ބައެއް ފަހަރު ކައިވެނީގެ ހަފްލާތަކުގެ ތެރެއިން މަޖާ ކަންތައް ކުރެއެވެ. އޭގެ ތެރޭގައި ބޫޓު ފޮރުވުން ފަދަ ކަންތައް ކުރުމަކީވެސް އާއްމު ކަމެކެވެ. އެހެން ނަމަވެސް މިއީ ތަފާތު ހާދިސާއެކެވެ.

ކައިވެނީގެ ހަފްލާގެ ކުރިން ބާއްވަމުން ދިޔަ ޕްރި ވެޑިންގ ސެރަމަނީއަށްފަހު ހަތަރު މީހަކު ވަނީ މީހަކަށް ވަރަށް ބޮޑަށް އަނިޔާކޮށްފައެެވެ. އޭގެ ތެރޭގައި ކައިވެނި ކުރަން އުޅޭ ފިރިހެން މީހާވެސް ހިމެނެއެވެ. އެ މީހާ ގައިގާ އެވަރަށް ތަޅާފައި ވަނީ ފިރިހެން މީހާގެ ބޫޓު ވަގަށް ނެގި ކަމަށް ބުނެއެވެ.

މި ހާދިސާ ހިނގީ އިއްޔެގެ ވަގުތެއްގައި ސޫރަޖްޕުރް ވިލޭޖްގައި އެ ހަފްލާ ކުރިއަށްދިޔަ ތަނުގައެވެ. ސެރެންދާ ނަމަކަށް ކިޔާ އެ ފިރިހެން މީހާގެ ކައިވެންޏަށް ހާއްސަކޮށް ކުރިއަށްދިޔަ އެ ހަފްލާއަށްފަހު އޭނާއަށް އޭނާ ބޫޓު ހޯދާ ހޯދާ ނުފެނުނީއެވެ. އެގޮތުން އެ މީހުން ނިންމީ އެ ބޫޓު ވަގަށް ނެގީ ކަމަށެވެ.

އަދި އެ ބޫޓު ވަގަށް ނެގި ކަމަށް ބެލެވޭ މީހެއްގެ ގައިގާ ތަޅައިގަތީއެވެ. އެ ހާދިސާއަށްފަހު އެ މީހާ ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް އޭނާގެ ފުރާނަ ސަލާމަތްވާ ގޮތެއް ނުވިއެވެ. އެ މައްސަލާގެ ފަސް މީހެއްގެ މައްޗަށް މީހަކު މަރާލިކަމުގެ ދައުވާ ވަނީ ކޮށްފައެވެ.