ބޮޑު މުސާރައެއް ލިބޭ އަންހެނަކާއި ކައިވެނި ކުރަން ބޭނުން ވެގެން ދިވެހި ފިރިހެނަކު ފޭސްބުކްގައި އިއުލާނެއް ކޮށްފިއެވެ.

ކައިވެނި ކުރާނެ މީހުން ހޯދުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރާ ފޭސްބުކް ޕޭޖެއް ކަމަށްވާ "ކައިވެނި ޕޭޖް" ގައި ކޮށްފައިވާ އިއުލާނަށް މިހާރު ވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައެވެ.

އެއިއުލާނުގައި ބުނެފައި ވަނީ އޭނާގެ އުމުރަކީ 22 އަހަރު ކަމަށެވެ. އޭނާ އަކީ ގއ.ވިލިނގިލީ ފިރިހެނެއް ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ. ވަޒީފާ އަދާކުރަނީ ސްޓެލްކޯގައި ކަމަށާއި އޯލެވެލް އާއި ހަމައަށް ކިޔަވާފައިވާ ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.

އިއުލާނުގައި ބުނެފައިވާ ގޮތުގައި އޭނާ ކައިވެނި ކުރަން ބޭނުންވާ އަންހެން މީހާގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި 30 އަހަރަށްވުރެ ދޮށި ނޫން އަންހެނަކަށް ވުމާއި، މަދުވެގެން މަހަކު 25000 ރުފިޔާ ލިބޭ މީހަކަށްވުން ހިމެނެއެވެ. އޭގެ އިތުރުން "އުފަލުގައި އަހަރެން ގެންގުޅެވޭނެ މީހަކަށްވުން" ވެސް އެއީ ޝަރުތެއް ކަމަށް އިއުލާނުގައި ލިޔެފައި ވެއެވެ.

ކައިވެނި ކުރާނެ އަންހެނަކު ހޯދަން ފިރިހެނަކު ކުރި އިއުލާނަށް ކޮމެންޓް ކުރި ބައެއް މީހުން ވަނީ ފިރިހެން މީހާގެ ޝަރުތުތަކާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ކޮމެންޓް ކުރި ބައެއް މީހުން ބުނި ގޮތުގައި ފިރިހެން މީހާ އުޅެނީ ފައިސާގެ ދަހިވެތިކަމުގައެވެ. "ޝަރުތުތައް ކަނޑައަޅާފައި މިވަނީ މާބޮޑަށް ޅަސިކުނޑިއަކުން. މިއީ ރަނގަޅު ބައިވެރިޔަކު ލިބޭނެ ގޮތެއް ނޫން." އެކަކު ކުރި ކޮމެންޓެއްގައި ބުނެފައި ވެއެވެ.

ކައިވެނި ކުރާނެ މީހުން ހޯދަން ފޭސްބުކްގައި އިއުލާން ކުރުމަކީ ރާއްޖޭގައި ވެސް މިހާރު ވަރަށް އާއްމު ކަމެކެވެ. ކައިވެނި ކުރާނެ މީހަކު ހޯދަން ކުރި މިފަދަ ބައެއް އިއުލާންތަކުގައި ހުންނަ ޝަރުތުތަކުގެ ސަބަބުން މީގެ ކުރިން ވެސް ބައެއް އިއުލާންތައް ވަރަށް ބޮޑަށް ވައިރަލް ވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. އާއްމު މީހާ

    އިސްލާމްދީނުގައި އަނބި/ދަރީންގެ ބެލެހެއްޓުމަކީ ފިރިމީހާ/ބައްޕަގެ މަސްއޫލިއްޔަތެއް. އެހެން ދީންތަކުގައިވެސް އޮންނަނީ އެހެން. އަދި މުޅި ދުނިޔެވެސް ގަބޫލުކުރަނީ އެގޮތަށް. ހިންދީ ފިލްމުގައި އިންނަން އުޅޭ ފިރިހެން ކުއްޖާ ބުނޭ "މޭ އާޕްކޭ ބޭޓީކޫ ޚޫޝް ރަކޫނގާ." އަނެއްކާ މިއީ ޢިލްމާނީ އައު ގޮތެއްބާ! ތިކުއްޖާ ތިއޮތީ އަންހެން ކުއްޖަކު ހުށަހަޅާނެ ހުށަހެޅުން ހުށަހަޅާފަކަމަށް ފެންނަނީ.

