އެމެރިކާގެ ވެރިރަށް ވޮޝިންޓަނުގެ ކައިރީގައި ހުންނަ އެޤައުމުގެ އަސްކަރިއްޔާގެ މެރިން ކޯގެ ބޭސް އަކަށް ފޮނުވި ގޮތް ނޭނގޭ ސިޓީއަކަށްފަހު ނުވަ ސިފައިންގެ މީހަކާއި އިތުރު ދެ މީހަކަށް ޞިއްޙީ މައްސަލަތަކެއް ކުރިމަތިވެއްޖެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި، މި ސިޓީ އެޑްރެސްކޮށްފައިވަނީ މުޅި ބޭސް އަށެވެ. އަދި، ސިޓީގައި ވަކި މީހެއްގެ ނަން ބަޔާންކޮށްފައެއްވެސް ނުވެއެވެ. އެތަނުގައި މަސައްކަތް ކުރާ ސާޖަންޓަކު ސިޓީ ހުޅުވިއިރު، ސިޓީ ފެނުނު އަދި ސިޓީ ކެނޑި ވަގުތު ކައިރީގައި ތިބި އެންމެނަށްވަނީ އޭގެ އަސަރުކޮށްފައެވެ.

އެމެރިކާގެ "އެންބީސީ" އިން ބުނެފައިވާ ގޮތުގައި ކުރިމަތިވި ޞިއްޙީ މައްސަލަތަކުގެ ތެރޭގައި ނޭފަތުން ލޭ އައުމާއި އަތް ހިރުވާ ކެހުން ހިމެނެއެވެ. އަދި، މިކަންތައްތައް އިތުރަށް ގޯސް، މުޅި އިމާރާތް ދޫކޮށް ރައްކާތެރި ތަނަކަށް ބަދަލުވާންވެސް ޖެހުނެވެ.

މިކަމާ ގުޅިގެން ޔޫއެސް މެރިންގެ މެރިން ކޯ އިން ބުނެފައިވަނީ މިކަން އެފްބީއައި އާއި އެންސީއައިއެސް އިން ގުޅިގެން ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކިންޖޮނއުން

    އެންތުރެކްސްގެ މަރުނުވާވައްތަރު..

  2. ހޫން ހޫން އަނެއްކާ ފޯލްސް ފްލެގް އަނަދަރ 911 ޑްރާމާ

  3. އެވީ ހަމަރަގަޅަށް އެމެރިކާގެ ޖާހިލުއްނަށް.