ގާތް މީހަކަށް ވަޒީފާއެއް ހަމަޖައްސައިދިނުމަށް އެދި އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލަށް މެސެޖް ކުރި ހަނދާނެއް ނެތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ދޮގު ކުރައްވައިފިއެވެ.

"ސަންގް ޓީވީ" އިން އިންތިޒާމް ކޮށްގެން މިރޭ ބޭއްވި އެމްޑީޕީ ޗެއާޕާސަންގެ އިންތިޚާބުގެ ބަހުސްގައި ފުރަތަމަ ސުވާލު އަމާޒު ކުރީ އިންތިގެ އަނބިމީހާގެ އާއިލާ މެންބަރަކަށް ވަޒީފާ ހޯދަން އިންތި ކުރެއްވި ކަމަށް ބުނާ މެސެޖްތަކާއި ގުޅޭ ގޮތުންނެވެ.

އިންތި ތަކުރާރުކޮށް ވިދާޅުވީ އޭނާގެ އާއިލާ މެންބަރަކަށް ވަޒީފާ ހޯދަން އެއްވެސް ނުފޫޒެއް ފޯރުވާފައި ނޯންނާނެ ކަމަށެވެ. ގާތް މީހަކަށް ވަޒީފާ ހޯދަން މެސެޖް ކުރި ކަމަށް ބުނާއިރު އެބުނާ މީހަކަށް ވަޒީފާ ލިބުނުތޯ ބަލަން ޖެހޭނެ ކަމަށް އިންތި ވިދާޅުވިއެވެ.

ކުންފުންޏެއްގެ ވެރިކަމަށް ވަޒީފާ ހޯދަން އިންތި މެސެޖް ނުކުރައްވާ ކަމަށް އިންތި ވިދާޅުވި ނަމަވެސް ސަރުކާރުގެ ކުންފުންޏެއްގެ އިސްވެރިޔަކަށް އިންތި ކުރި މެސެޖުތަކެއް ވަނީ މީޑިއާގައި ލީކު ކޮށްލާފައެވެ. ލީކްވެފައި ވަނީ އިންތި، ގްރޭޓަރ މާލެ ކުންފުނީގެ ޗެއާމަން ސާތިރަށް ފޮނުވި މެސެޖްތަކެއް ކަމަށް ވެއެވެ.

"ވަރަށް ބޮޑެތި އޮޅުވާލުންތައް އެބަ އޮޅުވާލާ. އަޅުގަނޑު މިޕާޓީއަށް ހިދުމަތުގައި ހުންނަތާ ކިތަށް އަހަރުވެއްޖެތޯ؟. މި ފިކުރުގައި ހުންނަތާ. މި މަސައްކަތުގައި ހުންނަތާ. އެކަމަކު އެންމެ ވަޒީފާއެއް ވެސް އަޅުގަނޑަށް ލިބިފައެއް ނެތް. އަޅުގަނޑު ހޯދާފައެއް ނެތް. އެއީ ދޮގު ވާހަކަތަކެއް. އައްސަވާ އެބޭފުޅަކު ވަޒީގައި ހުރިތޯ، ލިބުނުތޯ، ހޯދިތޯ؟" އިންތި ވިދާޅުވިއެވެ.

އިންތިގެ ވާހަކަތަކަށް ރައްދު ދެއްވަން ލިބުނު ފުރުސަތުގައި އޭނާ އާއި ވާދަކުރައްވާ އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވީ ފިނޭންސް މިނިސްޓްރީގެ މަގާމަކަށް މީހަކު އައްޔަން ކުރައްވަން އިންތި ގުޅުއްވާ މެސެޖް ވެސް ކުރެއްވި ކަމަށެވެ.

އިންތި "ތިހާ ދޮގު ހައްދަވާކަށް ނުވާނެ" ކަމަށް ވިދާޅުވެ ފައްޔާޒް އިޝާރާތް ކުރެއްވީ އޭނާގެ ފޯނަށެވެ. "އަޅުގަނޑުގެ ފޯނުގައި އެބަހުރި މެސެޖްތައް." ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒްގެ ވާހަކައަށް ޖަވާބުދާރީވަމުން އިންތި ވިދާޅުވީ "އަޅުގަނޑު މެސެޖް ކުރިންތޯ. އަޅުގަނޑު ހަނދާނެއް ނެތް." ކަމަށެވެ.