    34
    1
  2. ަްްއަނގަ

    ރަިއްޔިތުންގެ މަޖިލީހުން ހުއްސެރިބައި އަންހެނެއް ހޯދަންވީނު

    45
  3. ނައި

    ދޮންކަލޯ. މުސްލިމުންނަކީ ކައިވެނި ކުރެވޭ މީހާގެ ތަޤްވާވެރިކަމަށް ބަލައިގެން ކައިވެނި ކުރަންޖެހޭ ބައެއް. ހަދީޘް ބަސްފުޅުގައި އޮތީ ދީންވެރިކަމާއި އަޚްލާޤަށް ބެލުމަށް. ހަމަ އެ ޙަދީޘް ބަސްފުޅުގައި އޮތީ އެކަން އެގޮތަށް ނުކޮށްފިނަމަ އުފެދޭނީ ފިތުނަޔާއި ޙަސަދަ ކަން. ނަމަވެސް މިއަދު ގިނަ މީހުން އެ ޙަދީޘް ބަސްފުޅު އަޑުއަހާކަށް ބޭނުމެއް ނުވޭ.
    ބޭނުންވަނީ ﷲ އާއި އެކަލާނގެ ރަސޫލާ އެ އިލާހުގެ ޙަޟްރަތުން ވަކި ގޮތެކަށް އަމުރު ކުރައްވާފައި ވަނިކޮށް ތިމާ ގެ ހަވާ ނަފްސުގެ އެދުންތަކަށް ތަބާވުން....

    46
    1
    • އަބްދުއްލަޠީފު

      މިހާރު އުޅޭ ގިނަ އަންހެނުންވެސް ބޭނުމެއްނުވޭ އަޚުލާގާ ސުލޫކު ހުރި ދީންވެރި ފިހެނަކާ އިންނާކަށް. ހިތާވަނީ ފޮޓޯގަނޑު ދެކެ. ފޮޓޯ ރީތި ސާރިދޯޅަކަސް ދެން އެހިސާބުން އޭތި މަޑު މުސަޅަކަށްވެސް ހަދާނެ. އެކަހަލަ ބޯ ބީތާވެފަތިބޭ ޒުވާން އަންހެނުން ފުރާވަރުގެ %90 އަކީ، ސޫރަ ރީތި ތަނަވަސް ނަމާދުނުކުރާ ފިރިހެނަކަސް އޯކޭވަނީ ގިނަ އަންހެނުންނަށް. މުއްސަނދީން ހޯދަން އިސްލާމީ ހިޖާބުވެސް ބައެއް އަންހެންކުދިން ބޭނުންކުރޭ. މީހަކަށްހީވާނެ ފެންނަ އިރަށް ނިކަން ދީންވެރިކަމަށް. އަސްލު ދީންވެރި އަންހެނުން އުޅޭތީވެ މިހެންވެސް ވަނީ. ބައެއް އަންހެންކުދިން ބޭރުފުށުން ދީންވެރިގޮތް ދައްކައިގެން ޒުވާންކަމުގެ ފައިދާ ދުނިޔެވީ ބޭނުަމަށްޓަކާ ހޯދާކަމީ ހަމަ ޙަގީގަތެއް. އަތުންހިފާ ލޮލުންދެކެފަ މިބުނީ.

      4
      1
  4. ކޮސް

    މިހާރު މިތިބެނީ ފިރިހެނުން....ބޯ ހަލާކު ??? އަތުން ފައިން މަސައްކަތެއް ނުކޮށް، އަންހެނުން ލާރި ހޯދީމަ އެ ބުރުވާލާފަ .....ކުރީން އުޅޭ ކަހަލަ ހަރުދަނާ ފިރިހެނުން މިހާރު ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ ?

    64
    2
  5. ????

    އަހަރެން މީ މަހަކު 300000 ރުފިޔާ ލިބޭ 27 އަހަރުގެ ފިރިހެނެއް . އަހަރެން ނާއި އިންނަން ވީއެއްނުން ??????

    45
    2
  6. ސަހަރޯ

    އިސްލާމް ދީނުގައި އޮންނަނީ ފިރިމީހާ އަނބިމީހާ އަށް ޙަރަދުކުރަން. އަނބިމީހާ ފިރިމީހާއަށް ޙަރަދުކުރާކަށް ނޫން. ގުރޭޱް 10 ނިއްމިއިރު މިވަރު ނޭންގުނީތީ ހައިރާން ވަމެވެ.

