އުމުރުން 28 އަހަރުގެ ކެރީ އާއި އޭނާގެ ދަރިފުޅު އޮލީ ޖޯން--- ފޮޓޯ: މިރޯ

ތުންފަތުގައި ހުރި ވައިރަސް އެއް ނުވަތަ "ކޯލްޑް ސޯ"ގެ ސަބަބުން މަންމަ އޭނާގެ ދަރިފުޅަށް ދޮނެއް ދިން އިރަށް އެކުއްޖާގެ ފުރާނައަށް ނުރައްކާ ވާ ވަރުގެ ބައްޔެއް ޖެހިއްޖެ އެވެ.

އިނގިރޭސިވިލާތުގެ ކައުންޓީއެއް ކަމަށްވާ ސައުތު ޔޯކްޝަޔާގައި ކްރިސްޓީ ކެރިންގްޓަން ނަމަކަށް ކިޔުނު އަންހެނެއް އޭނާގެ ދަރިފުޅަށް ދޮނެއް ދިންތާ 24 ގަޑިއިރުގެ ތެރޭގައި އެ ކުއްޖާއަށް ވަނީ ހުން އައިސްފައެވެ. އޭގެ އިތުރުން އެ ތުއްތު ކުއްޖާ އަށް ނޭވާ ލުމުގެ ދަތިތަކެއް ވެސް ކުރިމަތި ވެފައި ކަމަށް ޑޮކްޓަރުން ބުންޏެވެ.

އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ މިރާ އިން ބުނެފައިވަނީ އެކުއްޖާގެ ހާލު ސީރިއަސް ކަމަށެވެ.

"އަހަރެން ދުވަހަކުވެސް އަހަރެންގެ ދަރިންނަށް ގެއްލުންވާ ފަދަ ކަމެއް ނުކުރާނަން. އަހަރެން އޭނާއަށް ދޮނެއް ދީގެން އޭނާ މަރާ އެހާ ކައިރި ކުރެވޭނެ ކަމަކަށް ހިޔެއްވެސް ނުކުރަން،" އުމުރުން 28 އަހަރުގެ ކްރިސްޓީ ބުންޏެވެ.

އެ އަންހެން މީހާގެ ފުރާވަރު އުމުރުން ފެށިގެން ކޯލްޑް ސޯ ހުންނަ ކަމަށް ވަނީ ބުނެފައެވެ.

ADS BY SHEESHA

ޑޮކްޓަރުން ބުނީ އެ ވައިރަސް އިންސާނާގެ ސިކުނޑިން ފެށިގެން އެކި ގުނަވަންތަކަށް ފެތުރިގެންދާ ކަމަށެވެ. ނަތީޖާއަކަށް ވެގެން ދަނީ ނުރައްކާތެރި އަދި ދާއިމީ ބަލިތައް ޖެހުން ކަމަށް ޑޮކްޓަރުން ބުންޏެވެ.

3 ކޮމެންޓް

  1. ނަސީބެއްނު މިއޮތްހުރިހަދުވަހު ފިރިމީހާއަށް ދޮނެއްނުދީ ހުރިކަން. އެހެންނޫންނަމަ....

  2. އެއީ ހަރޕްސް ވައިރަސް އިން ޖެހޭ ބައްޔެއް. އަސްލު، މީހުން އެހާ ހޭލުންތެރި އެއް ނޫން ކޯލްޑް ސޯ ފެތުރޭ ގޮތާމެދު. ކޮންމެ މީހެއްގެ ގައިގަ ވެސް އެވައިރަސް ހުންނާނެ. ނަމަވެސް ހަށިގަނޑަށް އަންނަ ބަދަލަކާ ހެދި އޭތި އެކްޓިވޭޓް ވަނީ. އަދި އޭރުން ޖިންސީ ގުޅުމުން ވެސް އެބަލި ފެތުރޭނެ. އެހެންވީމަ މީހުނަށް ނޭނގުނަސް ކުޑަކުދިންނަށް ދޮން ދިނުމަކީ އެހާ ރަނގަޅު ކަމެއް ނޫން. އަދި ޚާއްސަކޮށް މިހާރު ރާއްޖޭގަ ވެސް ފާހަގަ ކުރެވޭ ކަމެއް މީހުން، ކުދިންގެ ތުންފަތަށް ދޮން ދިނުން. އެއީ ވަރަށް ނުރައްކާތެރި ކަމެއް. ހަމަ އެކަނި ހަރޕްސް އެއް ނޫން. އެހެން ބަލިތައް ވެސް ފެތުރެން ދިމާވާނެ އެހެން ކަންތައް ކުރީމަ

  3. ބޮޑުތަކުރުފާނު

    ދޮން ހަމަދޭންވާނެތަ؟ ތިޔައިން ބަލިބަލި ޖެހެންޏާ ދޮނެއްގެ ބަދަލުގައި ކަޅެއް ދިނީމާ ނިނުނީއެއްނު...