23:44

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަސްކަރިއްޔާގެ އިސް ބޭފުޅުންނާއި އިންޓަލިޖެންސްގެ ޗީފުންނާ ބައްދަލު ކުރައްވަމުން އެބަގެންދަވާ. އޭގެ ތެރޭގައި ޑިފެންސް މިނިސްޓަރާއި ސްޓްރެޓެޖިކް އެފެއާޒް މިނިސްޓަރު ވެސް ހިމެނޭ.

23:40

އިސްރާއީލުން ވައިގެ މަގުން ދިން ހަމަލާތަކެއްގައި ލުބުނާންގެ ސިފައިންގެ ތިން މީހަކަށް އަނިޔާވެއްޖެ.

23:06

ފަލަސްތީނުގެ ޣައްޒާ އަށް އެއްގަމު މަގުން އަރައިގަންނާނީ ކާމިޔާބު ހޯދުމަށް ކަމަށް އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި

22:45

އިސްރާއީލްގެ އަސްކަރިއްޔާގެ ތަރުޖަމާނު ދެންމެ ބުނީ ޣައްޒާގައި ރަހީނުކޮށްފައި ތިބި އިސްރާއީލް މީހުންގެ އަދަދު 155 އަށް އަރާ ކަމަށް. އެ 155 މީހުންގެ އާއިލާތަކަށް އެކަން އަންގާފައިވާ ކަމަށް ވެސް ތަރުޖަމާނު ބުނެފައިވޭ.

 

22:44

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ތިބި 200 ހަމާސް މެމްބަރުން ހައްޔަރުކޮށްފައިވާ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފި.

22:30

އިސްރާއީލްގެ އަމަލުތައް ކުށްވެރިކޮށް އަދި ފަލަސްތީނު ރައްޔިތުންނާ އެކުގައި ތިބި ކަން ހާމަ ކުރުމުގެ ގޮތުން ތުރުކީގެ ވެރިރަށް އިސްތަންބޫލްގައި ކުރިއަށް ދިޔަ މުޒާހަރާއެއްގައި އެތައް ހާސް ބަޔަކު ބައިވެރިވެއްޖެ.

22:29

ހަމާސް އިން އިސްރާއީލަށް ދިން ހަމަލާތަކުގައި ފްރާންސްގެ 19 މީހަކު މަރާލާފައިވާ ކަމަށް އެ ގައުމުން ބުނެފި.

22:28

އިސްރާއީލުން ހިފާފައިވާ އަވަށެއް ކަމަށްވާ ޒިކިމް އަށް ހަތިޔާރު ހިފައިގެން މީހަކު ވަދެ ހަމަލާ ދެމުންދާ ކަމަށް އިސްރާއީލްގެ ބައެއް ރިޕޯޓުތައް ބުނަން ފަށައިފި. މި ހަމަލާތަކާ ގުޅިގެން އެ އަވަށުގައި ދިރިއުޅޭ މީހުން ދޮރުތައް ތަޅުލައި ކާޓެއިންތައް ކަހާލައި ލައިޓްތައް ނިއްވާލަން ދަނީ އަންގަމުން.

22:12

އިސްރާއީލް ސިފައިން އެއްގަމު މަގުން އެރުމަށް ސިފައިންގެ ސީނިއާ އޮފިސަރުންތަކެއް ހެލިކޮޕްޓަރުތަކުގައި ޣައްޒާގެ އެކި ސަރަހައްދުތައް ބަލައި ދިރާސާކޮށްފައިވާ ކަމަށް ޓައިމްސް އޮފް އިސްރާއީލުން ބުނެފި. ޓައިމްސް އޮފް އިސްރާއީލުން ބުނީ ސީނިއާ އޮފިސަރުންގެ ތެރޭގައި ބްރިގޭޑް އަދި ބެޓަލިން ކޮމާންޑަރުން ހިމެނޭ ކަމަށް.

އިސްރާއީލްގެ އަސްކަރިއްޔާ އިން އިއްޔެ ބުނީ އެއްގަމާއި ވަޔާއި ކަނޑުން ޣައްޒާ އަށް ހަމަލާ ދިނުމަށް ތައްޔާރުވަމުންދާ ކަމަށް.