    57
  7. ޢަޒްރާ

    ކައިވެނީގެ ޝަރުތު ތަކުގެ ފުރަތަމ ޝަރުތަކީ އަންހެނާގެ ދީންވެރިކަން ޙަސަބާ ނަސަބުގެ ގޮތުން ދެން އެމިހެއްގެ ތަނވަސް ކަމަށް ބަލާނީ ތި މިހާ ތީ އަމިއްލައެދުމުނ ފޯވެފަވަ މީހެއް

    40
  8. އފ

    ރީތިކޮށް ކަމެއްނުކޮށް އަންހެން ކުއްޖާ ލާރި ކޮޅު ކާން ތިއުޅެނީ

    50
  9. އިޒްއިޓް

    އިންސާނާ ދުނިޔެ އަށް އުފަން ވެފައިވަނީ އަމިއްލަ މަސައްކަތުން ދުނިޔޭގައި ބުރަ ކޮށް އުޅެމުން ދުނިޔެ ބިނާ ކުރުމަށޭ މަމެން ވެސް 20 އަހަރުގައި މުސާރަ އަށް ނުލިބޭ ސަރުކާރުގައި އުޅުނު އިރު 2 ހާސް ރުފިޔާ ވެސް އެކަމަކު ރަސްމީ ގަޑި ނިމުމުން އަމިއްލަ މަސައްކަތް ކޮށްގެން މަހަކު 2 ހާސް ރުފިޔާގެ ބަދަލުގައި 90 ގެ ކުރީ ކޮޅު ގައި މަހަކު 8 ހާސް ރުފިޔާ އެވްރެޖް ކޮށް ހޯދަނީ އެއީ ބުރަ ކޮށް މަސައްކަތް ކޮށްގެންނޭ މެންދުރު ގެއަށް އައިސް ހެދުން ބަދަލު ކޮށްގެން ނުވެސް ކައި އެނައްޓާލަނީ މަސައްކަތު ގްރޫޕް ގޮވައިގެން ދެން ގޮސް 3 ޖަހާއިރު މަސައްކަތް ފަށާ ގޮތަށް ނިންމަނީ މެންދަމު 12 ޖަހާއިރު ނިންމާލަނީ ހުކުރެއް ހޮނިިހިރެއް އީދު ބަންދެއް އަތުވެއްޖެނަމަ ހެދުނު 8 އިން ފެށިގެން ރޭގަނޑު 12 ޖަހަން ދެން މަސައްކަތް ކުރަނީ އެގޮތަށް މަސައްކަތް ކޮށްގެން އާމްދަނީ އިތުރު ކޮށްގެން އާމްދަނީ ރައްކާ ކޮށްގެން އަދި ބިޓު ގޮވައިގެން މަހަކު އެއް ފަހަރު ކްއެންޗަށް އަދި ޑައުންޓައުނަށް ދަނީ އަމިއްލަ އަށް ޚަރަދު ކުރަނީ ވެސް މީ ފިރިހެނުން އުޅެން ޖެހޭ ގޮތަކީ ބިޓަށް ވެސް ޚަރަދުކުރަނީ މަމެން ބިޓަށް ޕޮކެޓް މަނީ އަށް މަހަކު 500 ރުފިޔާ ދިނުމާއި އަދި ރެލީ ޝޮޕަރ ބައިސްކަލް ގަނެދިނުމާއި މިފަދަ ކަންކަން ކުރަނީ މަމެން މީ ފިރިހެނުން ކުރަން ޖެހޭނެ ކަންކަން އެއިރުން އަންހެން ކުއްޖާގެ މައިންބަފައިން ވެސް ފިރިހެން ކުއްޖާ ދެކެ ލޯބިވާނީ މަމެން 5 އަހަރު ރަށްޓެހިވެގެން އުޅުނު ބިޓާއި ނުއިނދެވުނު ނަމަވެސް މިހާރުވެސް އެބިޓް މަމެން ފެނިއްޖެނަމަ ހުއްޓިލާ ހާލު އަހާލާ އަދި އެމެން ގޯއްޗަށް ކެއުމަށް ދާން ދައުވަތުވެސް ދެއޭ އަދި ބިޓްގެ މައިންބަފައިން ނަށް މާލޭގެ މަގުމަތިން ފެނިއްޖެނަމަ އަމަށަކު ލޯތްބެއް ނޫން ވަނީ ހާލު އަހާލާ ކަމެއް ބޭނުންވެއްޖެނަމަ ނުބުނެ ނުހުންނަން އަދި އެމެންގެ ގޯއްޗަށް ކާން އެއް ދުވަހު ނަމަވެސް އަންނަން ދައުވަތު ދެނީ އެއީ އެމެންނަށް އިނގޭނެ ފުދިގެން އުޅޭ ފިރިހެނެއް ކަން މީ ފިރިހެންވަންތަ ކަމަކީ.

    34
    3
  10. ނަލަގޮމާ

    ކަލެއާއި އިންނާނެ މީހަކު ނުވާނެ. ކަލޭ ތިއުޅެނީ ފައިސާއާއި ހެދީ ހޭބަލިވެގެން. ކަލޭ އިންނަން ތިއުޅެނީ ފައިސާއާއި.

