ދިވެހިންނަކީ އަބަދުވެސް އެންމެ ފަހުގެ ޓެކްނޮލޮޖީއާއި އުފެއްދުންތަކަށް ލޯބިކުރާ ބައެކެވެ. އެގޮތުން އެންމެ މޮޅު ފޯނާއި، އެ ފޯނުތަކަށް ހާއްސަކޮށްގެން ނެރޭ އެންމެ ފަހުގެ މޮޅު އެޕްލިކޭޝަން އަދި ގޭމްތައް ނެތި ފޯނު ފުރިހަމަ ނުވާނެ ކަމަށް ޤަބޫލުކުރެއެވެ. 'ޖިން ރަމީ'އަކީވެސް ފަހަކަށް އައިސް ދިވެހިންގެ ތެރޭގައި މަޝްހޫރުވި އެފަދަ ގޭމެކެވެ. ސަޔަކަށް، ކޮފީއަކަށް ނުވަތަ ދުއްވާލަން ދިޔަކަމުގައިވީނަމަވެސް އަދި ވަޒީފާގައި ތިބިކަމުގައި ވީނަމަވެސް ގޭމަށް ގޮސް ހުސްވެފައި ތިބި ބަޔަކު ތިއްބެވެ.

މިއީ ދާދިފަހުން ރާއްޖޭގެ ރިސޯޓެއްގައި ހިނގާފައިވާ ހަޤީޤީ ހާދިސާއެކެވެ. މި ލިއުމަކީ ހާދިސާ ދިމާވި ފަރާތުން ދިން މަޢުލޫމާތުތަކަށް ބައެއް ބަދަލުތައް ގެނެސްގެން ލިޔެފައިވާ ލިއުމެކެވެ. އޭނާގެ އެދުމުގެ މަތިން ލިއުމުގައި އަސްލު ނަން ބޭނުންކުރެވިފައި ނުވާނެއެވެ.

އަހަންނަކީ ޖިން ރަމީ ގޭމްގެ އަވައިގައި ޖެހުނު މީހުންގެ ތެރެއިން މީހަކީމެވެ. އަހަރެން ވަޒީފާ އަދާކުރަމުން ދިޔައީ ރިސޯޓެއްގައި ކަމުން، ލިބޭ ހުސްވަގުތުތައް އަހަރެން ފުރަމުން ދިޔައީ ގޭމުގެ ތެރެއިންނެވެ. އެއީ އަހަންނަށް އޭރުގައި ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ގޭމް ވެފައި އޮތުމުންނެވެ.

އަހަރެން އެންމެ ގިނަ ވަގުތު ގޭމް ކުޅެން ހޭދަކުރަނީ ދަންވަރުގެ ވަގުތުގައެވެ. ކުރަން ޖެހޭ މަސައްކަތުގެ ސަބަބުން އަހަރެން އެކީގައި "ފްރީ" ވަނީ ރޭގަނޑު 11 ވެސް ޖަހާ ފަހުންނެވެ. ޑިއުޓީ ނިންމާލާފައި ހަމަޖެހިލައިގެން އައިސް ގޭމް ކުޅެން އަހަރެން އެތައް ގަޑިއިރެއް ހޭދަކުރީމެވެ. އެތައް ދުވަހެއް އެގޮތަށް ދުއްވާލީމެވެ.

އެއީ އާދައިގެމަތިން އަހަރެން ގޭމް ކުޅެން އޮތް ރެއެކެވެ. އާންމު ގޮތެއްގައި ގޭމް ކުޅެން އަހަރެން ގޮސް ހުންނަނީ "ސްޓާފް ބީޗް އޭރިއާ"ގައެވެ. އެހެން ރައްޓެހިންގެ ސަބަބުން އަހަންނަށް ގޭމަށް ދޭން ޖެހޭ ސަމާލުކަން ދޭން އުނދަގޫވާތީ ފަހަކަށް އައިސް އަބަދުވެސް އެތަނުގައި އެކަހެރިވެގެން ހުރެ އަހަރެން ކުރާ ކަމަކީ އެއީއެވެ.

