އެމްޑީޕީގެ ޗެއާޕާސަނަކު ކަނޑައެޅުމަށް ބާއްވާ އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް ތާއީދު ކުރައްވަން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ނިންމަވައިފިއެވެ.

އަންނަ މަހުގެ 14 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޗެއާޕާސަނަކު ހޮވުމަށް ބާއްވާ އިންތިހާބުގެ ފޯރި ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ. މި އިންތިހާބުގައި ފައްޔާޒްއާ ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ކުރީގެ ތަރުޖަމާނު އިމްތިޔާޒް ފަހުމީ (އިންތި)އެވެ.

ހެލްތު މިނިސްޓަރު ނަސީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ފައްޔާޒްއާއެކު ނަންގަވާފައިވާ ފޮޓޯއެއް ހިއްސާ ކުރައްވައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. އަދި މި ފޮޓޯގައި އަތުގެ އިޝާރާތުން ފައްޔާޒް އާއި ނަސީމް ވެސް ދެ ނަންބަރު ދައްކާލައްވައެވެ. އެއީ މި އިންތިހާބުގައި ފައްޔާޒްގެ ކެންޑިޑޭޓު ނަންބަރެވެ.

ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިފަހަރުގެ އިންތިހާބަކީ ހަގީގަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ކުރިމަތިލުމެކެވެ". އެއީ މި އިންތިހާބަށް އެ ދެ ބޭފުޅުން ވެސް ކެންޑިޑޭޓުން ނެރުއްވާފައިވާތީއެވެ.

އެމްޑީޕީގެ މެމްބަރުން ވިދާޅުވާ ގޮތުން ނަމަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުންނެވީ ފައްޔާޒްއާއެކުގައެވެ. އަދި ހަމަ އެ މެމްބަރުން ވިދާޅުވާ ގޮތުގައި ނަޝީދު ހުންނެވީ އިންތިއާއެކުގައެވެ.

މިއަށް ބާރުދޭ ގިނަ "ހެކިތަކެއް" ވެސް ސިޔާސީ "މައިދާނުން" ދަނީ ފެންނަމުންނެވެ.

އެގޮތުން އިންތިގެ ކެމްޕެއިންގައި އުޅުއްވާ ތަން ބޮޑަށް ފެންނަނީ ނަޝީދުގެ އާއިލާ ބޭފުޅުންނާއި އެމަނިކުފާނުގެ ސިޔާސަތުތަކަށް ތާއީދު ކުރައްވާ އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި ގައުމީ މަޖިލިހުގެ މެމްބަރުންނެވެ.

ފައްޔާޒްއާ އެކުގައި ކެމްޕެއިންގައި އުޅުއްވަނީ ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައީސް ސޯލިހްގެ ސިޔާސަތުތަކަށް ތާއީދު ކުރައްވައި ހިޔާލު ފާޅު ކުރައްވާ މަޖިލިސް މެމްބަރުންނާއި ގައުމީ މަޖިލިހުގެ މެމްބަރުންނެވެ.

އެހެންވެ، އެމްޑީޕީ މިހާރު އޮތީ ވަރަށް ބޮޑަށް "ދެކަފި" ވެފައެވެ.

އިންތިގެ ކެމްޕެއިން ޓީމުން އަންނަނީ ފައްޔާޒަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުންނެވެ. އެގޮތުން ސަރުކާރުގެ މަޝްރޫއުތައް ކުރިއަށް ނުދާތީ އެކަމަށް ފާޑު ކިޔާފައިވެއެވެ. އަދި ހިޔާނާތުގެ ތުހުމަތުތައް ވެސް ފައްޔާޒްގެ ބޮލުގައި އަޅުވާފައިވެއެވެ. އެކަމަކު، އެ ތުހުމަތުތައް ފައްޔާޒް ދޮގު ކުރައްވައެވެ.

