ދުނިޔޭގެ އެންމެ ގިނަދުވަސްވެފައިވާ ޓެޓޫ މިސްރުގައި އޮތް ދެ ގަބުރެއްގެ ގައިން ފެނިއްޖެ އެވެ.

ސައިންސްވެރިން ކުރި ދިރާސާއަކުން ހާމަވާގޮތުގައި ދެ ޓެޓޫ ވެސް ފެނިފައިވަނީ މިސްރުގެ ގެބެލެއިންގެ ސަހަރުގައި ދިރިއުޅުނު އަންހެނަކާއި ފިރިހެނެއްގެ ގައިން ކަމަށެވެ.

އަންހެންމީހާގެ ޓެޓޫ ފެނިފައިވަނީ އޭނާގެ މުލައްދަނޑިންނެވެ. ޓެޓޫގައި އިނީ "އެސް" އަކުރެއް ފަދައިން ލިޔެފައިވާ ރޮނގުކޮޅެކެވެ. ފިރިހެންމީހާގެ ޓެޓޫވެސް ފެނިފައިވަނީ މުލައްދަނޑިން ކަންބަޅި ބަކަރީގެ ސިފައިގައެވެ. ދެ ގަބުރަށް ވެސް މިހާރު 5000 އަހަރުވެފައިވާ ކަމަށް ދިރާސާއިން ހާމަވެއެވެ.

އޭގެ އިތުރުން 3351 އާ 3017 އަހަރުތަކުގެ މި ދެ ގަބުރުގެ ގައި ދެލިން ކުރަހާފައިވާ ޓެޓޫއެއް އެގޮތަށް ހާމަވާން އިނުމަކީ ހައިރާން ކުރުވަނިވި ވަރުގެ ކަމެއް ކަމަށް ބުރިޓިޝް މިޔުޒިޔަމްގެ އެންތްރޮޕޮލޮޖީ ޑެނިއަލް އެންތޮނީ ބުނެފައި ވެއެވެ.

އެ ޒަމާނުގައި ޓެޓޫއަކީ އެމީހުންގެ ސަގާފަތާއި ގުޅިފައިވާ އެއްޗެކެވެ. މީގެ ކުރިން ސައިންސްވެރިންނަށް ޓެޓޫ ފެނިފައިވަނީ 1000 ކުރީގެ ގަބުރެއްގެ ގައިންނެވެ. ނަމަވެސް މިހާރު އެ ރިކޯޑް މުގުރާލާ 5000 އަހަރު ކުރީގެ ޓެޓޫއެއް މިއޮތީ ފެނިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދުނިޔެ އަށްވީ ކިތައް އަހަރު؟

  2. ވޯލްޑު ރިކޯޑު ފޮތަށް ލާންވާނެ އޭރުން.

  3. ހުސް ފޭކް