ކޮންމެ އިންސާނަކީ ކޮންމެވެސް ދުވަހަކުން މިދުނިޔެ ދޫކޮށް ދާއިމީ އާލަމަށް ދަތުރުކުރަން ޖެހޭނެ މީހެއްކަން ކަށަވަރެވެ. އެހެން ކަމުން މިދުނިޔޭގައި މި ހޭދަވާ މަދު ދުވަސްކޮޅުގައި  ހެޔޮ އަމަލުތަށް ކުރުން ގިނަ ކުރަން އެބަޖެހެއެވެ. ސަބަބަކީ ފުރާނަ ތިމާގެ ހަށިގަނޑާ ވަކިވާހިދު ތިބާ ކުޅަ ހެޔޮ ކަމެއް ފިޔަވައި އެހެން އެއްވެސް ކަމަކުން ތިމާއަށް އެއްވެސް މަންފާއެއް ނުކުރާނެތީއެވެ. އެހެންކަމުން ދުނިޔޭގައި މިއުޅޭ މަދު ދުވަސްކޮޅު ވަރަށް ގިނަ ކަންކަން ކުރުމަށް ސަމާލުކަންދޭން އެބަޖެހެއެވެ. އަދި ބައެއް ކަންކަން ކުރުމާއި ދުރުހެލިވާން އެބަޖެހެއެވެ.

ޤިޔާމަތް ދުވަހުން އެބަޔަކަށްޓަކައި ބަސްވަހީނުކުރައްވާ  ވޭންދެނިވި އަޒާބު ލިބިގެންދާނެ ހަ ބާވަތެއްގެ މީހުން ވެއެވެ. އެއީ:

  1. މުސްކުޅި ޢުމުރުގައި ޒިނޭކުރާ މީހާ

ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. "ثَلاَثَةٌ لاَ يُكَلِّمُهُمُ اللَّهُ يَوْمَ الْقِيَامَةِ وَلاَ يُزَكِّيهِمْ يَنْظُرُ إِلَيْهِمْ وَلَهُمْ عَذَابٌ أَلِيمٌ شَيْخٌ زَانٍ وَمَلِكٌ كَذَّابٌ وَعَائِلٌ مُسْتَكْبِرٌ" (رواه مسلم)

މާނައީ: މާތް ﷲ ޤިޔާމަތް ދުވަހު ތިން މީހަކާ ބަސްވަޙީނުކުރައްވާނެއެވެ. އަދި ޠާހިރު ނުކުރައްވާނެއެވެ. އަދި ވޭންދެނިވި ޢަޛާބު އެއުރެންނަށް ހުއްޓެވެ. (އެ ތިން މީހުންނަކީ) މުސްކުޅި ޙާލުގައި ޒިނޭކުރާމީހާއާއި ދޮގުވެރި ވެރިޔާއާއި އަދި ފަޤީރު ޙާލުގައި ކިބުރުވެރިވެ ބޮޑާވާމީހާއެވެ.

  1. ފަޤީރު ޙާލުގައި ބޮޑާވެ ކިބުރުވެރިވާ މީހާ

ޤިޔާމަތް ދުވަހު މާތް ﷲ ބަސްވަޙީނުކުރައްވާނޭ މީހުންގެ ތެރޭގައި ފަޤީރު ޙާލުގައި ބޮޑާވެގަންނަމީހާ ހިމެނެއެވެ. ދަލީލަކީ އިސްވެ ބަޔާންކުރެވުނު ޙަދީޘެވެ.

  1. ދޮގުހަދާ ރަސްކަލުން (ވެރިން)

ދޮދުހަދާ ރަސްކަލުން ހިމެނެނީ ޤިޔާމަތް ދުވަހު މާތް ﷲ ބަސްވަޙީނުކުރައްވާނޭ މީހުންގެ ތެރޭގައެވެ. ދަލީލަކީ އިސްވެ ބަޔާންކުރެވުނު ޙަދީޘެވެ.

  1. މީހުންނަށް އިޙުސާންތެރިވެފައި ކަލަގޮވާ މީހާ

މިއީވެސް ޤިޔާމަތް ދުވަހު މާތް ﷲ ބަސް ވަޙީ ނުކުރައްވާނޭ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ.

