ފަނާކުރަނިވިފަދަ ގޮތަކަށް ދުނިޔޭގެ ނިމުން އައިސް، ދުނިޔޭގައިވާހާ ދިނުމެއް ނެތިގެންދާ ދިއުމެއްގައި ދުނިޔޭގެ އެންމެ ފަހުގެ ދިރުމަކަށްވާނެ ކަމަށް ބެލެވޭ އާދަޔާއި ހިލާފު ޖަނަވާރެއް ސައިންސްވެރިން ހޯދައިފިއެވެ.

ޓާޑިގްރޭޑްގެ ނަމުން ނަންދީފައިވާ މި ޖަނަވާރަކީ ދުނިޔޭގައިވާ އެހެން ޖަނަވާރުތަކާއި ޚިލާފަށް ތަފާތު އެތައް ސިފައެއް ލިބިފައިވާ ޖަނަވާރަކަށްވާތީ، މިފަދަ ދިރުމެއް އެހެން ޕްލެނެޓެއްގައިވެސް ވެދާނެ ކަމަށް ބައެއް ސައިންސްވެރިން ޤަބޫލުކުރެއެވެ.

ޓާޑިގްރޭޑްއަކީ "މައިކްރޯ" ޖަނަވާރެކެވެ. އެންމެ 1.5 މިލިމީޓަރަށް ބޮޑުވާ މި ޖަނަވާރަކީ، ދުނިޔޭގައިވާ މިފަދަ ހަމައެކަނި ޖަނަވާރުވެސް މެއެވެ. މާނައަކީ ޓާޑިގްރޭޑް އާއިލާގެ އިތުރު ޖަނަވާރެއް މިހާތަނަށް ހޯދިފައިނުވާކަމެވެ.

އޮކްސްފޯޑް ޔުނިވާސިޓީގެ ތަޖުރިބާކާރުން ކުރި ދިރާސާއަކުން ހާމަވިގޮތުގައި، ޓާޑިގްރޭޑް އަށް 30 އަހަރު ދުވަހަށް ފެނާއި ކެއުމާއި ނުލައި ދިރިއުޅެވެއެވެ. އެއީ ހަމަ އެކަނި ނޭވާ ލައިގެން ކަމަށްވެދާނެއެވެ. އެހެންކަމުން، ގިނިހިލައިގެ ތޫފާނަކާއި ދުނިޔެއާއި ކުރިމަތިވެގެން ނުވަތަ ކައިރީގައިވާ އިރުފަދަ ތަރިއެއް ގޮވައިގެން ދުނިޔެ ހަނަފަސްވެ، ދުނިޔޭގެ ނިމުން އައިސް ޖެހުނު ނަމަވެސް، މި ދިރުން އެކާރިސާއަކުން ސަލާމަތްވެ އެތައް ދުވަހެއް، އަހަރެއް ނުވަތަ ގަރުނުތަކަކަށްވެސް ދިރިއުޅެދާނެކަމަށް ވަނީ ޤަބޫލުކުރެވިފައެވެ.

މި ދިރާސާގައި ދުނިޔޭގެ އެހެން ދިރުންތަކަށް ދިރި ނޫޅެވޭނޭފަދަ މާހައުލުތަކުގައިވެސް ޓާޑިގްރޭޑްއަށް ދިރިއުޅެވިދާނެކަން ފާހަގަކުރެވުނުއިރު، އާދަޔާއި ހިލާފަށް ހޫނު މާހައުލުތަކުގައިވެސް ގެއްލުމެއް ނުލިބި މި ޖަނަވާރު ދިރިއުޅެއެވެ. އެގޮތުން 150 ޑިގްރީ ސެލްޝިއަސްއަށް ދުނިޔޭގެ ފިނިހޫނުމިން މަތިވީނަމަވެސް ޓާޑިގްރޭޑްއަށް ދިރިއުޅެވިދާނެކަން ވަނީ އެނގިގެންގޮސްފައި ވެއެވެ.

މީގެ އިތުރުން ދުނިޔޭގެ ޖައްވުގައި ރޭޑިއޭޝަން ލެވެން 5000 - 6200 އާއިދެމެދުގެ މިންގަނޑެއްގައި ހުރެއްޖެ ހާލަތެއްގައިވެސް، އެފަދަ މާހައުލެއްގައި ޓާޑިގްރޭޑްއަށް ކެތްކުރެވިދާނެ ކަން ހޯދުންތަކުން އެނގިފައި ވެއެވެ.

މި ދިރާސާއަށްފަހު ސައިންސްވެރިން ބުނެފައިވަނީ، 8 ފައިލީ މި އާދަޔާއި ހިލާފު ޖަނަވާރަކީ ދުނިޔޭގައި އެންމެ ފަހުން ދިރިއުޅޭނެ ޖަނަވާރު ކަމުގައި ވުމުގެ ފުރުސަތު ބޮޑުއިރު، ދުނިޔެފަދަ އެހެން ޕްލެނެޓެއްގައި މިހާރުވެސް މިފަދަ ޖަނަވާރަކަށް އުޅެވިދާނެކަމަށެވެ. އަދި ދުނިޔެ ނޫން އެހެން ޕްލެނެޓެއްގައި ދިރުމެއްވާނަމަ، ވާނީ ޓާޑިގްރޭޑް ފަދަ ޖަނަވާރަކަށް ކަމަށް އެފަރާތްތަކުން ބުނެއެވެ.