 

22:00

އެމެރިކާގެ މިއާމީގައި ކުރިއަށް ދިޔަ މުޒާހަރާ. މިއީ ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި ކުރި މުޒާހަރާއެއް.

21:38

ޣައްޒާގެ ބައެއް މަންޒަރުތައް ފޮޓޯތަކުން:

ފަލަސްތީނުގެ ޣައްޒާ އަށް ހަމަލާ ދީފައި.
ފަލަސްތީނުގެ ޣައްޒާ އަށް ހަމަލާ ދީފައި.
ފަލަސްތީނުގެ ޣައްޒާ އަށް ހަމަލާ ދީފައި.
ޝަހީދުވެފައިވާ މީހުން
ޝަހީދުވެފައިވާ މީހުން

20:59

ހަމާސްގެ މުޖާހިދުން އިސްރާއީލްގެ ވެރިރަށް ތެލް އަވީވް އަށް ރޮކެޓް ހަމަލާތަކެއް ފޮނުވަމުން އެބަދޭ.

20:59

ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ޕާކިސްތާނުގައި މުޒާހަރާކޮށްފި.

20:55

ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރާއީލަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތަކުގައި އިސްރާއީލްގެ ތިން ސިފައިން މަރާލައިފި.

20:28

އިސްރާއީލްގެ އަޝްކެލޮން އަށް ދިން ރޮކެޓް ހަމަލާއެއް ގެއަކަށް އަމާޒުވެފައި.

އިސްރާއީލަށް ލިބިފައިވާ ގެއްލުން.

20:25

އިސްރާއީލް ސިފައިން މީގެ ކުޑައިރުކޮޅެއް ކުރިން ޣައްޒާ އަށް ދިން ހަމަލާއެއް.

20:17

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ފެން ފޯރުކޮށްދޭން ފަށާފައިވާ ކަމަށް އިސްރާއީލްގެ މީޑިއާތަކުން ބުނަން ފަށައިފި.

19:34

ލުބުނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުން އިސްރާއީލް ސިފައިންނަށް ހަމަލާދީ، ބައެއް މީހުން މަރާލައި ގިނަ ބަޔަކު ޒަހަމްކޮށްލައިފި.

19:23

ހިޒްބުﷲ: ލުބުނާންގައި ތިބި ނޫސްވެރިން މަރައި، ޒަހަމްކުރަމުންދާތީ، އަދި އާންމުންނަށް ހަމަލާދެމުން އަންނާތީ ރައްދުގައި އިސްރާއީލް ސިފައިންނަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ވަނީ ދީފައި. އެ ހަމަލާ މަރްކާވާ ދެ ޓޭންކާއި ސިފައިން އުފުލާ ވެހިކަލަކަށް އަމާޒުވެފައިވޭ. އަދި މި ހަމަލާތަކުގައި ބައެއް މީހުން މަރާލައި، ޒަހަމްކޮށްލާފައިވޭ.

 

19:08

އިސްރާއީލްގެ ޔަހޫދީ ސިފައިންނާ ދެކޮޅަށް ހަމާސް އިން އިން މިދިޔަ ހޮނިހިރު ދުވަހު ފެށި ހަނގުރާމައިގައި ބޭނުން ކުރަން ނިންމާފައިވާ "އަލް ޔަސީން" އެންޓި އާމޯ ޝެލް 105 އެމްއެމް ކެލިބާ މިސައިލް ދައްކާލައިފި.

18:32

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި އެހީތެރިވުމުގެ ގޮތުން ހަނގުރާމަމަތީ މަތިންދާ ބޯޓު އުފުލާ ދެ ވަނަ މަނަވަރެއް، އޭގެ ހަނގުރާމަމަތީ ލަޝްކަރާ އެކުގައި މެދުއިރުމައްޗަށް ދަތުރު ފަށާފައިވާ ކަމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ވިދާޅުވެއްޖެ.

17:58

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މޮރޮކޯގައި މުޒާހަރާ ކުރަނީ.

17:36

ލުބުނާނުން އެންމެ ފަހުން ދިން ހަމަލާއެއްގައި މީހަކު ޒަހަމްވި ކަމެއް އަދި ނޭނގޭ. މީގެކުރިން ދިން ހަމަލާއެއްގައި އިސްރާއީލްގެ މަސައްކަތްތެރިއަކު ވަނީ މަރާލާފައި.