އަހަރެން އެރޭގައި އޮތީ ގޮނޑުދޮށުގައި އޮށޯވެލައިގެންނެވެ. "ގޭމް ގަނޑެއް"ގައި ޖެހިފައެވެ. އޭރު ގަޑިން މެންދަމުން އަލިވެ 2 ވެސް ޖަހައިފިއެވެ. ގޭމް ކުޅެން އަހަރެން އެތަނަށް ދިޔައީ 12 ޖަހާކަންހާއިރު ކަމުގައި ވީނަމަވެސް ވަގުތު ދިޔަ ގޮތެއް އަހަންނަކަށް ނުވެސް އެނގެއެވެ. އަހަންނަކީ ވަރަށް ބޮޑެތި އަދަދުތަކަށް "ބެޓް" ކުރާހިއްވާ މީހެއްކަމުން ކޮންމެ ގަނޑެއްވެސް އަހަންނަށް ވަރަށް މުހިންމެވެ.

ގޭމަކަށްފަހު ގޭމެއް ކުޅެމުންގޮސް އެއީ އަހަންނަށް އެންމެ ބޮޑު އަދަދަކުން މޮޅުވި އެއް ދުވަހެވެ. އަހަރެންގެ އަތުގައި 500 މިލިއަނަށްވުރެ ގިނަ "ކޮއިން" ހުއްޓެވެ. އެހެން ކަމުން ބޮޑު އަދަދުތައް 'ޖަހާފައި' އަހަރެން ދިޔައީ އެރޭވެސް ގޭމާއިގެން ކުރިއަށެވެ. ކޮންމެ "ގަނޑެއް"ވެސް ނިންމާލަން ގިނަ އިރުތަކެއް ނަގާކަމުން ވަގުތު ދާގޮތް އަހަންނަކަށް ނުވެސް އެގެއެވެ. އަހަންނަށް ހޭވެރިކަމެއް ވީއިރު ގަޑިން 2 ޖެހީއެވެ. އެހެން ނަމަވެސް އަހަރެން މަޑުކުރީ ކުޅެން ހުރި ގޭމު ނިންމާލަފައި ދާށެވެ.

ކުއްލިއަކަށް އާދަޔާ ހިލާފު ފިނިކަމެއް އަހަންނަށް އިހުސާސް ކުރެވުނެވެ. އަހަރެން ވަށައިގެން ބަލައިލީމެވެ. މީހެއްގެ ހިލަމެއް ވާހެން ހީވާތީއެވެ. ގޮނޑުދޮށުގައި ހުރި ބޮކި ނިވިފައި ދިއްލޭތަން އަހަންނަށް ފެނެއެވެ. އެއީ އޭގެ ސަބަބުން އަހަންނަށް ހީވި ހީވުމެއް ކަމަށް ހިތާ ފޯނަށް ސަމާލުކަން ދިނީމެވެ. އެހެން ނަމަވެސް ދެން އަހަންނަށް ކުރިމަތިވީ ކަމަކީ ހީވާ ހީވުމެއް ނޫންކަން އަހަންނަށް ޔަގީންވި ހިސާބެވެ. ތުރުތުރު އަޅާ ހާލުގައި ގައިން ހީބިހި ނަގާފައިވާކަން އިހްސާސް ކުރެވެއެވެ.

ގޮނޑުދަށުގައި ވާ ބޮކީގެ ކައިރީގައި ކުޑަ ކުއްޖަކު އިށީންދެލައިގެން އަހަންނަށް ހަނާ އަޅާ މަންޒަރު ފެނިފައި އަހަރެން ހުރީ ދުއްވައިގަންނަވެސް ނޭނގިފައެވެ. އެހައި ދަން ގަޑިއެއްގައި އެހައި ކުޑަ ކުއްޖަކު އެތަނުގައި ނޫޅޭނެކަން އެނގޭއިރު އެއީ އާދައިގެ ކަމެއް ނޫންކަން އަހަންނަށް ޔަގީން ކުރެވެއެވެ.

މީހުން ބުނާތީ އަޑު އަހެމެވެ. ބިރުވެރި ކަމެއް ދިމާވެއްޖެނަމަ ބިރި ގަންނަކަން ހާމަ ނުކުރާށެވެ. މިހެން ހިތާ، ފެންނަކަމަށްވެސް ނަހަދާ އިތުރައް އެދިމާލަށް ކަޅިވެސް ހިންގައި ނުލާ އަހަރެން ތެދުވެ ހިގައިގަތީ އަހަރެންގެ ރޫމާއި ދިމާލަށެވެ. ރޫމަށް ދިޔަ އިރުގައި އެންމެންވެސް ތިބީ ގަދަ ނިދީގައެވެ. އަހަރެން ހިތައްވެރިވެފައިވީ ބިރުވެރިކަން އޭރުވަނީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައެވެ.

