ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހްމަދުގެ އަނބިކަނބަލުން އާމިނަތު މާޝާ ފުލުސް އޮފީހަށް ހާޒިރުކޮށް "ރަހީނު ކުރި" ކަމަށް ބުނާ މައްސަލަ ބެލުން ލަސްވަމުންދާާތީ އިލްހާމާއި މަޝާ މިއަދު ކަންބޮޑުވުން ފާާޅުކުރައްވައިފިއެވެ.
ފެބްރުއަރީ 11، 2018 ގައި މާޝާ ފުލުސް އޮފީހަށް ހާޒިރުކޮށް ގިނަ އިރުތަކެއް ވަން ދެން އެ ތަނުގައި ބޭންދިއެވެ. ފުލުސް އޮފީހަށް ހާޒިރުކޮށް ގިނަ އިރުތަކެއް ވަން ދެން އޭނާ ބޭންދީ އެއްވެސް ތުހުމަތަކާ ނުލައެވެ. އެއީ "ރަހީނު ކުރުން" ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ސިފަކުރިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިދިޔަ އަހަރު އޭރު ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިސާމް ހާޒިރު ކުރި ދުވަހެއްގައި، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އެ ކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ބިޝާމް ވިދާޅުވީ އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާާތުން އެ މައްސަލަ ބަލާނެ ކަމަށް ބުނި ފަހުން އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވަނިކޮށް އިލްހާމް ކުރެއްވި ޓްވީޓެއްގައި ވިދާާޅުވީ އެ މައްސަލަ ބަލަން ކަމާ ބެހޭޭ ފަރާތްތަކަށް ގޮވާލައްވާ ކަމަށެވެ.
އިލްހާމްގެ ޓްވީޓްގައި ފުލުހުންގެ ރަސްމީ ޓްވިޓާ އެކައުންޓްގައި މިހާރުގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ ޓްވިޓާ އެކައުންޓް ޓެގް ކުރައްވާފައިވެއެވެ.
އިލްހާމްގެ އެ ޓްވީޓް ރީޓްވީޓް ކުރައްވަމުން މާޝާ ލިޔުއްވާފައިވަނީ "އިންސާފު ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި، އިންޝާ ﷲ" މިހެނެވެ.
Insaafu libeyne dhuvahegge inthizaaruga inshaAllah 😊 https://t.co/xJ6zREiUOL
— Masha Ilham❤️ (@mashaAish) September 28, 2020
މި ސަރުކާރު ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރި އިލްހާމަކީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެކިއެކި ތުހުމަތުތަކުގައި ޖަލުގައި ބަންދުވި ސިޔާސީ ބޭޭފުޅެކެވެ. އަދި ރައީސް ޔާމީނާ ދެކޮޅަށް ނުކުންނެވުމުން ގޮނޑި ގެއްްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެންބަރުންގެ ތެރެއިން މެންބަރެކެވެ.
ފެބްރުއަރީ 11، 2018 ގައި މާާޝާ ފުލުހަށް ހާޒިރު ކުރީ ވެސް އިލްހާމް ހޯދަން ފުލުހުން ކުރަމުން ދިޔަ މަސައްކަތް ކާމިޔާބު ނުވުމުން އޭނާާ ވީ ތަނެއް ހޯދުމަށް މާޝާއާ ސުވާލު ކުރުމަށެވެ. އެކަމަކު މެންދުރު ފުލުހަށް ހާޒިރު ކުރުމަށް ފަހު އޭނާ އެ ތަނުގައި ބަންދުގައި ބެހެއްޓުމަށް ފަހު ދޫކޮށްލީ އެ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.
ދެން ކިހާ ފައިސާއެއް ދިނީމަތޯ ހިތްހަމަޖެހޭނީ؟؟
ރއްޔިތުންގެލާރިން 3މިލިޔަން
ފުލުހަށް ހާޒިރު ކުރުމަކީ ރަހީނު ކުރުންތަ
ސިޔާސީ ގޮތުން ފެއިލް ވެފައި ހުރިމީހަކު ރަނގަޅުވާނީ
މަޑުން ހުރިއްޔާ...ވ. ސަލާން...އެމްޑީޕީން.. ރީތިކޮށް ކަލެއަށް ގޮނޑި ދީފިއެއްނު....ހެ ހެ
ކަލޭ ހޮވޭނެ ދާއިރާއެއް ދެންނޯންނާނެ..
ޒުބައިރުގެ އަންބެއްގެ ގޮތުގައި މާޝާ ހުރިއިރު މާފަންނުކޮޅުގައި ހުރި ގެއްއްގެ ކުޑަ ދޮރުން އިލްހާމް ފުންމާލަން ޖެހުނީ ކީއްވެތޯ؟
އާނ ރަގަޅަށް ތިބުނީ... އެއީ ހަމަ އޭނާ ކުރި ކަމެއް...