17:34

ލުބުނާނުން މިއަދު އެކަނި ވެސް ފަސް މިސައިލެއް އިސްރާއީލަށް ފޮނުވާލައިފި.

15:57

އިސްރާއިލާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެމެދު ވަރުގަދަ ހަމަލާތަކެއް ދެމުން ގެންދާ މި ދަނޑިވަޅު އިސްރާއިލުގައި ހުންނަ އަލްޖަޒީރާގެ ބިއުރޯ ބަންދުކުރަން އެ ގައުމުގެ ކޮމިއުނިކޭޝަން މިނިސްޓަރު ޝްލޯމާ ކަހްރީ ބުނެފި

އިސްރާއިލުގައި ހުންނަ އަލްޖަޒީރާ ބިއުރޯ ބަންދުކުރަން މަސައްކަތް ކުރަނީ

14:42

ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިއާ ރެފިއުޖީ ކޭމްޕްގައި ޔަހޫދީން އަނެއްކާވެސް ހިންގި ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ އާންމުންގެ 8 މީހަކު ޝަހީދުކޮށްލައިފި

14:39

ޔަހޫދީންގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ޣައްޒާގެ އަލްއަހްލީ އަރަބް ނޭޝަނަލް ހޮސްޕިޓަލަށް މިސައިލަކުން ހަމަލާދީފި

14:27

ޔަހޫދީންނާއި ފަލަސްތީނުގެ ޖަމާއަތެއް ކަމަށްވާ ހަމާސްއާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ތައިލެންޑުގެ އިތުރު ހަތަރު މީހަކު މަރުވެއްޖެ. މިއާއެކު އެ ގައުމުން މަރުވި މީހުންގެ އަދަދު 28 އަށް އަރާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނޭ.

14:26

ޣައްޒާގެ ބޯޑަރު ކޮމިއުނިޓީ ނަހާލް އޯޒްއަށް ރޮކެޓް އެލާޓް ސައިރަންގެ އަޑު އިވެމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

14:26

މިދިޔަ ހޮނިހިރު ދުވަހު ޔަހޫދީ ދައުލަތުގެ ދެކުނުގައި ހަނގުރާމަތައް ފެށި ފަހުން ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ފަލަސްތީނުގެ 330 މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ހަމާސް ޖަމާއަތާ ގުޅިފައިވާ 190 މީހުން ހިމެނޭ ކަމަށް އެ ގައުމުގެ ދިފާއީ ބާރުތަކުން ބުނެފި.

 

14:25

ލުބުނާނުގެ ބޯޑަރަށް ދިން އެންޓި ޓޭންކް ގައިޑެޑް މިސައިލް ހަމަލާގެ ޒިންމާ ހިޒްބުﷲ އިން ނަގައިފި.

14:24

ޣައްޒާއިން ފޮނުވާލި ރޮކެޓެއްގެ ސަބަބުން ދެކުނުގެ ސިޓީއެއް ކަމަށްވާ ސްޑެރޯޓްގެ ގެއެއްގައި އަލިފާން ރޯވެފައިވާ ކަމަށް މުނިސިޕަލްޓީން ބުނެފި.

14:22

ޣައްޒާގެ ބޯޑަރު ކައިރީގައި އޮންނަ ނިރް އަމްގެ ދެކުނު ކިބުޓްޒްގައި ފަލަސްތީނުގެ މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ޔަހޫދީ ދިފާއީ ބާރުތަކުން ބުނެފި.

13:39

ލުބްނާނުން ދިން ހަމަލާއެއްގައި ޔަހޫދީއަކު މަރާލައިފި.

ލުބްނާނުން ދިން ހަމަލާއެއްގައި ޔަހޫދީއަކު މަރާލައިފި

13:23

ޣައްޒާގެ ބޯޑަރުގެ ބައެއް ސަރަހައްދުތަކުގައި ރޮކެޓް އެލާޓް ސައިރަންގެ އަޑު އިވެމުންދާ ކަމަށް ރިޕޯޓްތައް ބުނެފި.

