ކޮންގްރެސް ކޯލިޝަންގެ މުޒާހަރާތައް ހުއްޓާނުލާނެ ކަމަށާއި، ރޭގެ މުޒާހަރާގައިވެސް 2000 އެއްހާ މީހުން ބައިވެރިވިކަމަށް، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ، ރޭގެ މުޒަހަރާއަށްފަހު ނޫސްވެރިންނަށް މަޢުލޫމާތުދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސެެއްގައެވެ. އަދުރޭ ވިދާޅުވީ އިދިކޮޅު ކޯލިޝަނުން އެންމެ ފުރަތަމަ ނިންމީ ނަސްރުގެ ދުވަސް ފާހަގަކުރުމަށް ކާނިވަލުގައި ޖަލްސާއެއް ބޭއްވުމަށް ކަމަށާއި، ނަމަވެސް އެކަމަށް ސަރުކާރުން ހުއްދަ ނުދިނުމުން ޕީޕީއެމް އޮފީސް ދޮރުމައްޗަށް އެއްވުމަށް ގޮވާލީ ކަމަށެވެ.
ޕީޕީއެމް އޮފީސް ސަރަހައްދުގައި މުޒާހަރާ ކުރިޔަށް ގެނަދަމުން ދަނިކޮށް، ރޭ ފުލުހުން ވަނީ އެ ސަރަހައްދަށް އައިސް މުޒާހަރަ ރޫޅާލަން މަސައްކަތް ކޮށްފައެވެ. އަދި ކޯޓު އަމުރަކާ ނުލާ ޕީޕީއެމް އޮފީހަށް ވަންނަންވެސް މަސައްކަތް ކުރިއެވެ. މީގެ އިތުރުން 12 މީހަކުވެސް ވަނީ ރޭ ފުލުހުން ހައްޔަރުކޮށްފައެވެ. ނަމަވެސް އެންމެން ވެސް ފަހުން ވަނީ ދޫކޮށްލާފައެވެ.
ރޭގެ އެއްވުން، ފުލުހުން ރޫޅާލުމުން އަދުރޭ ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ. މުޒާހަރާކުރާނަމަ އެމްޑީޕީގެ ސަރުކާރުން ވަރަށް ބިރު ގަންނާނެކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަކީ މި މުޒާހަރާ ކުރަން ފަށައިފިނަމަ ހުއްޓާނެ ބައެއް ނޫން. ކޮޅެއްގަ ޖެހުނީމަ ނިންމާނީ. އެކަން ވަރަށް ރަނގަޅަށް އެމްޑީޕީއަށް އެނގޭނެ. އެނގޭތީ އެ ބިރު ގަންނަނީ،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު ކުރިމަތިވެގެން މިއުޅޭ ކަންތަކަކީ މީގެ ކުރިން ރާއްޖެއަށް ދުވަހަކުވެސް ކުރިމަތި ނުވާ ފަދަ ކަމެއް ކަމަށެވެ. ނަމަވެސް ގައުމީ ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އެ ރިޕޯޓް ސިފަކުރެއްވީ ލިޔެލާ ލިއުމެއް ފަދަ އާދައިގެ ކަމެއްގެ ގޮތުގައި ކަމަށް އަދުރޭ ވިދާޅުވިއެވެ.
"މީ ކުޑަކުޑަކު ކަމެއް ނޫން ކޮށްގެން މިއުޅެނީކީ. އެކަމާ ދޭތެރޭގައި އަޅުގަނޑުމެން ބިރުގަންނަން ޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.
އަދުރޭ އިތުރަށް ވިދާޅުވީ، ކުއްލި ގޮތަކަށް ގޮވާލީމާވެސް އެތަނަށް 2000 އެއްހަ މީހުން އައި ކަމަށެވެ. އަދި ފުލުހުން އެ ސަރަހައްދަށް އައިސަ މީހުން ފަހާ ފޮނުވާލުމުންވެސް، 600 އެއްހާ މީހުން އެތާ ތިބި ކަމަށެވެ.
??
ނޫން ކަލޭމެން ނެތް މުޒާހިރާއެއްނުކުރާނެ ރައްޔިތުން ނައް އުދަގޫވެދާނެ އަމިއްލަޔައް ދެމި ގުއިރޯނުގަ ތިހުރީ އަމިއްލަޔައްޖެހިފަ ކޮބާ އެއްވަންޏާ ހައްޖައްދާވީނު ޅޭ
އެހެންތަ ؟ މުޒާހަރާ ނުހުއްޓާ އެންމެން ގޮވައިގެން ހައްޖަށް ދާންވީނުން ދޯ ....
20*4=2000 ޓިނޭ ރޫލްސް
ސާބަހޭ އަދުރޭ؟؟؟؟ކުރިޔަށް ދީނާ ގައުމު...
ޤައުމަށް ބަޔަކު ގައްދާރު ވީމާ އަތްޖަހާނެ ބަޔަކު ތިބިކަން އެގޭތީއޭ، ފާޑު ފާޑު ގެ ރިޕޯރޓްތައް ނެރެނީ، އަދި ވިސްނާކަށް ނުވޭތޯ، މިޤައުމުގެ މިނިވަންކަމާއި، މާތްވެގެންވާ އިސްލާމް ދީން ނެތި ގޮސް އަޅުވެތި ކަމުގެ ހިތިރަހަ ކަރުބުޑުގައި ލުމާއި ހަމައަށް ތިގޮތަށް އަތްޖަހާނީތޯ ހަމަ ސުވާލު ކޮށްލީ
2000 އެއްހާ މީހުންނޭ އަދުރޭ ބުނެފިއްޔާ ތިބޭނީ 200 މީހުން ކަންނޭގެ
ތިއުޅެނީ ނޮވެބަރ 5 ގަ ޔާމީނަށް ހުކުމެއް އައިސްދާނެތީ.
މީގެ ދޮޅު އަހަރު ކުރިން މުޒާހަރާ އާ ދެކޮޅު. މިހާރު އެއްކޮޅު. ގައުމު ހަލާކު ވޭތޯ މަސައްކައް ކުރާ ބައި ގަނޑެއް މިސިޔާސީ މީހުން ތަކަކީ.