އެހެން ކަމުން ހެނދުނު ޑިއުޓީ އޮތުމާއި އެކު އަހަރެންވެސް އަވަހަށް ނިދަން އަރާ އޮށޯވެލީމެވެ. މާ ގިނަ އިރުތަކެއް ނުވެ، އަހަރެންނަށް ނިދުނު ކަމުގައި ވީ ނަމަވެސް އެނިދިން އަހަރެން ހޭލައްވާލީ ކުރިން އަހަންނަށް ގޮވި އަޑުން އަނެއްކާވެސް އަހަންނަށް ގޮވާތީއެވެ. ބިރުން އޮވެ ނިދުމުން ހީވި ހީވުމަކަށް ހަދާލާފައި ބޯމަތީގައި ބާލިސް އަޅާލައިގެން އަހަރެން ނިދޭތޯ މަސައްކަތް ކުރީމެވެ. އެހެން ނަމަވެސް ކުރިއެކޭ އެއްގޮތަށް އަހަންނަށް އެމީހަކު ގޮވާ އަޑު މެދުކެޑުމެނެތި ސާފުކޮށް ދިޔައީ އިވެމުންނެވެ.

ބޯމަތީގައި އަޅާލާފައިއޮތް ބާލީސް ކުޑަކޮށް ހިއްލާލާފައި އަހަރެން ބަލާލީމެވެ. އަހަރެންގެ ކުރިމަތިން އަހަންނަށް ފެނުނީ ކަޅު ހިޔަންޏެކެވެ. ކުޑަ ކުއްޖެގެ ހިޔަންޏެވެ. އެވަގުތު ވީ ގޮތެއް ވެސް އަހަންނަކަށް ނޭގެއެވެ. އަހަރެން ހުރީ ބިރުން ގަނޑުވެފައެވެ. ދާހިއްލާ ފޯވެފައެވެ. ތެޅި ގަނެވުނީ ދުއްވައި ގަންނާށެވެ. އަދި ކިޔުނުހާ ހެޔޮއެއްޗެއް ކިޔާށެވެ. އެހެން ނަމަވެސް މިއިން އެއްވެސް ކަމެއް ނުވެގެން އުޅެނިކޮއް އަހަރެންގެ މޫނުމަތީގައި މީހަކު ބާރަތް އަތް އަޅައި ފިއްތާލިހެން ހީވިއެވެ. ރަނގަޅަށް ނޭވާ ނުލެވުނުތާ އަހަންނަށް ގުޑާވެސް ނުލެވުނެވެ. ދެން ވީގޮތެއް އަހްނަނަކަށްވެސް ނޭގެއެވެ.

އަހަންނަށް ހޭވެރިކަންވިއިރު މެންދުރުވެސް ވެއްޖެއެވެ. އަހަންނާއި ކުރިމަތިވީ ރޫހާނީ ކަމެއްކަން އެނގޭތީ ވަގުތުން ވަގުތަށް "އޮފް" ނަގައިގެން އަހަރެން ދިޔައީ މާލެއަށެވެ. އަދި މިފަދަ ކަންތައްތައް ދަންނަ، އާއިލީ ރަހުމަތްތެރިއަކާއި ބައްދަލުކޮށް އަހަންނާއި ކުރިމަތިވީ ކަންތައްތަކުގެ ވަހަކަ ހިއްސާކުރީމެވެ. އެރޭގައި ދިމާވި ކަންތައްތަކާއި ކުރިމަތިލާން ޖެހުނީ، މެންދަމުގެ އެވަގުތުގައި ގޮނޑުދޮށުގައި އަހަންނަށް ވަގުތު ހޭދަކުރެވުނު ގޮތުންކަން އޭނާގެ ވާހަކައިން އަހަންނަށް ސާފުވިއެވެ.

އަހަރެން އޭގެ ފަހުން ގޭމު ކުޅުމާއި ދުރުވީމެވެ. އެ ދުވަހުގެ ބިރުވެރިކަން ހިތަށް ވެރިވާތީއެވެ. އަދި އެ ރިސޯޓަށްވެސް އަނބުރާ ނުދާން ނިންމީ ދެން އެފަދަ ކަމަކާއި ކުރިމަތިލާން ބޭނުން ނުވާތީއެވެ. އޭގެ ފަހުންވެސް އަހަންނަށް ނިދީގައި އޮންނައިރު، އެރޭގައި ގޮވި އަޑުން އަހަންނަށް ކުޑަކުއްޖަކު ގޮވާއަޑު އިވެއެވެ.