13:19

އީރާނުގެ ޚާރިޖީ ވަޒީރު ހުސައިން އަމީރުބުދުاللهޔަން ހަމާސްގެ ސިޔާސީ ވެރިޔާ އިސްމާއިލް ހަނިއްޔާއާ ހޮނިހިރު ދުވަހުގެ ރޭ ދޯހާގައި ބައްދަލުކުރައްވައިފި.

 

13:19

ޔަހޫދީ އަސްކަރިއްޔާއިން ބުނީ ލުބްނާނުގެ އުތުރުގެ ބޯޑަރާ ހަތަރު ކިލޯމީޓަރު (2 މޭލު) ދުރުގައި އޮންނަ ސަރަހައްދަކަށް ވަނުން މަނާ ކުރަން ނިންމާފައިވާ ކަމަށް.

އެ ސަރަހައްދަށް ވަނުމަކީ ހަރުކަށި ކޮށް މަނާ ކަމެއް ކަމަށް ބުނެފައިވޭ

 

13:17

ޔަހޫދީ ދައުލަތުގެ ބޯޑަރު އަވަށެއް ކަމަށްވާ ޝްތޫލާއަށް ދިން ހަމަލާއާ ގުޅިގެން ލުބުނާނުގެ އަމާޒުތަކަށް ހަމަލާދެމުން އަންނަ ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ބުނެފި.

13:16

ލުބުނާނުގެ ބޯޑަރު ކައިރީގައި އޮންނަ ޔަހޫދީންގެ އަވަށެއްގައި ހިނގި ހަމަނުޖެހުންތަކުގައި އެކަކު މަރުވެ ތިން މީހަކު ޒަހަމްވެފައިވާ ކަމަށް އިސްރާއީލުގެ ނޭޝަނަލް އިމަޖެންސީ މެޑިކަލް ސާވިސް އިން ބުނެފި.

13:05

ގއ. ވިލިނގިލީގެ ދޯންޏަކުން ކިރި އެއް ޓަނުގެ މަހަށްވާ ފައިސާ ހަނގުރާމައާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާ ކުރަން ނިންމައިފައި ވަނިކޮށް ހަމަ އެ ރަށުގެ އިތުރު ދޯންޏަކުން ވެސް އެ އަދަދަށްވާ ފައިސާ ފަަލަސްތީނަށް ހަދިޔާ ކުރަން ނިންމައިފި

ވިލިނގިލީގެ އިތުރު ދޯންޏަކުން ވެސް ކިރި އެއް ޓަނުގެ މަހަށްވާ ފައިސާ ފަލަސްތީނަށް

12:51

ޔަހޫދީން އާންމުންގެ އާބާދީގެ މަރުކަޒުތަކަށް ދިން ވައިގެ ހަމަލާތަކަށް ނުވަ ދުވަސް ފަހުން ޣައްޒާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި

12:45

އިސްރާއީލުގެ ޔަހޫދީންނަށް އަމާންކަންދޭ ތަންކަށް ރާއްޖެ ވެގެން ނުވާނެ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝެއިޚު އަހުމަދު ސަމީރު ވިދާޅުވެއްޖެ

ޔަހޫދީންނަށް އަމާންކަން ލިބޭ ތަނަކަށް ރާއްޖެ ވެގެން ނުވާނެ - ޝެއިހު ސަމީރު

12:23

ފަލަސްތީނުގެ ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް ހަރަކާތްތެރިވަމުންދާ ހަނގުރާމަވެރި މުޖާހިދުންގެ ޖަމާއަތެއް ކަމަަށްވާ ހަމާސްގެ ކޮމާންޑޯ ފޯސްގެ އިތުރު ކޮމާންޑަރަކު ޝަހީދު ކޮށްލާފައިވާ ކަމާށް ޔަހޫދީންގެ ދިފާއީ ބާރުން ބުނެފި.

