އިދިކޮޅު ޕީޕއެމް-ޕީއެންސީއިން ގައުމީ ކާޑު ކުޅެނީ ސަރުކާރުން ސިޔާސަތުތައް ތަންފީޒު ކުރާތީ ހަޖަމްނުވެގެން ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައިގައި ލޭ ހިނގާ ހިނދަކު މި ގައުމުގެ ފަސްގަޑުން ވިޔަސް ކަނޑުން ވިޔަސް އެންމެ އިންޗިއެއްވެސް ދޫކޮށެއް ނުލައްވާނެ ކަމަށެވެ.

"ގައުމަށް ގައްދާރުވި ބަޔަކު ވެރިކަމުގެ ދަހިވެހިކަމުގައި ފަތުރާ ޔޯލަ ވާހަކަތަކަކަށް ރައްޔިތުން ނުހެއްލުން އެދެން. ސަރުކާރުން ރައްޔިތުންނަށް ފައިދާ ހުރި ސިޔާސަތުތައް ތަންފީޒު ކުރަމުން ދާތީ އެކަން ހަޖަމް ނުވެގެން ދައްކާނެ ވާހަކައެއް ނެތިގެން ނެޝަނަލް ކާޑު ކުޅެ ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރަމުން ދަނީ. މިކަމާ ރައްޔިތުން ސަމާލުވުން އެދެން." އަލީ ޒާހިރު ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ވަޒަންވެރިވެގެން އުޅޭ ކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ. އިދިކޮޅުން ބުނާ ގޮތުގައި އެ ސިފައިން ތިބެނީ އުތުރު ތިލަފަޅުގައި ކަމަށެވެ. އުތުރުތިލަފަޅަކީ ކޯސްޓްގާޑުގެ އުޅަނދުތައް ބެހެއްޓޭ ގޮތަށް ބަނދަރެއް ގާއިމް ކުރަމުންދާ ފަޅެކެވެ. އެތަން ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދަނީ އިންޑިއާއިންނެވެ.

މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ބޯ ހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުޅުވާލާ ސްކީމުން ބިން ދޭ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ އުތުރު ތިލަފަޅުން ގޯތި ދިނުމަށް 215 ހެކްޓަރު ހިއްކާނެ ކަން ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ.

އުތުރު ތިލަފަޅުން ގޯތި ދޭން ނިންމާފައިވާ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއުލާނު ކުރެއްވީ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގެ ތެރެއިންނެވެ.

"އެކަމަށް އަޅުގަނޑުމެން ނިންމާފައި އޮތް އެއް ފަޅަކީ އެ ވިދާޅުވާ އުތުރު ތިލަފަޅު. އެތަނުގައި ދިވެހިން ދިރިއުޅޭނީ. ބޭރު މީހުންނެއް ނޫން ދިރިއުޅޭނީކީ. މާލޭން ވިލިމާލެއަށް، ގުޅީ ފަޅުން ތިލަފުއްޓަށް. ތިލަފުށިން ގިރާވަރުފަޅަށް. ގިރާވަރުފަޅުން އުތުރު ތިލަފަޅަށް ބުރިޖުން އެތަން ގުޅިގެންދާނެ،" ހަމަހަމަކަމާ އެކީގައި ދިވެހިންނަށް ފުރުސަތު ހޯދައި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައި ރައީސް ވިދާޅުވިއެވެ.