“މި ސަރުކާރު ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރި އިލްހާމަކީ“
ކުޑަގޮޅީގަ އޮވެގެންވެސް؟
އަމައްޔާތް! ދެން މީނާ އަންހެނުންވީމާ ހެދުނު ސައި ބޮއިފިންހޭ އަހާލާފައި ފޮނުވާލަންވީދޯ! ރަގަޅެއްނު ކަލޭމެން ތި ތާޢީދުކުރާ އިންޑިޔާގެ ފުލުސް އޮފީހަކަށް ނުވައްދާކަން! އެކަހަލަ ތާކަން ވަދެވުނިއްޔާ ހުންނާނީ ކުޅިސަމާ ފެނިފައި
ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހްމަދު އަކީ ބުރާންޗެއް !!!
ބަލަ ވެރިޔަކަށް ހުރީ ޔާމިންތަ...ކަލޭމެން ގެނައި ސަރުކާރަކުން ތިޔަކަން ނުބެލުމުން އެނގެނީ ކުނިކޮޅަކަށް ވެސް އެމީހުން ކުރާ ގަދަރު ނުކުރާކަން މިހާރު ރާކަނަމަސް ކެވި ފައި ހުންނާނީ ..އަދިވެސް ރިއަލިޓީ ނުފެނޭދޯ..ރިއަލިޓީ...ހެހެ އިލްހާމް ހީކުރީ މީނާ އަށް ކަމަށް ޕީ އެސް ެެެެެެެެެ އެމް ހަވާލު ކުރާނީ
ޢަދި ވެސް ފިލާތިބެ ކައްކަކޯ ވެބްސައިޓް ހަދާތި.
ޢުންމީދު ޒާހިރާ . .. އިލްހާމާ ވެގެން...ހުރިހާ ކަމެއް ޗޮކުން.. .
އިލްހާމް ނުޖެހޭ ފިލާ އޮންނާކަށް.. ތިޔައީ އިލްހާމް ހޯދުމަށްޓަކައި މަސައްކަތް ކުރަންޖެހޭ އެންމެ ރަނގަޅު ގޮތް..
ތިޔަ މައްސަލަޔާ އެކު ގާޒީ ރަހީނުކުރި މައްސަލަ ވެސް ބަލާތި ...
އެބުނީ ކަލޭ ފިލައިގެން އުޅޭތީ ކަލެއާބެހޭ މައުލޫމާތު ހޯދަންވެގެން އަނބިގޮއްޔެ ފުލުހައް ގެންދިޔަވާހަކަ އެވަރުންވެސް ކަލޭނުވި ހާޒިރުވެގެން ބަލަ ކަންކަމާބެހޭ މައުލޫމާތުހޯދަން ބޭނުންވާފަރާތްތައް ފުލުސް އޮފީހައް ހާޒިރުކުމަކީ ރަހީނުކުރުންކަމުގަ ލިޔެފައޮތީ ޤާނޫނުއަސާސީގެ ކޮންމާއްދާއެއްގަތަ
ފުލުސްއޮފީހުންމީހުން ވަރައްގިނަމީހުންރަހީނުކުރޭ އެންމެފަހުން ޒުވާނުންސައިކަލްބުރިބާއްވަންއުޅުނު
ފުލުސްއޮފީހުންމީހުން ވަރައްގިނަމީހުންރަހީނުކުރޭ އެންމެފަހުން ޒުވާނުންސައިކަލްބުރިބާއްވަންއުޅުނުދުވަހުވެސް ވަރައްގިނަމީހުން ރަހީނުކުރި އެމައްސަލަވެސް ޝަމީމް ބަލައިދެއްވައްޗޭ
މާލޭ އިންގްލިޝް ސްކޫލްގައި ކިޔަވަން އުޅުނު ދުވަސްވަރު ފިލާވަޅު ނަހަދާ އުޅުނީ ލޯބީގެ ލަވަ ހަދަން.
ސިޔާސީ ގޮތުން ބަލާއިރު، އިލްހާމު އަތުގައި ހިފައިގެން ހުރެ މައުމޫނު ސްޓޭޖް މަތީގައި އިލްހާމަށް ވޯޓް ދޭށޭ ބުނީމާ ވޯޓް ލިބިގެން މީނާ ނަގާ ކޮޅަށް ޖެހީމާ މައުމޫނަށް ވެސް ދޯކާ ދިނީ.
ޑީއާރުޕީ ދަވާލާފައި އޮޑިދޯނި ފަހަރު ގަތީ.
އަނެއްކާ ބުރުމާ ޤާސިމް ކައިރިއަށް ގޮސް ފަންވަރު ދައްކަން ފެށީމާ އެތައް މިލިޔަނެއް ދިނީ.
އެއަށްފަހު އަނެއްކާ ވެސް ޔާމީނަށް ބައިއަތު ހިފި ކަމަށް މީޑިޔާގައި ހާމަކޮށް ބޮޑު ޖަލްސާއެއްގައި ޕީޕީއެމް އަށް ސޮއިކުރީ ޔާމީނަށް ތާޢީދު ކުރާ ކަމަށް ދައްކަން.
ބަޣާވާތުގެ ބޮޑު ޙުކުމުގެ މުގުލައި ހުރި ފަސްމާމުލު އެއް ވަގު.
ބޯބްރާންތީސް