ފަލަސްތީނުގެ ލީޑަރަކު އަވަހާރަކޮށްލައިފި

12:13

ޔަހޫދީގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ސްޑެރޯޓްގެ ހާލަތު އަދިވެސް ނުތަނަވަސްވެފައިވާ ކަމަށާއި ފާއިތުވި ދުވަސްތަކުގައި ފަލަސްތީނުގެ ހަތިޔާރު އެޅި މީހުންގެ ފަރާތުން އެހެން ބަޔަކުވެސް އެ ސިޓީއަށް ވަދެފައިވާ ކަމަށް އަލްޖަޒީރާއިން ބުނެފި

12:12

ޣައްޒާގެ ކްރައިސިސް ލެވެލް އެލާޓް "އެލާޓް ލެވެލް 4" އަށް ފިލިޕީންސް އިން މަތިކޮށްފި

ފިލިޕީންސް ކަވަރުކުރާ އަލްޖަޒީރާގެ ނޫސްވެރިޔާ ބާނަބީ ލޯ ބުނީ ޣައްޒާގައި ތިބި ފިލިޕީންސްގެ 131 މީހަކު އަނބުރާ ގައުމަށް ފޮނުވާލަން އެގައުމުގެ ފޮރިން ޑިޕާޓްމަންޓުން އިއުލާނުކޮށްފައިވާ ކަމަށް.

11:59

އިސްރާއީލާއި ފަލަސްތީނުގެ ހަނގުރާމަ ނިމޭއިރު ފަލަސްތީނުގެ ބައެއް އިސްރާއީލުން ނަގާނެ ކަމަށް އެ ޤައުމުން ބުނެފި

ޣައްޒާއިން ބައެއް އިސްރާއީލުން ނަގާނެ - އިސްރާއީލް

11:33

ފަލަސްތީނުގެ ހަމާސް ޖަމާއަތާ އިސްރާއިލާއެކު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، ކާޓޫން އުފެއްދުމުގައ ދެވަނައެއް ނެތް މަޝްހޫރު ޑިޒްނީ ކުންފުނިން އިސްރާއިލަށް ދެ މިލިއަން ޑޮލަަރުގެ އެހީ ދީފި.

މަޝްހޫރު ޑިޒްނީ ކުންފުނިން އިސްރާއިލަށް ދެ މިލިއަން ޑޮލަަރުގެ އެހީ

11:28

ޔަހޫދީ ދައުލަތުން ދެމުންގެންދާ ހަމަލާތަކުގައި ފަަލަސްތީނުގެ ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 2،329 އަށް އަރައިފި.

ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 2،329 އަށް އަރައިފި

11:18

ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް އަދާލަތު ޕާޓީން ގޮވާލައިފި.

ފަލަސްތީނަށް އެހީވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް އަދާލަތުން ގޮވާލައިފި

11:14

"އަހަރެން މަރުވެދާނެތީ ބިރުގަނޭ، އަހަރެން މަރުވާކަށް ބޭނުމެއް ނޫން"

10:26

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާ އާދިއްތަ ދުވަހު ރިޔާދުގައި ބައްދަލުކުރައްވާނެ ކަމަށް އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް ނިއުސް އެޖެންސީން ބުނެފި.

10:08

ދީރް އަލް ބަލާހްގައި ހުންނަ އަލް އަޤްޞާ ޝަހީދުންގެ ހޮސްޕިޓަލުގެ ކައިރީގައި ޔަހޫދީން ދިން ވައިގެ ހަމަލާއެއްގައި ކުޑަކުދިންނާއެކު ފަލަސްތީނުގެ އާންމުންގެ ހަތަރު މީހަކު ޝަހީދުވެއްޖެ

10:03

ޣައްޒާގެ އުތުރުގެ ހުސްކުރުމަށް ދިން އިންޒާރަށް ސަމާލުކަން ދޭންޖެހޭ ކަމަށާއި ޔަހޫދީން "މުހިންމު އަސްކަރީ އޮޕަރޭޝަންތައް" ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އެ ގައުމުގެ ދިފާއީ ބާރުތަކުގެ ތަރުޖަމާނަކު އަނެއްކާވެސް ބުނެފި.

09:56

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ މުޖާހިދުން ދިން ހަމަލާތަކުގައި ޔަހޫދީ ސިފައިންގެ އަދަދު 284 އަށް އަރައިފި

މަރާލި ޔަހޫދީ ސިފައިންގެ އަދަދު 284 އަށް އަރައިފި

09:48

ޔަހޫދީ ދައުލަތުގެ އެސްޑީ އެލިޒަރގެ އުތުރުގެ މުޖުތަމައުގައި އަންނަ ރޮކެޓް އެލާމް ގެ އަޑު އިވެމުން ދިޔައީ "ޝައްކުކުރެވޭ އަމާޒަކަށް" ދަގަނޑު ޑޯމް މިސައިލެއް ފޮނުވާލުމުން ކަމަށް ބުނެފި.

