތުގެ ކަންފުޅެއްވެސް ނުހުންނަ ވަރުން އެފަދަ ކަމެއް ކޮށްފާނެކަމަށް ޝައްކެއްވެސް ނެތް މިންވަރަށް ޔަގީން ކުރެވޭ.
މިއަދުތަތިމައްސަލަ ޖައްސަންވި ތިއިދޮގު ކެންޕެއިން ކުރަންފެށީމަތަ ދޮގުހަދަންވެސް ވަކިމިންވަރެއްއޮންނާނެ