ކަޅު ކޮފީ އަކީ ބައެއް މީހުންނަށް އެބައެއްގެ ދުވަސް ފެށުމަށްޓަކައި ކޮންމެހެންވެސް މުހިންމު އެއްޗެކެވެ. ގިނަ މީހުން ކަޅު ކޮފީ ބޮނީ އެއީ މީހާގެ ނިދިފިލުވައިލާކަމަށް މަޝްހޫރުވެފައިވާ އެއްޗަކަށްވާތީއެވެ. އޭގެން ލިބޭ ފައިދާ އެނގިގެންނެއް ނޫނެވެ. ކަޅު ކޮފީ އަކީ ގިނަ މީހުން ހީކުރާ ގޮތާއި ޙިލާފަށް ހަށިގަނޑަށް އެތައް ފައިދާއެއް ކުރުވާ އެއްޗެކެވެ.

މިގޮތުން ކަޅު ކޮފީ އަކީ މީހާގެ ހަށިގަނޑުގެ މަސްގުޅަ ކެއުން ފަދަ ތަދުތައް އެންމެ ފަސޭހައިން ކަނޑުވައިދޭ އެކައްޗެވެ. ކަޅު ކޮފީ އަކީ އޭގައި ގިނަ އަދަދަކަށް ފައިބާ ވެސް ހިމެނޭ އެއްޗެކެވެ. މިފަދަ ކޮފީ ތަށްޓެއްގައި 1.8 ގްރާމްގެ ފައިބާ ހިމެނޭކަމަށް ދިރާސާކުރާ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. ކަޅު ކޮފީ އަކީ ގޮހޮރުގެ މައްސަލަތަކާއި ވެސް މީހާ ދުރުކޮށްދޭ އެއްޗެކެވެ. ގޮހޮރުގެ މައްސަލަތަކުގެ އިތުރުން ކަޅު ކޮފީއިން މީހާ ޑައިބިޓީޒްގެ ދެ ވަނަ ބާވަތާއި ވެސް ދުރުކޮށްދެއެވެ.

އުމުރުން ދުވަސްވާ ވަރަކަށް ކަޅު ކޮފީ ބުއިމުން ލިބޭ ފައިދާ އިތުރުވެއެވެ. މިގޮތުން އާންމުކޮށް އުމުރުން ދުވަސްވާ މީހުންނަށް ކުރިމަތިވާ ބައްޔެއްކަމުގައިވާ ހަނދާން ނެތުމުން ވެސް ކަޅު ކޮފީ ބުއިމުގެ ސަބަބުން މީހާ ދުރުކޮށްދެއެވެ. ކޮރެއާގެ ސައިންސްވެރިންގެ ޓީމަކުން ވަނީ ކަޅު ކޮފީ ބޯ މީހުންނަށް ހިތުގެ ބަލިތަކާއި ކުރިމަތިވާ މިންވަރު ދަށްކަމަށް ވެސް ހޯދައިފައެވެ. ހިތުގެ ބަލީގެ އިތުރުން ޕާކިންސަންސް ބަލިންވެސް ކަޅު ކޮފީގެ ސަބަބުން މީހާ ރައްކާތެރިކޮށްދޭކަމަށް ސްވިޑެންގެ ދިރާސާއަކުން ވަނީ ދައްކުވައިދީފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސައިނީ

    އިއްޔެ ބުނި ކަލުކޮފީ ނުބޯށޭ ކިރު ކެފީ ބޯށޭ ބޯހަލާކު

  2. ކަޕޫރުބެ

    ކުރީންބުނި އެއީ މޮޔައިން ބޯއެއްޗެކޭވެސް ދޯ