09:48

އުތުރުގެ ގަލީލީ އަވަށެއް ކަމަށްވާ ސްޑޭ އެލީޒަރގައި ރޮކެޓް އެލާމްގެ އަޑުން ގުގުމާލައިފި. މިއާއެކު މީހުން ހިޔާތަކަށް ވަނީ ފޮނުވާފައި.

09:42

ޔަހޫދީންނާއި ހަމާސްގެ ހަމަނުޖެހުންތަކުގައި ހަނގުރާމަ ހުއްޓާލުމަށް ބާރުއެޅުމަށާއި ސުލްހައިގެ މަޝްވަރާތަކަށް ބާރުއެޅުމަށް ޗައިނާގެ މަންދޫބު ޒައި ޖޫން ކުރިއަށް އޮތް ހަފުތާގައި މެދުއިރުމައްޗަށް ވަޑައިގަންނަވާނެ ކަމަށް ޗައިނާގެ ދައުލަތުގެ ބްރޯޑްކާސްޓަރު ސީސީޓީވީން ރިޕޯޓްކޮށްފި.

09:40

ޣައްޒާއަށް ދިން ހަމަލާއާ ދެކޮޅަށް އޮސްޓްރޭލިއާގެ އެޑިލޭޑް، މެލްބަން އަދި ސިޑްނީގައި މިއަދު ބޭއްވި އެންމެ ބޮޑު އެއްވުންތަކުގައި އެތައް ހާސް ބަޔަކު ބައިވެރިވެއްޖެ.

09:38

ގއ.ވިލިނގިލީ މަސް ދޯންޏަކުން ފަލަސްތީނަށް އެޙިވުމަށް ނިންމައިފި.

ވިލިނގިލީ މަސްދޯންޏަކުން ފަލަސްތީނަށް އެހީ ވަނީ

09:30

ފަލަސްތީނުގެ ޣައްޒާ އުތުރުގެ 22 ހޮސްޕިޓަލެއް ހުސްކުރަން ޔަހޫދީ ދައުލަތުން އަންގައިފި

ޣައްޒާގެ 22 ހޮސްޕިޓަލެއް ހުސްކުރަން ޔަހޫދީން އަންގައިފި

08:58

ހަމާސްގެ ވަރުގަދަ ހަމަލާއާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓެއް.

08:52

އީރާނުގެ ޚާރިޖީ ވަޒީރު ހުސައިން އަމީރަބްދުﷲ ހަމާސްގެ ޕޮލިޓްބިއުރޯގެ ވެރިޔާ އިސްމާއިލް ހަނިއްޔާއާ ދޯހާގައި ބައްދަލުކޮށްފި.

08:38

ޔަހޫދީން ފަލަސްތީނުގެ ޣައްޒާ ސިޓީ ހިފުމަށާއި ހަމާސްގެ ލީޑަޝިޕް "ހަލާކުކޮށްލުމަށް" 10،000 ސިފައިން ފޮނުވަން ނިންމާފައިވާ ކަމަށް ޔަހޫދީ ދައުލަތުގެ އަސްކަރީ އޮފިސަރުންނާ ހަވާލާދީ ނިއުޔޯކް ޓައިމްސް އިން ބުނެފި

ޣައްޒާ ހިފުމަށް ޔަހޫދީ 10،000 ސިފައިން ފޮނުވަނީ

08:19

ފަލަސްތީނުގެ ރައްޔިތުން ތިބީ ނަސްލު ނައްތާލުމަށް ކުރެވޭ މަސައްކަތެއްގެ ނުރައްކަލުގައި ކަމަށް އދ ގެ އިންސާނީ ހައްގުތަކާއި ބެހޭ ތަޖުރިބާކާރަކު ބުނެފި

އަނެއްކާވެސް ކުރެވުމުންދަނީ ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ މަސައްކަތް ކަމަށް ބުނެފި

08:17

ވަށާލާފައިވާ އެންކްލޭވްއިން އެގައުމުގެ ރައްޔިތުން ނެރުމަށް ޣައްޒާގައި ހިއުމެނިޓޭރިއަން ކޮރިޑޯތައް ހުޅުވުމަށް މެކްސިކޯ އާއި ޔޫކްރެއިނުން ޔަހޫދީ ދައުލަތަށް ގޮވާލައިފި.

