މަސްތުވާތަކެތީގެ ވަބާގައި ޖެހޭ ޒުވާނުންނަށް އެކަށީގެންވާ ފަރުވާ ނުދެވި ދަނީ އެ ކަން ރަނގަޅަށް ކުރަން ތަމްރީން ވެވިފައި ނުވާތީ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ ހިންގާ ހެލްތު މިނިސްޓްްރީގެ މިނިސްޓަރު އަހްމަދު ނަސީމް (ކެރެފާ ނަސީމް) ވިދާޅުވެއްޖެއެވެ.
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންނަށް ފަރުވާ ދިނުމުގައި ހުރި ދަތިތަކާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ ދިރާސާކޮށް ބެލިއިރު މި ކަން އެޖެންސީއަށް ރަނގަޅަށް ކުރަން އެނގިފައި ނުވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
"ދިރާސާކޮށް ބެލިއިރު އަޅުގަނޑުމެންނަށް އަސްލު ހަގީގަތުގައި ނޭނގޭ މި ކަން ކުރާކަށް. އަޅުގަނޑުމެންނަކަށް ނެތް އެކަށީގެންވާ ގޮތަކަށް ފަރުވާ ދެވިފައެއް." މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.
މި ދިރާސާތައް ކޮށްފައި ވަނީ ހެލްތު މިނިސްޓްރީގެ ބައެއް ބޭފުޅުން ހިމެނޭ ގޮތަށް އެންޑީއޭގެ ރިވިއު ޓީމެއް އެކުލަވާލައިގެން ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
ދިރާސާއިން ފާހަގަ ކުރެވުނު އެއް ކަމަކީ ފަރުވާ ދިނުމަށް ފަހު އަލުން އަނބުރާ ޒުވާނުން ދޫކޮށްލެވެނީ އޭނާ ކުރިން ވެސް އުޅުނު މާހައުލަށް ކަމަށް ވާތީ އަނެއްކާ ވެސް އެ ވަބާގައި ޖެހި އެތައް ފަހަރު މަތިން ފަރުވާ ދޭން ޖެހުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެންމެން އެކައްޗެއް ކިޔައިގެން އެއްބާރުލުން ދީގެން މެނުވީ ރަނގަޅު ނަތީޖާއެއް ނުނެރެވޭނެ." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ފާހަގަ ކުރެއްވި ގޮތުގައި، ފުރަތަމަ ޖެހުނު މައްސަލައަކީ ޑްރަގް އެޖެންސީ މަސައްކަތް ކުރާނެ ތަނެއް ނެތުން ކަމަށާއި ޒަމާންތަކެއް ވަންދެން ބޭނުން ކުރަމުން ދިޔަ އިމާރާތަކީ ކަތުރުފަނި ކައި ހަލާކުވެފައި އޮތް އިމާރާތެއް ކަމަށެވެ.
އެހެންވިޔަސް މިހާރު އާ އިމާރާތެއް ކުއްޔަށް ހިފައިގެން ހަމަޖައްސަވާފައިވާ ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ކަމުގައި އެންމެ މުހިއްމު ދައުރެއް އަދާ ކުރެވޭނީ މަޖިލީހުގެ މެންބަރުންނަށް ކަމާއި ކަންކަން އިސްލާހު ކުރަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަކެއް ވެސް އެބަ ހުރި ކަމަށެވެ.
ޑްރަގް ފަރުވާ ދޭކަށް އަޅުގަނޑުމެންނަކަށް ނޭނގޭ: މިނިސްޓަރު
13 މިނެޓް ކުރިން ( ސެޕްޓެމްބަރު 15, 2021 )
މިއޮތީ ހުރިހާކަމެއް ހުއްޓާލާފައި މީނައަށް ފަރުވާކިރަން ވެފައެއްއެންނު !
