އެމްޑީޕީން ބޭއްވި ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ބައިވެރިވި އެޕާޓީގެ ކައުންސިލަރުންނަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ފިޔަވަޅު އަޅަމުން ގެންދާތީ އެމްޑީޕީން އެކަން ކުށްވެރިކޮށްފި އެވެ.
އެމްޑީޕީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ޕާޓީން ބޭއްވި ރިޔާސީ ޕްރައިމަރީގެ މަސައްކަތުގައި ބައިވެރިވި އެމްޑީޕީގެ ކައުންސިލަރުންނަށް އެލްޖީއޭއިން ބިރުދެއްކުމުގެ ގޮތުން ސިޓީ ފޮނުވަމުންދާ ކަމަށެވެ.
"އެކިއެކި ކަންކަމާ ގުޅިގެން ސިޔާސީ ބޭނުމަށް ގާނޫނާ ހިލާފަށް އެކައުންސިލަރުންނަށް ފިޔަވަޅު އަޅަމުން ގެންދާތީ އެކަން އެންމެ ހަރުއަޑުން ކުށްވެރިކޮށް ނާތަހުޒީބު މިފަދަ ކަންކަން ކުރުން އެލްޖީއޭއިން ހުއްޓާލުމަށް ގޮވާލަން" މި ބަޔާނުގައިވެ އެވެ.
ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދިން އެންމެ ބޮޑު އެއް ފައިދާއަކީ ލާމަރުކަޒީ ނިޒާމު ކަން ފާހަގަކޮށް މިބަޔާނުގައި ބުނެފައިވަނީ މި ނިޒާމު މިއަދު ފުނޑާލާފައިވާ ކަމަށެވެ.
"ފާއިތުވި ފަސް އަހަރު ތެރޭގައި ރައީސް ޔާމީންގެ ސަރުކާރުން ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އެތައް ހައްގުތަކަކަށް އަރައިގަނެ، ގާނޫނުތަކަށް ބޯލެނބުމެއްނެތި ގާނޫނުގެ ވެރިކަން ވަނީ ނަގާލާފައި" މި ބަޔާނުގައި ވެއެވެ.
އެމްޑީޕީގެ ބަޔާނުގައި ވަނީ ލާމަރުކަޒީ ގާނޫނު ގަޑުބަޑުކޮށް ކައުންސިލްތަކުގެ ބާރުވެރިކަން ނަގާލާފައިވާ ކަމަށާ ސަރުކާރާ ވާދަވެރި ސިޔާސީ ފިކުރުގެ ކައުންސިލަރުންނަށް ބޭއިންސާފުން ފިޔަވަޅު އެޅުން އާންމު ކަމަކަށް ހަދާފައިވާ ކަމަށް ބުނެފައެވެ.
ކަލޭ މެންވެސް ތިގޮތަށް ތި ހަދަނީ ސަރުކާރަށް ޖެއްސުން ކުރުމާއި ބިރުދެއްކުމަށް، ތިއީތަ ޑިމޮކްރަސީއަކީ، ކަލޭމެން ބޭނުންވީމަ ބޭނުންހާގޮތެއް ހެދެންޖެހޭ އެހެޔޮ ޤާނޫނާއި ޤަވާޢިދާ ކިތަންމެ ބޮޑަށް ޚިލާފުވިޔަސް، އެހެނެއް ނެހޭދެނެ މިއީއަކީ ކަލޭމެންގެ އެކަނި ޤައުމެއްނޫން
ދެންކީއްތަވީ ބިރުދައްކާށޭ މިއުޅެނީ
ކައުންސެލަރުން މެއިންޑޭޓްގެ ބޭރުން ކަންކަންކޮށް ޤާނޫނުތަކާ ޚިލާފްވަނީ ސަރުކާރަށް ބިރުދައްކަން!
ރަސްދޫ ކައުންސިލް އާއި ކުޑަހުވަދޫ ކައުންސިލް އަކީ މުޢާމަލާތު ކުރުމުގައި އުނދަގޫ އަދި ރައްޔިތުންގެ މަންފާއަށް ނޭދޭ އަމިއްލަ އެދުން ބޮޑު ބައެއް. މި ކައުންސިލަރުން ވަކިކޮށް އައު ކައުންސިލަރުން މިމަގާންތަކަށް އައްޔަން ކުރަން އެރަށުގެ ލޮބުވެތި ރައްޔިތުނާއި ސަރުކާރަށް ގޮވާލަން. ރަށަށް ތަރައްގީ ގެނެވޭނީ މި އުނދަގުލުން ސަލާމަތް ވެގެން!
ރައީސް ޔާމިންގެ ވަރިކަމާ ހަމަޔަށް ކަލޭމެންނަށް އާދެވުމަކީ މުސްތަހީލު ކަމެއް. އެއީ ކަލޭމެންގެ ފެންވަރެއްނޫން ކަލޭމެން ކަލޭމެންގެ ލެވެލްގައި އުޅުނިއްޔާ މާރަނގަޅުވާނެ. އިތުރަށް ސަރުކާރަށް ޖެއްސުން ކުރުން ހުއްޓާލުން މާބުއްދިވެރި އެހެން ނޫނީ އުފުލަން ޖެހިދާނެ ތަކުލީފްތަކެއްގެ އަސަރު މާބޮޑުވާނެ ސަބަބަކީ ގިނަރައްޔިތުން ތިބީ ސަރުކާރުކޮޅުގަ ކަލޭމެން ބޭނުން ގޮތަކަށް ގާނޫނާ ހިލާފަށް ނޫޅެވޭނެ. ސައިޒުވެ ތިބެންޖެހޭނީ.