ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވެރިކަންކުރާ މައިޕާޓީ، އެމްޑީޕީން ބޭރު ކުރެވޭނެ އެއްވެސް ޝަހުސިއްޔަތެއް ނެތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަ ކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް ތާއިދު ކުރައްވާ ބައެއް ބޭފުޅުން ވަނީ ފައްޔާޒް މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައީސް ނަޝީދު އެމްޑީޕީން ބޭރުކޮށްލަން ކަމަށް ތުހުމަތުކޮށްފައެވެ.

އެކަމާއި ގުޅިގެން ސަންގުޓީވީން ކުރިއަށް ގެންދިޔަ ބަހުސްގައި ފައްޔާޒު ވިދާޅުވީ، ރައީސް ނަޝީދު ޕާޓީން ބޭރުކޮށްލަން އެބޭފުޅާ މަސައްކަތް ކުރައްވާކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަވަމުން ގެންދަވަނީ ވަރަށް ދަށު ދަރަޖައިގެ ވާހަކައެއް ކަމަށާއި އިންތިހާބަކުން މޮޅުވުމަށް މުޅި ޕާޓީ ފުނޑުފުނޑު ކޮށްލުމަކީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން ކަމަށެވެ.

"ރައީސް ނަޝީދު ތިހާ ކުޑަކުޑަ ޝަހުސިއްޔަތަކަށް ހައްދަވަން ތި މަސައްކަތް ކުރައްވަނީ ކީއްވެގެންތޯ. ކިހިނެއްތޯ ރައީސް ނަޝީދު މިޕާޓީގެ މީހަކަށް ވަކި ކުރެވޭނީ. ބޭރު ކުރެވޭނީ. އެގޮތަށް ވިސްނަވައި އެވާހަކަ ދެއްކުމަކީ ވަރަށް ބޮޑު ގޯހެކޭ. މުޅި މި ޕާޓީއަށް އޭގެ ނުބައި އަސަރު ކުރާނެ ކަމެކޭ" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، ރައީސް ނަޝީދު މި ޕާޓީ [އެމްޑީޕީ] އިން ބޭރު ކުރެވޭނެ އެއްވެސް ޝަހުސިއްޔަތެއް މިއަދު ދުނިޔޭގައި ނެތް ކަމަށާއި ޗެއާޕާސަން ކަމަށް އައިސްފިނަމަ ރައީސް ނަޝީދާއި އެކީ ވަރަށް ރަނގަޅަށް މަސައްކަތް ކުރެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޔަންމާ

    ތިޔަ ބޭރުކުރީ

    5
    1
  2. އަވަސް ވޯޓު

    ފައްޔާޒު ހަމަ ހޮވަންވީ މިފަހަރު. އެންމެ ރަނގަޅީ އޭނަ

    15
    5
  3. ޖާބެ

    އެބުނަނީ އެއީ ޑީކްޓޭޓަރެކޭ ތިމަންނާމެން ރައިސް ނަޝީދު ސިޔާސީ ހަޔާ ބަރުބާދުކޮށްލާނަމޭ މަށް އިންޑައިރެކްޓްކޮށް ދޭހަވަނީ މިހެން ބަހާ އަމަލާ ދިމާނުވާތީވެ.... ބުނާ ބަސް މިހާތު ގަބޫލްކުރާނީ ބުއްދި ހަމަޖޭމީހުންނެއް ނޫން އަމަލުން ދައްކާ ކަންކަން މިހާރު ގަބޫލްކުރެވޭނީ

  4. Anonymous

    ތިޔައީ ވަރަށް ބޮޑު މައްސަލައެއް ފައްޔާޒަކައް.

  5. ދަތްނެތްކުއްޖާ

    ރަޢީސް މަޢުމޫނަށް ވީހެން ދެން އަންނި އަށް ވާނީ.