ދެބޭފުޅުންގެ ދެމެދުގައި ބަހުގެ ހޫނު ހަމަލާތަކެއް މިރޭގެ ބަހުސްގައި ބަދަލު ކުރެއްވި ނަމަވެސް ބަހުސް ނިންމާލަން ލިބުނު ފުރުސަތުގައި ފައްޔާޒް ވިދާޅުވީ "އަޅުގަނޑުމެންނަކީ އެއްބައެއް" ކަމަށެވެ. ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް އިންތިޚާބަށް ފަހު މަސައްކަތް ކުރާނީ އެއްކޮށް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ދިބާ

    ދޮގާ މަކަރާ ޔަހޫދީކަން

    41
    2
  2. އަބުދުﷲ

    މިހާރު މިދެކޭ ކަރެޕްޓް މީހުންނަކީ ރަން ތިރީސް އަހަރުގެ ޕްރޮޑަކްށަން. އެމްޑީޕީ އަކީ އަދީބު އަތުން ފައިސާ ނަގައިގެން ގާނޫނުއަސާސީ ބަދަލުކޮއް އަދީބު ވެރިކަމައް ގެނެސް މިހާރު މިދެކޭ ހުރިހާ ކަރެޕްޓު ކަންތައް ހިންގާ އިދާރާ އެތާނގެ އެއްމެ ނުފޫޒުގަދަ މީހުންނަކީ އައްނި އިންތި އިބޫ ފައްޔާޒު

  3. Anonymous

    އެއްކޮނެއް މަސައަކަތެއް ނުކުރާނަން ދެނެއް. ބޭނުމެއް ނޫން މިޕާޓީއަކު އެޅޭކަށް ވެސް.

  4. ފައްޔާޒު ޓީމާއެކު ޑޯޓުޑޯ ހިގާ މީހާ

    "ބާރާއި ނުފޫޒާއު ބުރޯވެފަ ހުރި ވަރާއި ހަސަދަ ހުރި ވަރަކީ ގދ.ތިނަދޫއިން މިކިޔާ ބުރޯއަށް ތާއީދު ނެތީމާ ގިނަދޫގައި ހަދަންބުނި ޓާޝަރީ ހޮސްޕިޓަލާއި އިންޓަނޭޝަނަލް ސީޕޯޓުގެ މަސައްކަތް އެއޮތީ ހުއްޓުވާފައެވެ. ތިނަދޫއިން ގޯގތި ނުދީ އުޅެނީވެސް ސީދާ ބުރޯގ ގެ އޯޑަރަށް ކަމަށް ސައުދު ބުނަނީ. ބިރު ދައްކައި ގެން އަހަރުމެން ލައްވާ ވޯޓު ހޯދަން އުޅޭނެކަމެއްނެތް" ރީތިލަޑެކެ މިބުރޯއަށް ދެންނާ ބަލައިގެން ގިއެމާ

  5. Anonymous

    ދެން ހޮވުނީމަވެސް ވާނީ ތިޔަހެން ވެފަ ނޯނނާނެ އެއްވެސް ވައުދެއް ، ދެން ބުނާނެ ތިމަންނަ ބުނިންހޭ.

  6. ޑޫބާ

    ދޮގު ހަދައިގެން ވާނެ ފާއިދާއެއް ދެ ދުނިޔެއަކު ވެސް ނެތް . މަ މިހިށީ ފައްޔާޒް އައި އެއްކޮށް🙌

    1
    1
  7. އަޙްމަދު

    ދެބަހުން އެއްބަހަށް ތިމަންނާއަކީ ނަޒާހަތްތެރިޔާ ކިޔަމުން ދިޔައީ! އެހެރީ ހެދިދޮގު! ވަޒީފާއެއް މިހާކަށް ހޯދާންދޭ ކުރިމައްކަތް އެއޮތީ ފެންނަން! ދޮގު ހަދާމީހުން ނަޒާހައްތެރި ވަނީ އެމްޑީޕީގައި އަދި ތިމާއަމިއްލައަށް! ފަޔާޒަށް ތާޢީދުކުރަން!!!

    1
    1
  8. ކިނބޫ

    މިހާރުވެސް މަސައްކަތް ތިކުރަނީ އެއްކޮށް. ޑްރާމާގެ ޑައިލޮގްތައް ފިއްޔަކަށްވެސް ބަދަލު ނުގެނެސް ހަމަޖައްސާފަ އޮތް ސީންތަކުގަ ކިޔަމުން ތިދަނީ. އޮޅުވާލެވޭނީ ރީނދޫ ގުންޑާއިންނަށް.

  9. ދދދދ

    ދެ ވަގުން ކޯޗެކޭތަ މިކިޔަނީ