މާލެ ސަރަހައްދުން ދޫކުރާ އިތުރު ގޯއްޗާއި ފްލެޓަށް މިހާރު ވަނީ އިއުލާނު ކޮށްފައެވެ. އޭގެ ތެރޭގައި4،000އަށް ވުުރެ ގިނަ ގޯއްޗާއި 6،000 ފްލެޓު ހިމެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ސަލެއް 4

    ޓިދައްކާވާހަކަ ގަބޫލު ކުރާނެ މީހަކު ނެތް ސޮރީ

  2. Anonymous

    އަލިފުޫ 5 ދުވަސްފަހުން ދަމައި ކާޑައް ނުކުންނައް ތައއޔާރުވޭ

  3. ޖަމީލާ

    ކަލެއަށް އެނގޭތަ ވާނުވާ؟ ކޮން ކާޑެއްގެ ވާހަކައެއް ތިދައްކަނީ. ކަލެއާ އިމުރާނާ ދެމީހުންވެގެން ތިޔަ ބަލަނީ، އިބޫއަށް ލަނޑުދީފަ ރައްކާވާން. ރިސޯޓާ ބިންތަކާ ހޯދައިގެން. އޮފީހަށްވެސް ތިޔ އަންނަނީ ދިހައެއް އެގާރަޖަހާއިރު. އައިއްސަ އޮފީހުން ކޮފީއާ އެހެބް އެއޗެހި ކައިގެން މެންދުރުވާއިރަށް ނައްޓާލަނީ. މީނަމީ ލަދެއްވެސް ގަންނަން އެނގޭ މީހެއްނޫން. ފަސް އަހަރުވީ އަދި މުވައްޒަފަކާ ހަތަރުކަޅި ހަމައެއް ނުކުެވެވޭ

  4. ސައި

    އަލީ ޒާހިރު މި ކުޅެނީ ވަޒީފާ ޔަގީން ކާޑު

  5. މާޟީ

    ކާޑު ކުޅެވޭނީ ކުޑަ ދުވަސް ކޮޅަކައް އިނގޭ އިރާދަކުރެއް ވިއްޔާ ވަރައް އަވަހައް ހެމުން ހެމުން ޖަލުގެ އަރާމުކަން ފެންނާނެ އިނގޭ ތައްޔާރުވާތި

  6. ޢދފ

    ތި ސިޔާސަތު ތަންފީޒު ކުރަނީތަ ތިޔަށްކިޔަނީ ދޮގުފެތުރުމާއި ކޮރަޕްސަން ފެތުރުން

  7. ޢެމް

    ތިއީ ހަގީގަތެއް ނޫން މީހުނަށް ގޯތިދޭކަމަށް ހަދައިގެން އެއުޅެނީވެސް ރައްޔިތުން ލޮލުގައި އަނދުން އަޅުވަން މިނިމިގެންދިޔަ ފަސްއަހަރުގައި ނުހިއްކުނު ބިމެއް މިސްރުކާރު ނިމެން ދެދުވަހަށް ވީމަ މީހުނަށް ގޯތި ދޭކަމަށްހަދާ ބިންހިއްކާ އަޑުއަރުވަނީ ވޯޓްހޯދުމަށް ދޮގުހަދާ މަކަރވެރިން ނަކީ ތިއީ ކަންމިހާރު އެންމެނަށްވެސް ގަބޫލް ކުރެވޭ ޑރ.މުޢީޒް އަކީ ތެދުވެރި މަޑުމައިތިރި އަޚްލާގް ހުރި ހުރިހާގޮތަކުން މިގައުމުގެ ވެރިއަކަށް ހޮވުމަށް އެންމެ ގާބިލް ބޭފުޅާ الله سبحا نه وتعا لي ހެޔޮ ރަޙުމަތް ފުޅުން ކެންޑިޑޭޓް ނަމްބަރ 4 އަށް އެންމެންވެސް ވޯޓް ލައްވާނެ !