ADS BY ASTERS

35 ކޮމެންޓް

  1. އޭނާ އެދުމުގެ މަތިން އަސްލު ނަމެއް ބޭނުމެއް ނުކުރަމޯ. ސުވާލަކީ ކޮންނަމެއްތޯ ބޭނުން ކުރީ؟

  2. ތީ އަހަރެންގެ ކަމެއް ނޫން............??

  3. މައްސަލައަކީ ގޭމެއް ނޫން. ރޭގަނޑު ދަންވަރު އަތިރިމަތީ ގޮނޑުދޮށުގަ އޮށޯވެ އޮތުމަކީ ކިހާވަރެއްގެ ކަމެއްކަން ވިސްނާލިނަމަ.........
    ނަމާދު ނުކޮށް ޤުރްޢާން ނުކިޔަވާ ލިބޭ ވަގުތުތަކުގަ ގޭމް ކުޅެފަ، ކަމެއްވީމަ ކުއްވެރި ކުރަނީ ގޭމް.
    އީމާންތެރިކަން ވަރުގަދަކޮށްބަލަ..............
    ދުނިޔޭގަ އުޅެނީ އަހަރެމެން އިންސާނުން އެކަންޏެއްނޫން.........

  4. ދެން އެއީ ގޭމްގެ މައްސަލައެއް ތަ؟

  5. ޖިންނި ރަމީ ކަންނޭގެ ތި ކުޅުނީ

  6. ފުރަތަމަ ލިޔެފައި އޮތީ ހަނާ އެޅި ވާހަކަ. ދެން އިނީ ކުރިން ގޮވި ހެން ގޮވިއްޔޭ.... ވާ އެއް ނުވާއެއް ނޭނގޭ ލިޔުމެށް......

  7. ހަމަ ރަނގަޅުވާނެދޯ ލިޔުންތެރިޔާ ކިޔާލިނަމަ ޕޯސްޓު ކޮށްލުމުގެ ކުރިން، ހަނަ އެޅުމަކުން އަޑެއް ނުގޮވާނެ

  8. ކައްޓަފުޅި

    ގޭމްގެ ވާސަން ޑައީ ކަމައް ވެދާނެ

  9. ކައްޓަފުޅި

    އެއީ ފޯނުގެ މައްސަލައެއް

  10. ކަލޯ ހުސް ފޭކު ތީ.....

  11. ޢުޅެވޭގޮތުން ހަމަ. މަމިހާރުވެސް ކުޅެން. ާތި ވާނީ ހަމަ އުޅެ ވޭގޮތުން...

  12. ތީގެ މައްސަލަ އަކީ ސައިތާނާގެ ބާހައް ހެއްލުން....... އަދި ގޭމް ކުޅެން އަތިރިއައް ދިޔުން....

  13. ަިަޒީވިއަން

    ގޭމް ކުޅެގެން ވީ ކަމެއް ނޫން.... ކަމެއް ކަމަކަށް ނަހަދާ އެގަޑީގަ އެތަނަށް ދިއުމުން ވީ ގޮތެއް... އަބަދުވެސް ނާމާން ތަނެއް އެއީ ...!! ސޯ ކީއްކުރަން ދިޔައީ..!!

  14. ނައިޓް ފޯލް

    މަގޭ ލައިފް ގެ ދެބައި ކުޅަ އެއްބައި ދަނީ ގޭމުގަ، އުމުރުން 31 އަހަރު ވީ، އިރާދަ ކުރީޔާ ނުވޭ ތިފަދަ ކަމެއް.... މައްސަލަ އަކީ ގޭމެއް ނޫން، މައްސަލަ އަކީ ގޭމު ކުޅޭ މީހާ ކަމަށް ބެލެވޭ ވަރަށް ބޮޑައް....

  15. ކޮަސް ގަމަރު

    ކުރުސި ކިޔަން ހަދަން ކުރެ

  16. ފީއަލީ މީހާ

    އަވަހައް ފަރުވާ ހޯދަން ފެނޭ.........