08:15

ޔަހޫދީ ދައުލަތާއި ފަލަސްތީނުގެ ހަމާސްގެ ހަމަނުޖެހުންތަކާ ގުޅޭ ގޮތުން އެކުލަވާލާފައިވާ ގަރާރުގެ ޑްރާފްޓަށް ހޯމަ ދުވަހު ވޯޓަށް އެހުމަށް ރަޝިޔާއިން އދ.ގެ ސަލާމަތީ މަޖިލީހުގައި އެދިއްޖެ.

08:15

ލުބުނާނުގެ ދެކުނުގައި އިޒްރޭލުގެ ވީޑިއޯ ޖާނަލިސްޓް އީސާމް އަބުދުﷲ މަރުވި މައްސަލައިގެ ފުރިހަމަ، އަވަސް އަދި ދެފުށް ފެންނަ ތަހުގީގެއް ހިންގުމަށް ރޮއިޓާސް ނިއުސް އެޖެންސީން ޔަހޫދީ ދައުލަތަށް ގޮވާލައިފި.

08:14

ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަލަސްތީނަށް ތާއީދުކޮށް އެމީހުންގެ ސިޓީތަކާއި އަވަށްތަކުގެ މަގުތަކަށް ނުކުންނަމުން

މިގޮތުން އަޔަލެންޑްގެ ވެރިރަށް ޑަބްލިން އާއި ކެނެޑާގެ ސިޓީއެއް ކަމަށްވާ މިސިސައުގާގެވެސް ބައެއް ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވޭ.

08:12

ސީރިއާގެ އަލެޕޯ އެއާޕޯޓަށް ޔަހޫދީން ދިން ވައިގެ ހަމަލާގައި ފަސް މީހަކު ޒަހަމްވެފައިވާ ކަމަށް މޮނިޓަރިން ގްރޫޕަކުން ބުނެފި.

08:12

ފަލަސްތީނު އޮތޯރިޓީގެ ރައީސް މަހްމޫދު އައްބާސް، އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް ގުޅުއްވައި ޣައްޒާގައި އަވަސް ހިއުމެނިޓޭރިއަން ކޮރިޑޯތައް ހުޅުވުމުގެ ހުއްދަ ދިނުމަށާއި އަސާސީ ސާމާނާއި ސިއްހީ ސާމާނު ފޯރުކޮށްދިނުމާއި އެތަނުގެ ރައްޔިތުންނަށް ފެނާއި ކަރަންޓާއި ތެޔޮ ފޯރުކޮށްދިނުމަށް ބާރު އެޅުއްވި ކަމަށް ވަފާ ނިއުސް އެޖެންސީން ބުނެފި.

08:10

ޔަހޫދީ ދައުލަތުން ފަލަސްތީނުގެ ޣައްޒާއަށް ދިން ބޮމުގެ ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް ފަލަސްތީނުގެ 400 އަށްވުރެ ގިނަ މީހުން ޝަހީދުވެއްޖެ

އިސްރާއީލްގެ ގަތުލު އާންމެއް: 24 ގަޑިއިރު ތެރޭ 400 މީހުން ޝަހީދުކޮށްލައިފި

08:03

ޣައްޒާގެ އެތެރޭގައި ހިނގަމުންދާ ކަންކަމަށް ނުފޫޒު ފޯރުވައި، އެ ސަރަހައްދަށް މެޑިކަލް ޝިޕްމަންޓްތައް ގެންދިއުމަށް ހިއުމެނިޓޭރިއަން ކޮރިޑޯއެއް ހަމަޖައްސައިދިނުމަށް މެޑިކަލް ޓީމުތަކުން ބައިނަލްއަގްވާމީ ފަރާތްތަކަށް ދަނީ ގޮވާލަމުން