India Out # India Out # India Out #
رئيس يامين عبد القيوم ވަގުން ވަގްތައް މިނިވަންކުރޭ #
ޑްރަގް ނެގުމަކީ ބައްޔެއްތަ؟ ބައްޔެއްނަމަތާ ފަރުވާކުރާނީ! އެއީ ކުށެއް! ފާފައެއް! އެކަމަށް ދޭންޖެހޭނީ އަދަބު! އިތުރަށް ކުރަންޖެހޭނެ ކަމަކީ ނަސޭހަތްދިނުން
މިނިސްޓަރ އެވިދާޅުވީ ރަނގަޅަށް..އެބޭފުޅާއަށް ހައްތަހާ ލިބެނީ ކަތުރުފަނި އަޅާފަ ތިބި ތަންތަނާ މީހުން.
ޑްރަގް ފަރުވާ ދޭންޖެހޭ މީހުން މުޖުތަމަޢަށް ދޫކޮށްފަ ބައިތިއްބައިގެން އެމީހުން އިސްލާހެއް ނުކުރެވޭނެ. މުޖުތަމައުން އެމީހުންނާ ބައްދަލުވަނީ ޑްރަގް ބޭނުންކުރާ މީހުންނާ. އެހެންވީމަ އަލުން އޭގެތެރެއަށް އިތުރަށް ވަދެވޭގޮތްވަނީ. ފޯނުން ކައުންސިލިން ދީގެން ކުރެވޭނެ ފަރުވާއެއް ނޯންނާނެ. އެފަދަ މީހުން ޖެހޭނީ ވަކިން ރަށެއްގައި އެކަހެރިކޮށް އެކަށޭނަ މުއްދަތަކަށް ޑްރަގާ ދުރުކޮށްގެން ފަރުވާގެ ކަންކަން ކުރިޔަށް ގެންދަން. މިގޮތަށް 6 މަސް ނުވަތަ 1 އަހަރުގެ މުއްދަތެއް ހޭދަކޮށްލެވިއްޖެނަމަ ހުންނާނީ ޑްރަގް ބޭނުން ނުކޮށް އުޅެވޭވަރު ވެފައި. އަލުން އޭގެތެރެއަށް ދާނީ އަމިއްލައަށް އެގޮތް ބޭނުންވާމީހަކު.
އެކަން ކުރެވޭނެ ބަޔަކާއި ޙަވާލުކޮށް އެކާރި ވެލަންވީނުންތޯ! މިހެންބުނީމާ އިންޑިޔާ މީހުންނާއި ޙަވާލު ކުރާނީކީ ނޫން!
ދެން އިއްޒަތްތެރި ރަށްވެހި އިންޑިއާ ބޭފުޅުން ތިކަމަށް ގެންނައްވީނޫންތޯ؟
ފަރުވާ ދޭން ނޭންގެންޏާ ، ނަސީމްބޭ އިސްތިއުފާ ދީފަ ގެއަށް ވަޑައިގަންނަވާ!! ޑްރަގު އެތެރެކުރުމާއި ، ބޯން ދަސްކޮށްދެންވެންޏާ އެކަން ކޮށްލަ ދެވޭނެތަ؟ ނޫނީ ޑްރަގު އެތެރެ ކުރާ ނެޓްވޯކު ތައް ބެލޭނެތަ؟ ބޯހަލާކު މި ޤައުމަށް ޑްރަގު އެތެރެކުރުމުގައި ސިޔާސީ ބައެއްގެ އަތްތަކެއް ވާކަން ކަށަވަރު
ނުކިޔަވާ ، އައުޓް ޑޭޓް ވެފަ ތިބި މީހުން ނަށް ޑްރަގް ފަރުވާ ދޭކަށް ނޭނގޭނެ... މިނިސްޓަރު ނަސީމް
އިސްލާމް ދީނުގެ ރީތި އުސޫލުތަށް އަދި ސުންނަތަށް ތަބާވުމުން ތިކަން ކަން ހުއްޓިގެން ދާނެ. މީ ފަރުވާ.
