އެމެރިކާގެ އުތުރުގެ ހިސާބެއްގައި ފެންބޮޑުވެ، މަގުމަތީގައި ހިނގައި ނޫޅެވޭ ވަރު ވެފައި ވަނިކޮށް، ގެއެއްގައި ތާށި ވެފައި ތިބި އުމުރުން ދުވަސްވީ ދެމަފިރިޔަކު ސަލާމަތް ކުރުމަށް ޖެޓްސްކީގައި ބަޔަކު އައިސްފިއެވެ.

އެހިސާބު ގަނޑުގައި ފެންބޮޑުވެ، އެގޭގެ ތެރެއަށްވެސް ފެން ވަދެފައި ވުމުން އެމީހުން ތިބީ ކައިބޮއި ހަދާނޭ ގޮތެއްވެސް ނެތިފައެވެ. އެހެން ކަމުން، އެހިސާބު ގަނޑުގައި ހުންނަ ރެސްޓޯރަންޓަކަށް ގުޅާފައި ކާނާ ގެނެސްދިނުމަށް އެދުނެވެ. އަދި އެއާއި އެކު އެގޭ ކައިރިއަށް ބޯޓެއް ފޮނުވައި ދިނުމަށްވެސް އެ ދެމަފިރިން އެދުނެވެ.

މިކަން ކުރީ ސަމާސާ ނިޔަތެއްގައި ނަމަވެސް، އޭގެ ގަޑިއެއް ހާއިރު ފަހުން އެގޭގެ ބޭރަށް ބޯޓެއް އައިސް އޮތެވެ. އަދި އެމީހުންނަށް ކާނާ ގެނެސްދީ، އެތަނުން ސަލާމާތް ކޮށްދޭނޭ ކަމަށްވެސް އެ ބޯޓުން އައި މީހުން ބުންޏެވެ. ނަމަވެސް، އެގޭގެ ދޮރާއި ހަމައަށް އެ ބޯޓަށް އާދެވެން ނެތުމުން ދެން އެމީހުން ގެނައީ ޖެޓް ސްކީއެކެވެ.

2 ޖެޓްސްކީގައި ގޭގެ ތެރެއަށް ވަދެ، އެ ދެމަފިރިން ގޮވައިގެން ސަލާމަތުގެ އައްސޭރިއަށް ގެންދެވުމުން އެ ދެމަފިރިން އެމީހުންގެ ގާތު އަދި އެއް ކަންތައް ކޮށްދިނުމަށް އެދުނެވެ. އެމީހުން ކޮން ކަމެއްތޯ ސުވާލު ކުރުމުން ބުނެފައި ވަނީ އެމީހުންނަށް އެމީހުންގެ ގެ ސަލާމަތް ނުކުރެވުނު ކަމުގައި ވިޔަސް އެމީހުންގެ ކައިވެނި ސަލާމަތް ކުރަން ބޭނުން ކަމަށާއި، އެނބުރި ގެއަށް ގޮސް ކައިވެނީގެ އަނގޮއްޓާއި ވޮލެޓް ނަގަން ބޭނުންވާ ކަމަށެވެ.

ADS BY SHEESHA

މިކަމުގެ ސަބަބުން އެ ރެސްޓޯރަންޓުގެ މީހުންނަށް ގިނަ ބައެއްގެ ތައުރީފްތައް އޮހެމުން ދާއިރު، އެމީހުން ބުނީ މިފަދަ ހާލަތެއްގައި ވެސް އެހިސާބު ގަނޑު މީހުންނަށް ކާނާ ފޯރުކޮށްދެވުމަކީ އެމީހުންނަށް ލިބޭ ހިތްހަމަ ޖެހުމެއް ކަމުގައެވެ.

ADS BY ASTERS

Comments are closed.