އިންތިއަށް މާ ބޮޑެތި ތުހުމަތުތަކެއް ކުރާ ތަން ނުފެނެއެވެ. އެކަމަކު، އިންތި އަށް ވުރެ ޕާޓީ "ހިންގާލެވޭނެ" ފެންވަރު ހުރީ ފައްޔާޒްގެ ކަމަށް އޭނާ އަށް ތާއީދު ކުރައްވާ ބޭފުޅުން ވިދާޅުވިއެވެ. އަދި ވޭތުވެދިޔަ އެތައް އަހަރެއް ބޭކާރުވެގެން ދިޔައީ ރަށްރަށުގައި އެމްޑީޕީ ނުހިނގަ އޮވެ ކަމަށް އެބޭފުޅުން ވިދާޅުވިއެވެ.

ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 94،000 އަށް ވުރެން ގިނަ މެމްބަރުންނަށް ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަސްމާ

    19 ދިވެހިން ލޭބުއި އެއްވެސް މީހަކަށް ކާމިޔާބެއް ނުވާނެ، އަދި އޭނާ ތާއިދު ކުރާމީހަކަށް ވެސް އިންޝާﷲ ކާމިޔާބު ނުވާނެ.

  2. ބޮކަރު

    އިންތިޔަކީ ހަރުދަނާ ބޭފުޅެއް ނުން ޕޯޑިޔަމް ތަކަށް ރަނގަޅުވާނެ ނަމަވެސް ހިންގުންތެރިޔެއް ނުވާނެ

    2
    3
  3. ބޮކަރު

    ފައްޔާޒު އަކީ ހިންގުންތެރި ގާބިލް ބޭފުޅެއް

    2
    3
  4. މުބީނު މާރނީ

    ޢުމުރުން 70 އިން މައްޗަށް ގޮސް 80 އާއި ކައިރި ވީމާ ބާޤީ ނަސީމް އުޅެނީ މިނިސްޓަރު ކަން ކުރާނަމޭ ހިތާ. ބާޤީ ނަސީމް މުސްކުޅި ކަމުން ބޮލުގައި ތެތްކަމެއް ނެތީމާ ކުރެވޭ ކަމެއް ހަރާން. ބާޤީ ނަސީމް އުޅެނީ ލ އަތޮޅުގައި ކެންސަރު ހޮސްޕިޓަލް އެއް އަޅާ ބަޔަކަށް ކަޓު ކާންދޭން ވެގެން. ލ އަތޮޅު ހޮސްޕިޓަލް ގައި ޕެނަޑޯލް ގުޅައެއް ވެސް ނެތް. ދެން ކިހިނެތް ކެންސަރު ހޮސްޕިޓަލް އަށް ޕެނަޑޯލް ގުޅަ އެއް ހޯދަނީ ؟ އިންޑިއާ ގެ ޓްރިވެންޑްރަމް ގައި ހުރި އާރް.ސީ.ސީ (ރީޖަނަލް ކެންސަރ ސެންޓަރ) އަށް ގޮސް ކެންސަރަށް ބޭސް ކުރީމާ ހަމަގައިމުވެސް ބޭހާއި ޑޮކްޓަރުން ތިބޭނެ. ލ އަތޮޅު ހޮސްޕިޓަލް ގައި ޕެނަޑޯލް ގުޅައެއް ނެތް އިރު ކެންސަރު ހޮސްޕިޓަލް އަށް ޕެނަޑޯލް ގުޅައެއް ނުލިބޭނެ ކަން ނުވިސްނޭ، 75 އަހަރުން މަތިވެ، ބޮލުގައި ތެތް ކަމެއް ނެތް ގަމާރެއް ކެރަފާ ނަސީމް އަކީ.

  5. ނަޝީދު

    ބޮޑާބެ އަކީ މުސްކުޅި އެއް@ ވާ ނުވާ އެއް ނޭގި2 ކަށް ނެގީ

  6. ރަން ރީނދޫ

    ދެ ގޮތް އޮތީ.އިންތިއަށް ތާއީދު ކުރަންޏާ ،މިނިސްޓަރު ކަމަކު ނުހުރެވޭނެ.

  7. އަހްމަދު

    ލަނޑަޔާވާނީ ލަނޑަޔާ ތިދެމީހުން ގުޅޭނެކަންމާކުރިންވެސްއެނގޭ ކޮރަޕްޝަންގެ އަންމަޔާ އައްޕަޔާތިޔައީ

  8. އަލީ

    ވަޒީފާގެ ބިރުވެރިކަން މީ މިރާއްޖޭގައި ޒަމާނުއްސުރެ އޮތް ކަމެއް!