ކިޔަވައިގެން ތިބި ފަންނީ ބޭފުޅުންގެ މޫނު މަތީ ޖެއްސެވި ވަރުގަދަ ތަފާއްޔެއް ނޫންތޯ އިއްޒަތްތެރި މިނިސްޓރ
ޑްރަގް އަކީ އެއްވެް ފަުވާއެއް ބޭނުންވަ އެއްޗެއްނުން.ދްރަގުން ބޭރުވާން ބޭނުންވާމީހާ ޑްރަގް ބޭނުންނުކޮށް 14 ދުވަހު ކެތް ކުރޭ. އެދުވަސްވަރު ޑޮކްތަރެއްގެ އިރުސާދުބޭނުންވާން. 14 ދުވަސްފަހުން ޑްރަގް ބެނުން ނުކުރާނަމަ އެއ ހަފްތާގެތެރޭ މީހާ ނޯމަލް ކޮށް އަންނާނެ. މުޅިއެކު ބޭނުންވަނީ ޑްރަގް ނުނަގާ ކެތްތެރިވެ 21 ދުވަސް. އެއްވެސް ފަރުވާއެއް މުޅި އުމުރުގަ ވެސް ބޭނުންކުރާކަށެއް ނުޖެހޭނެ. ޑްރަގަކީ ބައްޔެއްނޫން. ކުރަންޖެހޭ ބޭހެއް ނޯންނާނެ. ދްރަގް ބޭނުންކުރުން ހުއްޓާލުމަށްފަހު އެއް ހަފްރާގެތެރޭގަ އެދިމާވާ ސިކް ފިލުވުމަށް ޑޮކްތަރުންގެ އިރުސާދު ހޯދީމަ އެވީ. ބޭނުންވަނީ އަލުން ޑްރަގް ބޭނުން ނުކުރުމުގެ ހިތްވަރާ އަޒުމް މީހާގެ ކިބައިގާ ހުރުން.
ޑްރަގުން ގައުމު ސަލާމަތް ނުވުމުގެ އެންމެ ބޮޑު މައްސަލަޔަކީ ޑްރަގް ރިހިބިލިޓޭސަން ސެންތަރު ތައް. ޑްރަގް ވިޔަފާރި ނުހުއްޓީ ކުރިޔަށް ގެންދެވެނީ ޑްރަގް ރިހިބިލިޓޭސަނުގެ އެކީ ލިބޭތީ .އެހީލިބޭގޮތަކީ އެތަނުގަ ދުވަސްކޮލަކު ބަހައްޓާފަ މުޖްތަމައަށް ނެރުން. ހަމަގައިމުވެސް އެގޭކަމަކީ ވިއްކާމީހުން ނެތިއްޖެ ނަމަ ގަންނަން ނުލިބޭނެކަން . ގަންނާނެ ބަޔަކު ނެތްނަމަ ވިއްކާނެ ބަޔަކު ނުތިބެނެކަން. މިހުރިހާކަމެއް ނުހުއްޓި ދފާގޮތަށް ރޭވެނީ ޑްރަގް ރިހިބިލިޓޭސަން ސެންތަރު ތަކުން. ކުށެއް ކޮށްފިނަމަ ހައްގު އަދަބު ދެއްވާ. މުޖްތަމައުގެ ސަލާމަތްކަން ލިބެނީ އޭރުން،
މީނައަދިވެސް އިސްތިއުފާނުދެނީތަ އަހަރެމެން ހީކުރީ މީނަ އިސްތިއުފާދީފިކަމައް ކަމައްއެކަށީގެންނުވާމީހަކު ކީއްކުރަން ބަހައްޓައިގެން ރަތްޔަތުން ބަލަންތިބެނީ..
އެކްޓިވިސްޓުންލައިގެން ނުބެހޭކަންތަކާ ބެހިބެހި ތިބޭ ބަޔަކަށް އެކައްޗެއްވެސް ނޭންގޭ. އެހެންމީހުންގެ އަގުވައްޓަން ޒިއްމާއަދާނުކުރާ ބަޔަކު އުޅޭތަނެއްތީ. މޮޅެތި ހެޑްލައިންނިއުސް ހެދުން ކަމަކީ. ފެޖީބަށްއަތްޖަހާއިގެން އެއްފްލޯރއި އަނެއް ފްލޯރއަށް ފޮނިބައިދާ ކަނޑަމުން ދުވާ ދުވާ ބަޔަކު ތިބެނީ. ފެއިލްސްޓޭޓް