ދެމަފިރިއަކު އެކުގައި ދިރިއުޅުމެއް ފަށާ ވަކި ހިސާބަކުން ދެމަފިރިން ވަކިވާ ހިސާބަށް ކަންތައްތައް ދާނީ ޔަގީނުން ވެސް ދެމީހުންގެ ތެރެއިން ކޮންމެ މީހަކަށް ވެސް ގޯސްތަކެއް ހެދިގެންނެވެ. ބައެއް ފަހަރު ހެދޭ ގޯސްތަކަކީ އަމިއްލަ އަށް އެއީ ގޯހެއް ކަން ނޭނގި ހެދޭ ގޯސްތަކެވެ. އެހެންކަމުން އަހަރެން މިލިޔުމުގައި މިކިޔައިދެނީ ބައެއް ފިރިހެނުންނަށް މިގޮތުން ހެދޭ ބައެއް ގޯސްތަކެވެ.

ޝައުގުވެރިކަން ނެތުން

އަނބިމީހާ ވާހަކައެއް ދެއްކި ނަމަވެސް ނުވަތަ އޭނާ ކުރާ ކަމަކަށް ވެސް މާބޮޑު ޝައުގުވެރިކަމެއް ނުހުންނަ ހިސާބަށް ބައެއް ފަހަރު ފިރިހެންގެ ކަންތައްދެއެވެ. ގިނަ ފަހަރަށް އެހެން ވަނީ ކައިވެންޏަށް ގިނަ ދުވަސް ވުމުންނެވެ. ނަމަވެސް އަނބިމީހާ އަށް ޝައުގުވެރިކަން ނުދޭނަމަ އޭނާ ވެސް ފިރިމީހާ މަތިން ފޫހިވެ ދެމީހުންގެ ދެމެދުގައި ނުފެންނަ ފާރެއް ރޭނި އެންމެ ފަހުން ދެމީހުން ވަކިވާ ހިސާބަށް ކަންތައްތައް ދާނެއެވެ.

ހާއްސަ ސަމާލުކަމެއް ނުދިނުން

ދެމަފިރިން އެކުގައި ހަފްލާތަކަށް، ޕާޓީތަކަށް، އާއިލާ މެންބަރެއް ނުވަތަ ރަހުމަތްތެރިއެއްގެ ގެއަށް ވެސް ޒިޔާރަތް ކުރާނެއެވެ. ނަމަވެސް މިއިން އެއްވެސް ޒިޔާރަތެއްގައި އެތަނަކަށް ދެމަފިރިން އެކުގައި ދިއުން ފިޔަވައި ދެން އިތުރު އެއްވެސް ސަމާލުކަމެއް އަނބިމީހާ އަށް ނުދީ ފިރިމީހާ ވާހަކަ ދައްކާނެ ބަޔަކާއި ވާހަކަ ދައްކާ އުޅޭނެ ގޮތައް އުޅެ އަނބިމީހާ މަތިން ހަނދާން ނައްތާލާ ނަމަ އޭނާ އަށް އޭނާ އޭނާގެ ހާއްސަ ކަމެއް އިހްސާސްއެއް ނުވާނެއެވެ. އަދި މަންޒަރު ފެންނަ މީހުން ވެސް ތިގުޅުމާއި މެދު ސުވާލު އުފައްދާނެއެވެ. އެއީ ފިރިން ހަދާ ގޯހެކެވެ.

އިސްކަން ނުދިނުން

ރަހުމަތްތެރިންނަކީ ދިރިއުޅުމުގެ ވަރަށް މުހިންމު ބައެކެވެ. ނަމަވެސް އަނބިމީހާގެ ކަންތައްތަކަށް ވުރެ ހުރިހާ ފަަހަރެއްގައި، ހުރިހާ ވަގުތަކު ރަހުމަތްތެރިންގެ ކަންތައް އިސްކުރާކަށް ނުޖެހޭނެއެވެ. އަނބިމީހާ އަށް ދޭން ޖެހޭ ވަގުތު ރަހުމަތްތެރިންނަށް ދޭނަމަ އެއީ ގޯހެކެވެ.

