ގޭގެ ކަރަންޓް ބިލް ދައްކަން ޖެހޭ ކަމަށް ބުނެ އަންހެނަކު އޭނާގެ ދެ ދަރިން ލައްވާ ހަށިވިއްކުވަމުންދާ މައްސަލައެއް ފެންމަތި ވެއްޖެއެވެ.

އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި، އެ އަންހެން މީހާ އޭނާގެ ދެ ދަރިން ކައިރީގައި ބުނީ، 50000 ރުޕީސްގެ ކަރަންޓް ބިލެއް އޭނާ ދައްކަން ޖެހޭ ކަމަށާއި، އެއަށް ފައިސާ ހޯދަން މީހުންނާއި ޖިންސީ ގުޅުން ހިންގުމަށެވެ.

މި އަންހެން މީހާ ހައްޔަރުކުރީ، ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. ފުލުހުންގެ ޓީމަކަށް ލިބުނު މައުލޫމާތެއްގައި އަލީގައި ފެށި އެ އޮޕަރޭޝަންގައި މިހާރު އެ އަންހެން މީހާ ހުރީ ފުލުހުންގެ ހައްޔަރުގައެވެ. އެ އަންހެން މީހާއަކީ ދަރިންނާއި އަދި އެހެން މީހުން ލައްވާ ހަށިވިއްކުވައިގެން ފައިސާ ހޯދަމުންދާ އަންހެނެކެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އަންހެން މީހާ ހައްޔަރުކުރުމަށް ހެދި ޕްލޭނެއްގެ ތެރެއިން އެ އަންހެން މީހާއަށް ގުޅާ ވަނީ އަންހެން ކުދިންތަކެއް ޖިންސީ ގުޅުން ހިންގަން ބޭނުންވާކަމަށް ބުނެފައެވެ. އެ ފިރިހެން މީހާ (ފުލުސް މީހާ)ގެ އެދުމުގެ މަތިން އޭނާ ހަތަރު އަންހެން ކުދިން ހޯދައިދޭނެ ކަމަށް ބުނެފައެވެ. އަދި އަގަކީ 50000 ރުޕީސްކަމަށްވެސް ވަނީ ބުނެފައެވެ. އެންމެ ފަހުން ވާހަކަދައްކާ އެ އަގު 40000 ރުފީސްއަށް ވަނީ ދަށްކޮށްފައެވެ.

މިގޮތަށް ވާހަކަދެކެވުމަށްފަހު މި މީހުން ބައްދަލު ކުރަން ނިންމީ ހޮޓަލަކުންނެވެ. މި އަންހެން މީހާ އެ ހޮޓަލަށް ދިޔައީ ދެ ދަރިން ގޮވައިގެންނެވެ. އެ ހޮޓަލަށް ދިޔައިރު، އެ މީހާ ހުރީީ އާދައިގެ ހެދުމުގައެވެ. އެ އަންހެން މީހާ ވަނީ އޭނާގެ ދެ ދަރިން އެ މީހާއާ ހަވާލުކޮށްފައެވެ، އަދި އެޑްވާންސް ފައިސާގެ ގޮތުގައި، 10000 އަތުލަން އުޅެނިކޮށް ހުރިހާ ކަމެއް ވަނީ ފަޅާއަރުވާލާފައެވެ.

ވަގުތުން ދެ ދަރިންނާއި އޭނާ ފުލުހުންނަށް ހާޒިރުކޮށް ބަޔާންނެގިއިރު، އޭނާގެ ދެ ދަރިން ވަނީ އެ މީހުން ލައްވާ ޖިންސީ ގުޅުން ހިންގުވަނީ ގޭގެ ކަރަންޓްބިލެއް ދައްކަންކަމަށް ބުނެފައިވާކަަމަށް ބުނެފައެވެ. އަދި މަންމައަކީ އިތުރު ބަޔަކާއި ގުޅުވައިގެން ހަށިވިއްކުވައިގެން ފައިސާ ހޯދާ މީހެއްކަމަށްވެސް އޭނާގެ ދަރިން ވަނީ ބުނެފައެވެ.

އޭނާ އެހެން މީހުން ގާތުގައި ބުނަނީ އޭނާއަކީ ކޭޓަރިންގ ބިޒްނަސް ކުރާ މީހެއްކަމަށެވެ. އަދި އޭނާގެ ދަރިން އެކި ތަންތަނަށް މަސައްކަތް ކުރުވަން ފޮނުވާކަމަށް އެ އަންހެން މީހާ މީހުން ކައިރީ ބުނެ އުޅޭކަމަށް ވެއެވެ.

މި މައްސަލައާ ގުޅިގެން އަންހެން މީހާގެ ފިރިމީހާގެ އަތެއް ވޭތޯ ފުލުހުން ބެލިއެވެ. ނަމަވެސް އެއީ އެ ފިިރިހެން މީހާވެސް މާ ހިތްއެދޭކަމެއް ނޫންކަމަށް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އޭނަ އަމިއްލަޔަށް ހަށި ވިއްކިނަމަ މާތާހިރުވީހެއްނު!

  2. ކޮބާ ތަމެން ރަންރީނދޫ ޓްވިޓަރޭ މެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

  3. ރެއާއި ދުވާލު ހަށިވިއްކާ އަދި ގަތުމުގެ ސިއްރި