5-ތަނބިކަށިން ތިރިއަށް އިޒާރުގެ ފައިކުރި ތިރިކުރާ ފިރިހެނާ

‏ ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. "‏ ثَلاَثَةٌ لاَ يُكَلِّمُهُمُ اللَّهُ يَوْمَ الْقِيَامَةِ الْمَنَّانُ الَّذِي لاَ يُعْطِي شَيْئًا إِلاَّ مَنَّهُ وَالْمُنَفِّقُ سِلْعَتَهُ بِالْحَلِفِ الْفَاجِرِ وَالْمُسْبِلُ إِزَارَهُ" (رواه مسلم)

މާނައީ: "ޤިޔާމަތް ދުވަހު މާތް ﷲ ތިން މީހަކަށް ބަސްވަޙީނުކުރައްވާނެއެވެ. (ފުރަތަމައީ) ކަލަގޮވާމީހާއެވެ. ކަލަނުގޮވައި އޭނާ މީހަކަށް އެއްޗެއް ނުދޭނެއެވެ. އަދި (ދެވަނައީ) ދޮގުހުވާކޮށްގެން މުދާވިއްކާމީހާއެވެ. އަދި (ތިންވަނައީ) ތަނބިކަށްޓަށްވުރެ ތިރިއަށް އިޒާރުގެ(ތިރިން ލާ/އަންނަ ފޭރާމުގެ) ފައިކުރި ބަހައްޓާ ފިރިހެނާއެވެ."

6- ދޮގުހުވާކޮށްގެން މުދާވިއްކާ މީހާ 

ADS BY SHEESHA

ދޮގުހުވާކޮށްގެން މުދާވިއްކާ މީހާއަކީވެސް ޤިޔާމަތް ދުވަހު މާތް ﷲ ބަސް ވަޙީ ނުކުރައްވާނޭ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. ދަލީލަކީ އިސްވެ ބަޔާން ކުރެވުނު ހަދީޡްއެވެ.

ADS BY ASTERS

17 ކޮމެންޓް

  1. ނޫހަށް ނަސޭހަތެއް

    މި ކޮމެންޓު ޕަބުލިސްނުކުރިޔަސް އެންމެ ރަނގަޅު. އަޅުގަނޑު ބުނަންބޭނުންވަނީ ދީނީ މިފަދަ މައުޞޫޢުތަކާ އިދިކޮޅަށް ލިޔާ ކޮމެންޓުތަށް ޕަބުލިޝްނުކުރާށޭ. އެއީ އެމީހުންނަށް ދެވޭ ހިތްވަރެކޭ

  2. މަގު ފުރެދިފައިވާ ޝައިތާނުން ވެސް މި މުސްލިމް ގައުމުގައި އުޅޭކަން މިއިނގެނީ މި ނަޖުވާ މެންކަހަލަ މީހުން ކޮމެންޓް ކުރީމަތާ، ކަލޭ ރަގަޅުވާނީ ކަލޭގެ ފިކުރުގެ ގައުމަކަށް ދިޔައްޔާ

  3. މިނަޖްވާ އަކީ މަގުފުރެދިފައިވާ މީހެއް ، މީނާ އަށް ހެޔޮމަގު ދެއްކެވުމަށް އެދި ﷲ ގެ ހަޟްރަތުގައި ދުއާކުރަންވީ

  4. ވަގުތު އޮންލައިންގެ މިސާލަކީ އެއްއަތުން ފިރުމާލާފައި އަނެއް އަތުން ޕައްކިޔާފައި ވީއްލާލާ މީހެއްގެ މިސާލު. ދީނީ ރަނގަޅު ލިޔުންތައް ޕަބްލިޝްކޮށްފައި، އޭގެ ކޮމެންޓު ސެކްޝަނުގައި ދީނަށް ފުރައްސާރަކުރާ މީހުންގެ ކޮމެންޓުތައް.