ދޮގު ހެދުން

ބައެއް ފަހަރު މާބޮޑު ކަމަކަށް ނުވާ ކަންކަމުގައި ބައެއް މީހުން ދޮގު ހަދައެވެ. އެދޮގު ހެދުމުން މާބޮޑު ގެއްލުމެއް ފެންނަ ފެނުމަށް ނުލިބި ހިނގައިދާނެއެވެ. ނަމަވެސް އެފަދަ ކޮންމެ ދޮގެއް ވެސް ބޭޒަރުވާ ކޮންމެ ފަހަރަކީ އަނބިމީހާގެ އިތުބާރުގެ ޕަސެންޓޭޖުން ފިރިމީހާ އަށް ޕޮއިންޓް ކެނޑެމުންދާނެ ކަމެއްކަން ހަނދާން ކުރާށެވެ.

އަމިއްލަ އެދުން ބޮޑުވުން

ބާއްޖަވެރި ކައިވެންޏެއް ފުރިހަމަ ވުމަށްޓަކައި ކޮންމެ މީހަކު ވެސް އަނެކާއަށް ދޫދޭން ޖެހޭނެއެވެ. ކޮންމެ ފަހަރަކު ކޮންމެ ކަމެއް ނިމެން ޖެހޭނީ ފިރިމީހާ ބޭނުންވާ ގޮތައް ކަމަށް ހީވާނަމަ އެއީ ގޯހެކެވެ. އެގޯސް ތަކުރާރު ކުރާނަމަ ތިގުޅުން މާގިނަ ދުވަހު ދެމިއޮވެދާނެ ކަމާއި މެދު ޝައްކެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޖަންނަތު

  މީ އާންމުކޮށް ހިނގާ ކަމެއް

 2. ޢަބޫ ނިޝްޥާން

  އެއްފަރާތަކަށް ބުރަވެ ލިެފައިވާ ލިއުމެއް ކަމަށް ޤަބޫލްކުރެވެނީ

  1
  2
 3. ހުސޭނު

  ތިއިންއެއްވެސްކަމެއް ދިމަލެއްނުވާ. ތީ ހުސް އަންހެނެއްގެ ސިނކުޑިން ފެންނަ ކަންތައްތައް ޚާއްޞަކޮށް ތިބޭފުޅާއަށް. އަންހެން މީހާގެ އެއްވެސް ގޯސްކަމެއް އަދި އުނިސިފައެއްނެތް. ބަލަގަ ބައެއް އަންހެނުން ފިރިމީހާއަށްނުކުރާ އިހުތިރާމް ހިލޭ ފިރިހެނުންނަށްކުރޭ ކާންދޭ ބޯންދޭ އަދި ..ދޭ

  2
  4
 4. ހެހެ

  ޓޯޓަލީ ޓްރޫ

 5. ފާތުން

  ތިހުރިހާ ކަމެއް އަހަރެންގެ ފިރިމީހާ ގައިގަ ހުންނާތީ ފޫހިން މަރުވާ ވަރުވޭ

  • ލޮލް

   ދެން ފޫހި ނުވެ ވަރިވޭ

   2
   2
 6. ޒަން

  އެންމެ މުހިންމު ޕޮއިންޓު ނުހިމެނީމަ ވ.ދެރަވެއްޖެ..ހިސާބަށްވުރެ އަންހެނުން ހިތިވުން..

 7. ދަންނަ ނުދަންނަ

  ދެ ލިޔެލަބަަލަ އަނބިން ހަދާ ގޯހާ ބެހޭ ލިޔުމެއް. އަޅާކިޔާލަން އޭރަށް އިނގޭނީ.

  3
  3