  17. ޑިޒްނީކާޓޫން

    ޖިން ރަމީއާ ތިކަމާ ހުރީ ކޮންގުޅުމެއް؟ ގުޅުވީމަ ގުޅުވޭނެ ކޮންމެކަމަކާވެސް... ނަމާދުން ފައިބައިގެން އަންނަނިކޮށް ވެސް އެބަހުރި ކަންކަން ދިމާވެފަ މީހުންނަށް

  18. އަހަރެންވެސ ގޭމް ކުޅުނިން 500 މިލިއަން އަށް އަރާފައިން މީހަކު ނުދެކެން ލޯކަލް އަކުން. މޮޅުވާހަކަ ނުދައްކާ ހުރޭ

    • ކަލޯ، މޮޅުއެއްޗެއް ލިޔެލީ ދޯ؟ ލޯކަލް ކިތަންމެ މީހުންނެ 1ބިލިއަންވެސް ހަމަކުރި.

    • ބްރޯ މާ އެނގިގަނެގެން ނޫޅޭ. ކިތަންމެ ބައެއް 5 މިލިއަން ހަދާ. ލޯކަލް ވެގެން ކަލެޔަށް ނެހެދުނަސް.

  19. މިހާދިސާ އަކީ ވަކި ޖިންރަމީ ކުޅެގެން ދިމާވި ކަމެއް ނޫން.... އެތަނުގައި އެގަޑީގައި ހަބަރު ކިޔަން އޮތަސް ވެދާނެފަދަ ކަމެއް....

  20. ކޮބާ ކަލޯ ހީވޭ ކަމެއްހެން ، އެއީ " ދެވި " ކަމަކާއި ދެވި ހިފީމަ އެ އަވަލާނީ !

  21. ހުދު ބުޅާ

    ރުޤްޔާ ކުރުން މުހިންމު ކަމައް ދެކެން

  22. ރޭގަނޑުގެ އެވަގުތުގައި އަތިރިމަތި އަމާން ނުވާނެކަން އޭނައަށް ނޭންގުނީމާ، އެއީދެން ބޮޑުވަރެއް. އަހަރެން ވެސް ތިބުނާ ގޭމް ކުޅެން. އެކަމަކު ގޭމް ކުޅޭށޭ ކިޔާފަ ފަރު ހިކިފައޮށްވާ ފަރުމައްޗަށް ނުދަން. ކޮންމެ ކަމަކުން ވެސް ހައްދުން ނެއްޓީމާ ނުވާން ހުންނަ ގޮތްވެސް ވަނެ.....

  23. އޯމައި ގޯޑް!! ދެން މިރޭ ނުވެސް ނިދޭނެ!! އާއާއާ! ސަމްބަޑީ ހެލްޕް މީ!!

  24. މިހާރު ކޮބާ ކިހިނެއްވަނީ

  25. ރޫހާނީ އެއްޗެއްސަކީ ވާއެއްޗެހި. އެއެއްޗެހިން ސަލާމަތްވާނެގޮތް އަހަރެމެންނަށްވަނީ އަންގަވާފައި. ސައިންޓިފިކް ނަޒަކުން ބަލާނަމަ، ރޭގަނޑު ގަސްގަހުގެ ދަށުގައި އޮތުމަކީ ރަނގަޅުކަމެއްނޫން. ވެދާނެ މިއީ ހެލޫސިނޭޝަނެއްކަމަށް. ސީއޯޓޫގެ ސަބަބުން.

  26. ފޭކު ވާހަކަ

    އަހަރެމެން 24 ގަޑި އިރުން 10 ގަޑި އިރު ނިދާފައި ދެން ަަވަޒީފާގައި ޑިޔުޓީ ކުރަމުން ވެސް ބާކީ އޮންނަ 14 ގަޑި އިރު އުޅެނީ ޖިންރަމީ ގައި. ޖިންނި އެއް ނުވަތަ އެހެން އެއްޗެއްވެސް ނާދޭ.

    • ޯިުުވިންދު

      10 ގަޑި ނިދަން، 14 ގަޑި ބާކީގައި ކުޅެން، ވަޒީފާ ވެން؟

    • ޑިއުޓީ ކުރަމުންވެސް އޯ

    • ނަމާދުކޮށް ގުރުއާން ކިޔަވާކަށް ވަގުތެއް ނޯވޭދޯ. ހަރާމް ގޭމެއް ކުޅެފަ އިރާދަކިޔަނީ. ގިޔާމަތްދުވަހު ވަގުތާމެދު ސުވާލު ވެވޭނެ. 14ގަޑިއިރު ހަޔާތުން އިސްރާފު ނުކުރައްވާ.31 އަހަރު ގޭމް ނުކުޅެ ޤުރުއާން ހިތުދަސްކުރިނަމަ..

  27. މޮޔަ ނުގޮވާ. ފޭކު ހަބަރު ނުފަތުރާ