  5. ކީކޭ ދެން އަޅެ ފަހެ ބުނާނީ! ކޮންތާކުން ދީން ކިޔަވައިގެން އުޅޭ ބައެއްތަ މީ މީހުން ބިރުގަންނަވަންވެގެން! ރަނގަޅު ޚުލްގް ހެޔޮ ލަފާދާރު މީހަކަށް ވާކަށް ތި ހުރިހާ ބިރުވެރި ކަމެެއް ދައްކާކަށް މިހާރު ބޭނުމެއް ނުވާނެ! އެއަށް ވުރެ އިންސާނާގެ ސިކުޑި ތަރައްޤީވެ، އަމިއްލަ އަށް ކަންކަމާ ވިސްނަން އެނގޭ މީހުންކައިރީގަ މި ކަހަލަ ވާހަކ ދެެއްކައިގެނެއް ކުރިއެއް ނުލިބޭނެ! ފިޔަރ އާ ރިވޯޑް ސިސްޓަމަކީ މީހުންގެ ވިސްނުން އެހެން ގޮތަކަށް ބަދަލު ކުރަން ނަފްސާނީ އިލްމްގެ ތެރޭންވެސް ބޭނުން ކޮށް އުޅޭ އުކުޅު ތަކެއް! މި ކަންކަމުން އަހަރުމެން އެބަ އިބްރަތް ލިބި ގަންނަން ޖެހޭ! ދެހާސް އަހަރަށް ވުރެ ގިނަވަނީ މިކަމަކާ ތަޅާފޮޅާ މީހުން މަރަމުން ދުވާތާ، ވީ ކަމެއް ވާ ކަމެއް ހަރާމް! ވިސްނާ ފިކުރުކުރަން ވެއްޖެ އެންނު! ކޮންމެހެން މީހުންގެ ވިސްނުމާ ފިކުރާ ޚިޔާލާތު ބަދަލު ކުރާކަށް ބިރުވެރިކަމާ ރިވޯޑް ސިސްޓަމެއް ބޭނުން ކުރާކަށް ނުޖެހޭ!

    • ކަލެޔަކީ ދީން ޤަބޫލުކުރާ މީހެއްހެން ހީއެއް ނުވެ. ތީ މަގުފުރެގިފައިވާ މީހެއް

    • ނަޖްވާ ކަލެއަށް ކަލޭގެ ގޮތް އަހަރަމެންނަށް އަހަރަމެންގެ ގޮތް. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ދިވެއްސަކަށް ވެވޭނީ ހަމަ އެކަނި މުސްލިމުން ކަމަށް އޮތްހާދުވަހު މިޤައުމުގައި ކަލޭމެންގެ ބޭނުމެއްނެތް. ވިލާތުތަކަރައަށް ވަޑައިގެން ވިލާތުސަރުބަތު ހިއްޕަވައިގެން އެކޮޅުގަ ދިރިއުޅެން ފެނޭ. އަހަރަމެންގް ދީން އަހަރަމެންޤެ ޤައުމު އަހަރަމެންނަށް. ޝުކުރިއްޔާ

    • ކަލޭ ތިޔަ ބިރުގަންނަނީ މީހަކުﷲ ގެ މަގަށް ރުޖޫޢަ ވެދާނެތީ ހެއްޔެވެ؟ އިންސާނާއަށް ގެއްލުމާއި ހަލާކު ވާނަ އެވާހަކަތައް ޤްރުއާނާއި ސުންނަތުގައި ނުވީހެވެ.

    • ބިރުން އުޅޭނީ އެގޮތްގޮތަށް އުޅެވޭތީދޯ

      އެކޮއި ދީން ކިޔެވީ ކޮންތާކުން؟

    • މީނާޔަށް ތެދުމަގު ދައްކަވާނދޭވެ.ހުރިހިތާމައެއްގެ ބޮޑުކަމާއެވެ

    • ނަޖްވާ ކަލޭ ބުނެބަލަ ދެން އިންސާނުން ދުނިޔެއަށް އައީ ނޭޗަރގެ ސަބަބުންނޯ ދެން ދުނިޔޭގަ އުޅޭނެގޮތަކަށް އުޅެފަ މަރުވެގެން ދާންވީޔޯ. އެހެން ކަމަށްވަނީނަމަ ދުނިޔެއަށް އައުމުގެ ކޮންމެވެސް ބޭނުމެއް އޮންނަންވަނެތާ؟ ކޮބާތަ އެބޭނުމަކީ؟