08:02

ޔަހޫދީން ފަލަސްތީންގެ ޚާން ޔުނިސްއަށް ބައިވަރު ވައިގެ ހަމަލާތަކެއް ދީފި، އެ އަވަށަކީ ޔަހޫދީންގެ ވައިގެ ހަމަލާތަކުގައި ބޮން އަޅާފައިވާ ޣައްޒާގެ އެހެން ސަރަހައްދުތަކާ އެއްގޮތް އަވަށެއް ކަމަށް އަލްޖަޒީރާއިން ބުނެފި

އިސްރާއީލުން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ޣައްޒާއަށް ދެމުންދާ ހަމަލާތައް އަދިވެސް އަންނަނީ ވަރުގަދަ ވަމުންނެވެ. އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި އިސްރާއީލުން މިހާރު ތައްޔާރުވަމުން އަންނަނީ ޣައްޒާއަށް ބޮން އެޅުމުގެ އިތުރުން ކަނޑު މަގުންނާއި އަދި އެއްގަމު މަގުން ވެސް ހަމަލާތައް ދިނުމަށެވެ.

ވަށައިގެން ބަންދުކޮށް ހިސޯރުކޮށްފައި އޮތް ޣައްޒާއަށް އިސްރާއީލުން މެދުކެނޑުމެއްނެތި ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ހާލަތު ވަނީ އެތައް ގުނައެއް ގޯސް ވެފައެވެ. ފެނެއް، ކަރަންޓެއް، ކާބޯތަކެއްޗެއް ނުލިބެއެވެ. ނަމަވެސް އެހީގެ ތަކެތި ޣައްޒާއަށް ވެއްދުމަށް ވެސް އަނިޔާވެރިކަމުގައި ހައްދުފަހަނައަޅާފައި އޮތް އިސްރާއީލުން އަންނަނީ ހުރަސް އަޅަމުންނެވެ.

ޣައްޒާ އާއި މިސްރު ގުޅޭ ރަފަހް ބޯޑަރު ކައިރީގައި އެހީގެ ސާމާނު ހުރި ނަމަވެސް އެތަކެތި ޣައްޒާއަށް ވެއްދޭނެ ގޮތެއް ނެތެވެ. އެހީގެ އެއްވެސް އެއްޗެއް ޣައްޒާއަށް ވައްދަން މަސައްކަތް ކޮށްފިނަމަ އެތަކެތި އުފުލާ އުޅަނދުތަކަށް ހަމަލާ ދޭނެ ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.

ޣައްޒާގެ އާއްމުންނަށް އަމާޒުކޮށް އިސްރާއީލުން ހަމަލާތައްދީ، ބައިނަލްއަޤުވާމީ ހުރިހާ ގާނޫނަކާއި ހިލާފުވަމުން ދިޔަ ނަމަވެސް ހަމަލާތައް ހުއްޓުވުމުގައި ދުނިޔެ ވަނީ ނުކުޅެދިފައެވެ. އިސްރާއީލްގެ ހަމަލާތަކަށް އެމެރިކާ އާއި ހުޅަނގުގެ ގިނަ ގައުމުތަކުން އަންނަނީ ތާއިދު ކުރަމުންނެވެ. އދ.އަށް ވެސް އިސްރާއީލާއި ދެކޮޅަށް އެއްވެސް ކަމެއް ނުކުރެވެއެވެ. އިސްރާއީލްގެ އަނިޔާވެރިކަން ދަނީ ކުރިއަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މ

    މީ ފަލަސޠީން މީހުން ކުރާ ވަރަށް ވަރުގަދަ ޖިހާދެއް. އިމޭޖިން މާލެ ހަމަ އެކަނި ފެނަށް ޖެހުނު ދުވަހު މީހުންނަށް ވީވަރު. އިޒްރޭލަށް މީގެ ބަދަލު ވަރަށް ހިތި ވާނެ.

    20
  2. މުޙައްމަދު

    އދ އަކީ މުސްލިމް ގައުމަކުން ފިޔަވަޅެއްވެސް އަޅައިފިއްޔާ ގައިގަ ވަރުޖެހޭ ބައެއް. ކާފަރުންނަށް ކާފަރުން ދޮންފުތުވާ އުސޫލުން އދ ވެސް ކުޑަކަކުލަށް ތިރިވަނީ. ނަމެއްގަ އދ

    15
  3. ސަދޫމު ސިޓީ

    މިށުރުގަ ތިހުރީ ވަރަން ނުލަފާ ޖާހިލު ވެރިއެތް