ޓާޑިގްރޭޑްއަކީ އެހެން ދިރުންތަކާއި ހިލާފަށް ހުރިހައި ގޮތަކުންވެސް ތަފާތު ޖަނަވާރަކަށް ވުމުގެ ސިއްރަކީ، މީގެ އެތް ހާސް އަހަރެއް ކުރިން، އެހެން ޕްލެނެޓަކުން މިތަކެއްޗަށް ދުނިޔެއާއި ހަމައަށް "ކޮންމެވެސް ގޮތަކުން" ވާސިލިވެވުން ކަމަށް ވެދާނެ ކަމަށް ބައެއް ސައިނސްވެރިން ބުނެއެވެ. ދުނިޔެ ފިޔަވައި އިތުރު ޕްލެނެޓެއްގައި ދިރުން ވޭތޯ ސައިންސްވެރިން ހުއްޓުމެއްނެތި ކުރަމުންދާ މަސައްކަތް ކާމިޔާބުވެއްޖެނަމަ މި ސުވާލަށް ފަހަރުގައި ޖަވާބެއް ލިބިދާނެއެވެ.

ADS BY ASTERS

12 ކޮމެންޓް

 1. ހިސާބުބެއްލެވޭނެ ކަމާ އެންމެން ނަރަކައަށް ސުވަރުގެއަށް ލުމަށްފަހު ދެން ކަންތައް ހިނގަމުންދާނެ ގޮތާއި މީސްތަކުން އެތަންތަނުގައި ތިބެ ކުރާނެ ކަމަކާއި މާތްކަލާނގެ އޭގެފަހުން ހިސާބެއް ނުބައްލަވާނެކަމާ މާތްކަލާނގެ އޭގެފަހުން ކުރައްވާނެ ކަންތައް ސައެންސްވެރިންނަށް ދަސްކޮށްދީ މައުލޫމާތު ދެވޭވަރުގެ މީހަކު މިރާއްޖޭގައި ނެތީތަ؟

 2. ތިޔައީ ރޯއިނގުރު ގަނޑެއްނު

 3. ޖިންނި ޝައިޠާނުންނަށް އެހުމުން ވައްކަންކުރުން މަނާކުރެވުނީމާ މީހުން މަގުފުރެއްދުމުގެ ބައި މިހާރު މި ކުޅެނީ ސައިންޓިސްޓުން. އަޅެ ކުރިޔަށް ވާންހުންނަގޮތާއި އެންމެ ފަހުން ދިރިއުޅޭނެ މަޚްލޫޤްވެސް އެބަ އެގެޔޯ. އެކަމަކު އަލުން ދިރުއްވާ އެއްކުރެވި ހިސާބުބެއްލއވޭނެކަން ނޭގޭ<

 4. ވެދާނެ މި ޖަނަވާރު ފެނުނީ
  ބިގް ބޭން ތިޔަރީ ސައިންސިސްޓު ކަލޭގޭ ބަގީޗާތެރޭންކަމަށް!

 5. އަސްތާ ތިކަހަލަ ވާހަކަ ނުދައްކާ. މިތިބަ ޖާހިލިއްޔަތުގެ ބޮޑުންގާތަށް ނިކަން ރުޅިއަންނާނެ.

 6. މީތިހޯދީ ކޮންތާކުން. ހަނދުންތަ؟ އިރުންތަ؟ ބިމުންތަ؟ ހޯދުނު ތަނެއް ނޭގުގުނުދޯ؟

 7. މިއީ އަނެއްކާ ދަތްޖާލު އެރުމުގެ އަލާމާތެއް ނޫންބާ. މީގައި ވެސް މިހުންނަނީ މެދުގައި އެންމެ ލޮލެއް.

  • ދައްޖާލުގެ އިންނަނީ އެެންމެ ލޮލެއް ނޫން...ދެ ލޯ އިންނާނެ.

  • ދައްޖާލު އޮތީ ރާއްޖެއަށް އަރާފަ. އޭތި އަރަންފެށީ ރަންނަމާރި ކަނޑުފެއްތީއްސުރެން.

 8. ތި އަނެއްކާ ވެދާނެ ބިމުދާއްބަ ނުކުތީކަމަށްވެސް.

 9. ހެހެހެ. ސައިންސްވެރިން ހީކުރަނީ އެވެރިންނަށް މި ދުނިޔޭގައި މާތްﷲ ލައްވަވާފައިވާ ހުރިހާ ދިރުމެއް ހޯދިއްޖެކަމަށްތާ؟ ޕިސް. ޕިސް. އަދި ނުހޯދޭ އެތައް އެއްޗެއް ހުންނާނެ. ކުޑަކުޑަ ފަނިފަކުސައެއް ފެނިގެން އުޅޭގޮތެއްދޯ؟ ތިޔަކަހަލަ ބައިވަރު އެއްޗެހި ހުންނާނެ. އަދިވެސް ހޯދަބަލަ. ދެލޯބޮޑުވާވަރުގެ ކަމެއް ނޫންތިޔައީކީ.

  • ހުރިހާ އެއްޗެއް އެއޮތީ މީހުންމަރާމީހުން ކިޔާދިންގޮތަށް ލިޔެފަ ހުރި ފޮތްތަކުގައެއްނު؟ އެވެސް ކީއެކިމީހުން އެކިގޮތަކަށްނު؟