  6. އިބްރާހިމް ނުޢުމާން

    ޔަޢުނީ ރައީސް ޔާމިން، ރައީސް ނަޝީދުވެސް ދެއްތޯ؟

  7. ތަބިކައްޓަށްވުރެ ތިރިއަށް ބެހެއްޓުން ، މިބަސް ވަރަށް ރަގަޅަށް ތަރުޖަމާކޮށްދޭނެ ޝޭޚެއް ބޭނުންވޭ ، ކީއްވެގެންތޯ ، ކޮބާތޯ ﷲ އެގޮތަށް އެންގެވި ސަބަބު ، އޭގެ ގެއްލުން ، މިހުރިހާ ސުވާލުގެ ޖަވާބް ތަފްސީލް ކޮށް އެގެން އެބަޖެހޭ ، ޒިނޭކުރުމާއި ދޮގުހެދުމާއި ރާބުއިންފަދަ ކަންތައް ﷲ މަނާކުރެއްވި ނުވަތަ ހަރާންކުރެއްވި ސަބަބު ވަރަށް ހާމަކޮށް އެބައިގޭ އަދި ސައިންޓިފިކް ހޯދުންތަކުންވެސް އެކަމުގެ ހުރިގެއްލުމާއި ހަލާކް މިހާރު އެދަނީ ހާމަވަމުން ، ނަމަވެސް ފައިކުރި ... މިއީ ހަމަ ސުވާލު އުފެދޭ އޮޅުންފިލުވަން ބޭނުން ކަމެއް

    • އަލްމައިޝް. ތިކަހަލަ ކިތަންމެ ކަމެއް އެބަހުއްޓޭ. މިސާލަކަށް ކީއްވެތަ ފިރިހެނުންނަށް ރަން ބޭނުން ނުކުރެވެނީ. ކީއްވެތަ ނަމާދުގަ އައްތަހިިއްޔާތުގަ ޝަހާދަތް އިނގިލި ހިއްލުމުގެ ބޭނުމަކީ. ތިމާގެ ބުއްދިއަށް ނުވިސްނުން އެއީ އެކަމާ ސުވާލުއެފެދެންވީ ކަމެއްނޫން. ބަލަންވީ ސައްޙަ މަގުން އައިކަމެއްތޯ. ފައިކުރި ވާހަކައަކީ އެއީ ރަސޫލުﷲ ގެ ސައްޙަ ހަދީޘްފުޅެއް. އެހިސާބުން މުސްލިމަކު ސުވާލެއް ނުއުފައްދާނެ. ސުވާލުއުފެދެނީ ރަނގަޅަށް ދީން ނޭންގޭތީ. މިއީ އިމްތިހާނުގެ ގޮވައްޗެއް. ގޯހާ ރަނގަޅު ބަޔާންކޮށްދީ އެކަމަށް އިޖާބަދެނީ ކޮންބައެއްތޯބަލަން އަހަރުމެން ދުނިޔޭގަލެއްވީ. ކިޔަމަން ވަންޏާ ވާންވީ ނުވަންނާ ނުވުމެގެ އިޚްތިޔާރުވެސް އެއޮތީ ދީފަ. އަދި އެދެކަމުގެ ނަތީޖާވެސް އެއޮތީ ބަޔާންކޮށްދެއްވާފަ.

    • އެކަންކަން އެ އިނގުނީ އޭގެ 1400 އަހަރު ފަހުނެއްނު. އެހެންވީމަ ފައިކުރިދިގުކުރުންq ހަރާމް ކުރި ސަބަބު އިނގޭނެ

    • ފިރިހެނުން ގެ ތެރެއިން ކިޔަމަން ތެރިވަނީ ކޮންބައެއްތޯ ބެލުމަށް އިމްތިޙާނަކަށްވެސް ވެދާނެ.