    44
  11. ދިސްވޭ

    ފިރިހެނުން މުއްސަނދި އަންހެނުންނާައި މަތިން ބައިން ޖެހިގެން އިނުން އެއީ ފިރިހެން ވަންތަ ގޮތެއް ނޫނޭ އަދި އެއީ އެއް ނޫނޭ ދީނުގައި ފިރިހެނުން ދުނިޔެ އަށް ފޮނުއްވި ބޭނުމަކީ...

    31
  12. ނުވާނެއޭ

    ރާއްޖެތެރޭ މީހުންގެ އެއް ހިއްސު މަދު ކަމުގެ ދަލީލު ތަކޭ މިފެނިގެން ދަނީ ސަރުކާރުން މަރުފަލި ޖަހައިގެން ރާއްޖެތެރެ ތަރައްގީ ކުރި ނަމަވެސް އެމެން މެންޓަލީ ތަރައްގީ ނުވާނަމަ ތަރައްގީ ނުވާނެއޭ މާލެ ސަރަހައްދަށް ރާއްޖޭގެ އާބާދީގެ %99 ބަދަލު ނުކޮށް މިފަދަ ކަންކަން ރަނގަޅު ނުވާނެއޭ...

    5
    20
  13. ދުރޫސުލްއަޚުލާގު

    މިވާނީ ވަރަށް ތެދުވެރި އިންސިއަކަށް. %99.999 އަކީ ނޫންކަމަށް ދައްކައިގެންއުޅޭ ފައިސާގެ އަޅުން.

    6
    4
  14. ޑަރޭ

    އަހަ ރެމެން އަންހެނުން ބާ ރުވެ ރިކު ރާތާ އަހަ ރުރތަކެއްވެއްޖެ ވީމާ މިހާ ރު ވަޒީފާވެސް އަދި ލާ ރިވެސް ހުންނާނީ އަންހެނުންގެ. ފި ރިހެނުން ތިބޭނެ ކަންމަތީގަ އާވާ ރާވެފަ. ...ވީމާ ވާނެ ގޮތް މިފެންނަނީ.

    11
    5
  15. ގަބުޅި ބޯކީބަ

    ކައިވެއިނި ކުރަން ބޭނުންވާ އަންހެނުންވެސް ކައިވެނި ޕޭޖްގައި ކޮއްފައި ހުންނަ ސަރުތުތައްވެސް ރަންގަޅަށް ކިޔާލުމަށްފަހު ކޮމެންޓް ކޮއްލާނަމަ ރަނގަޅުވާނެވެ. އިންނަން ބޭނުންވާ ފިރެހެން ސޮރުގެ ސަރުތު. 01 އުމުރު 20 40 އަހަރަ ދެމެދު މީހަކަ އިންދެ ވަރިވެފައި ނުވަތަ ކައިވެނި ނުކޮއް ހުރުން. ދަރިޔަކު ނެތުން. 2. ރަންގަޅު ވަޒީފައެއްގަ އުޅޭ މަހަކު 30000 ހާސް ރުފިޔާ ލިބޭ ރަނގަޅު މީހަކަށް ވަންވަނެވެ. ކައިވެނި ކޮއްގެން އުޅެންވާނި މާލެ. ވިލިމާލެ .ހުޅުމާލެ............ އަންހެން މީހަ އެހެން މީހަކަ އިންދެގެން 3 ދަރިން އެބަތިބި އުލެނި ރަށުގައި ..............

    13
    4
  16. ާރާއްޖެތެރޭމީހާ

    ލާރިއަށްދަހިވެތިވެފާހުރިމީހެއްކަންސާބިތުވޭ

    4
    1
  17. މަޖުބޫރީހާލަތް

    މީގަނެތް މައްސަލައެއް އެމީހާގެ ހިޔާލު އެހު ރީ 22 އަހަ ރު ޅަކުއްޖެއް ހޯދަންބޭނުންވާ ފައިސާހު ރި އަންހެނަކައް މިއޮތީ ފު ރުސަތު މިހާ ރު ނިކަމެތި ވަނީ ފި ރިމީހާ އަންހެނުންގެ ހައްގު މާބޮޑު ވީމާ މިގޮތް މިހާ ރު ރަނގަޅު

  18. އެއްކަލަ ގޮލާ

    ވެލް ވެލް ވެލް. ކޮބާތަ ހުރިހާ ފެމިނިސްޓުން؟ އެ ސޮރު ހިފައި ހައްޔަރު ކުރަން ގޮވާލާ ގަރާރުނެރެ ޓްވިޓާ ހަލަބޮލިކޮށްލާ.