  8. Anonymous

    ވަކި ކާޑެއް ނުން ހުރިހާ ކާޑެއް ކުޅޭނެ . ތީ ޝަރުއީ ދާއިރާ ހަލާކޮއްލި ކަމަށްބުނާ މީހާ ދޯ

  9. ޕޮގުބާ

    މީނަޔަށް ކޮންކަމެއް މިސަރުކާރަށް ކޮއްދެވުނީ އަގައިންބުނާ ކޮންމެ ފަހަރަކު ރަށްޔިތުން ތުރު ތުރު އަޅާ ކަލޭގެއާ އިމްރާނަކީ ވަރަށް ބޮޑު ދެފުނާފިގުން ކޮންމެ ކަމަކަށްވެސް ނިމުމެއް އަންނާނެ މަގާމު ބިރުމިހާރުވަނީ ހީވެފަ

  10. ހަސަން ޒާހިރު އަބްދުލް މަންނާން

    ކޮން ސިޔާސަތެއްތޯ؟ ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަންތޯ؟ އަލީ ޒާހިރުމެން ހިންގާފަ ހުރި ކޮރަޕްޝަން ވަރަށް އަވަހަށް ރައްޔިތުންނަށް ސާފުވެގެންދާނެ. ކުރިންހެން ދޮގުހަދައިގެން، ނުވާކަމަކަށް ހަދައިގެން ދެން ނުތިބެވޭނެ.

  11. ރާގޮޑި ރާޖާ

    ޖުޑިޝަރީއަށް އަތްބާނާ ޕަޕެޓް..

  12. ޢަލި

    ާއަވަހަށް ފޮށިތަންމަތި ބަދޭ

  13. މަންތިތި

    ބިރުގަންނަނީ ރޯމަހެއްތެޅޭހެން ތެޅެނީ

  14. އަލިޕީޕީއެމް

    އަލިޕީ އިބޫ ސޯލިހު ތަންފީޒު ކުރާ ސިޔާސަތަކީ ހަމައެކަނި ސިޔާސަތަކީ، ލާދީނީ ސިޔާސަތާއި އިންޑިޔާމީހުން ދިވެހިރާއްޖެގައި އާބާދުކޮށް މިރާއްޖެއަކީ އިންޑިޔާގެ އަވަށަކަށް ހެދުމުހެ ސިޔާސަތު..

  15. ބީޓޭ

    ބަލަ ސަރުކާރުން ގައުމީ ކާޑާ ޝަރުއީކާޑާ ވައްކަން ކާޑާ އެކިވައްތަރު ކާޑު ނުވިތާކަށް ގޮސް ޕްލާސްޓިކް ކޮތަޅުކާޑު ކުޅުނީމަ އަތައްގޮވީމަ ދެން ކޮންކާޑެކޭތިކިޔަނީ؟ މިހާރު މެޖޯރިޓީ ރައްޔިތުން ތިކާޑުގެ ވާހަކަ ބަލާނުގަންނަ
    ކަން ވޯޓުން ހާމަކޮށްދިނީމަ ދެން ކޮންމޮޅުވާހަކައެއްތަ؟ ތީބޮޑުފެއިލިއާރއެއް. އަދިވެސް ބަލާގަންނަގޮތަކަށް ނޫންމިތިބީ. ދީނީ ތާކިހާއަޅާއިގެން އިބްރާހިމައް ދޯކާދީފަ މަލާމާތްކުރުން ތިކުރާކަމަކީ.

  16. Anonymous

    އިޚްލާޞްތެރި މީހުން ކަން ކުރާގޮތަށް ތިކުރަނީ. ތީ ސިޔާސަތެއްވެސް ނޫން ތަންފީޒުކުރަނީ ކޮރަޕްޝަން ތި ހިންގަނީ ވޯޓަށް ނުފޫޒު ފޯރުވަނީ. ވެރިކަން ނިމެން އުޅޭތީ ހިތުހުރި ގޮތަކަށް ކަންކުރަނީ.

  17. ދޮގު ދޮގު

    މީ އާކިރަތެއް ނެތްކަމަށް ހީކޮށޤ އުޅޭ މީހެއް. ގައުމު އަޅުވެތިވާ އިރުވެސް ލިބޭ އެއްޗެއް މަދުވެދާނެތީ މޮޔަ ގޮވަނީ. އިންޝާ ﷲ ރީތި ބައްޔަކުން މި މީހުން ބަލިވާނެ