ބޭނުންވާ ތަކެތި:

1 1/2 ޖޯޑު ފުށް
1 ސައިސަމުސާ ބޭކިން ޕައުޑަރ
1 ސައިސަމުސާ ބޭކިން ސޯޑަރ
1/2 ސައިސަމުސާ ލޮނު
2 ދޮންކެޔޮ ޗަސްކޮށްފައި
3/4 ޖޯޑު ހަކުރު
1 ބިސް
1/3 ޖޯޑު ބަޓަރު
1/3 ޖޯޑު ބްރައުން ޝުގާ
2 މޭޒުމަތީ ސަމުސާ ފުށް
1/8 ސައިސަމުސާ މުގުރި ފޮނިތޮށި
1 މޭޒުމަތީ ސަމުސާ ބަޓަރު

ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ބޮޑު ތައްޓެއްގައި 1 1/2 ޖޯޑު ފުށް، ބޭކިން ސޯޑަރ، ބޭކިން ޕައިޑަރ އަދި ލޮނު އެއްކުރާށެވެ.

ދެން ވަކިން ތައްޓެއްގައި ދޮންކެޔޮ، ހަކުރު އަދި ބިސް އަދި 1/3 ޖޯޑު ބަޓަރ އެއްކުރާށެވެ. އަދި ކުރިން އެއްކުރި ބައި ތެރެއަށް އެއްކޮށްފައި ގިރުވާލާށެވެ.

އެއަށްފަހު ކުޑަ ތައްޓެއްގައި ބްރައުން ޝުގާ، 2 މޭޒުމަތީ ސަމުސާ ފުށް، 1 މޭޒުމަތީ ސަމުސާ ބަޓަރު އަދި ފޮނިތޮށި އެއްކުރާށެވެ.

ދެން އަވަން 190 ޑިގްރީއަށް ހޫނުކޮށްފައި މުފިން ތަށީގައި މުފިން ޕޭޕަރ ބެހެއްޓުމަށްފަހު ގިރުވި ފުށް ބައި އަޅާށެވެ. އަދި 20 މިނެޓަށް ފިހެލާށެވެ. އެއަށްފަހު ފަހުން ގިރުވި ބައި މަތީގައި ހާކާށެވެ.