ސިހުރަކީ ވާއެއްޗެކެވެ. އަދި އެއީ ބޮޑުވެގެންވާ މުންކަރާތެއްވެސް މެއެވެ. މާތް ﷲ ސުބުހާނަހޫ ވަތަޢާލާ ވަނީ ސިހުރު ހަދާ މީހުންނާއި އެކަމުގައި ބައިވެރިވާ މީހުންނަށް ވޭންދެނިވި އަޒާބު ގިޔާމަތް ދުވަހުން ލިބޭނެ ކަން ޤުރުޢާނުގައި އަންގަވާފައެވެ.
ސިހުރުގެ އެކި ބާވަތްތަށް ހުރެއެވެ. އަދި އެކި ކަހަލަ ސިހުރުން ވާނީ އެކިކަހަލަ އުދަނގުލެވެ. އެގޮތުން މި މުޖުތަމައުގައި އެންމެ އާންމުވެފައިވާ ސިހުރުގެ ވައްތަރަކީ ދެމެފިރިން ދުރުކުރަން ހަދާ ސިހުރެވެ. ނުވަތަ ސިހްރުއް ތަފްރީޤެވެ.
ވަރިކުރާ / ދުރުކުރާ ސިހުރުގެ ވައްތަރުތަށް:
ވިޔަފާރީގެ ދެބައިވެރިން ދުރުކޮށް ރުޅިކުރުވުން
މީހަކާއި އެމީހެއްގެ ރައްޓެހިން ދުރުކުރުވުން
މީހަކާއި އެމީހެއްގެ ތިމާގެ މީހަކު ދުރުކުރުވުން
މީހަކާއި އެމީހެއްގެ މައިމީހާ ދުރުކޮށް ރުޅިވެރިކަން އުފެއްދުން
މީހަކާއި އެމީހެއްގެ ބައްޕަ ދުރުކޮށް ރުޅިވެރިކަން އުފެއްދުން
މީހަކު އިނދެގެން އުޅޭ މީހާ ނުވަތަ އިންނަން އުޅޭ މީހާ ދުރުކުރުވާ ރުޅިވެރިކަން އުފެއްދުން
ވަރިކުރާ / ދުރުކުރާ ސިހުރުގެ އަލާމާތްތަށް:
ދެމެފިރިން އެކަކު އަނެކަކާއި ކުރިމަލާ ވަގުތު ރުޅިއައުން
އާންމުކޮށް ބޮލުގައި ރިއްސުން
ބިރުވެރި ހުވަފެންތަށް ފެނުން އާންމުކަމަކަށްވުން
އަނެކަކު ކިތަންމެ ރަގަނޅު ކަމުގައި ވިޔަސް އެކަމާއި ހަސަދަވެރިވުން
ކުދި ކުދިންކަންތަށް ހައްލު ކުރުމުގެ ބަދަލުގައި ބޮޑު ކަމަކަށް ހަދާ އަރާރުންވުން
ދެމެފިރިން އެކަކު އަނެކަމަށް ޝައްކު ކުރުން
ބައިވެރިޔާ މަތިން ފޫހިވެ އެހެން މީހަކާއި އެކު އުޅެން ބޭނުން ވުން
އެއްދާން ކުރަން ބޭނުން ނުވުން
ދެން ކޮބާ މިއަށް އޮތް ހައްލު. އެވެސް ލިޔެލިނަމަ
ހައްލަކީ ފަސްވަޤުތުނާޅާ ނަމާދުރުން އަދި ހެނދުނާއި ހަވީރުގެ ޒިކުރުތަށް ޤަވާޢިދުން ކިޔުން .
ވަރައްއަވަހައް ތީގެހައްލު ބޭނުން މަށައްއެބަދިމާވޭ ތިކަހަލަ ކަމެއް