ވިޔަފާރިއެއް ކާމިޔާބުކަމާއެކު ކުރިއެރުވުމަށް ބޭނުން ނަމަ އެންމެ މުހިންމު ކަމަކީ، އެ ވިޔަފާރިއަށް ގިނަބައެއްގެ ސަމާލުކަން ލިބޭނެފަދަ ގޮތަކަށް ޕްރޮމޯޓު ކުރުމެވެ. އެގޮތުން ހުރިހާ ވިޔަފާރިވެރިންވެސް މަސައްކަތްކުރަނީ، އެހެން ވިޔަފާރިތަކަށްވުރެ ތަފާތު ގޮތަކަށް ޕްރޮމޯޓު ކުރުމަށެވެ. މިއީވެސް އެފަދަ ކަމެކެވެ.

ޗައިނާގެ ވިޔަފާރިވެރިއަކު މިވަނީ އޭނާވިއްކުމަށް ގެންގޮސްފައިވާ އިސްޓާކީނުގެ މޮޅުކަން ދައްކާލުމުގެ ގޮތުން ދަރިފުޅު އެއިން އިސްޓާކީނެއްގެތެރެއަށް ލުމަށްފަހު ވީޑިއޯކޮށްފައެވެ.

މި ވީޑިއޯ މިހާރު އިންޓަނެޓުގައި އާންމުވެފައިވާއިރު، ވީޑިއޯއިން ފެންނަނީ އުމުރުން 8 އަހަރުގެ ކުއްޖަކު ސްޓާކީނުގެތެރެއަށް ލުމަށްފަހު އޭނާއާއެކު ސްޓާކީނުގެ ކޮޅުގައި ހިފައި ހިއްލާ މަންޒަރެވެ. އަދި އެތައް ފަހަރަކު މިގޮތަށް ކަންތައްކުރާއިރުވެސް ސްޓާކީނަށް ގެއްލުމެއް ނުލިބޭއިރު، ވީޑިއޯގައި އޭނާ ދަނީ ސްޓާކީނުގެ މޮޅު ކޮލިޓީގެ ވާހަކަ ދައްކަމުންނެވެ.

އަދި އެ އިސްޓާކީނުގެ ކޮލެޓީއާމެދު އެއްޗެއް ބުނުމަށް އެ ވީޑިއޯ ބަލާ ފަރާތްތަކަށް ފުރުސަތުދޭ ކަމަށާއި، އެއީ އެންމެ މޮޅު މެޓީރިއަލް ބޭނުކޮށްގެން އުފައްދާފައިވާ ރަނގަޅު އިސްޓާކީނެއް ކަމަށް ވީޑިއޯގައި އޭނާ ބުނެފައިވެއެވެ.

މި ވީޑިއޯ އާންމުވެ އެތައްބައެއްގެ ނުރުހުންވުން އަމާޒުވުމުން އޭނާ މީޑިއާތަކުގައި ބުނެފައިވަނީ، އެގޮތަށް ކަންތައް ކޮށްފައިވަނީ މިދުވަސްވަރު ތަކެތި ވިއްކުމަކީ އުނދަގޫ ކަމަކަށްވެފައިވާތީ ފަސޭހަކަމާއެކު ގިނަބައެއްގެ ސަމާލުކަން ލިބިގަތުމަށްކަމަށެވެ. އަދި ވީޑިއޯ ކުރުވީ އަންހެން ދަރިފުޅުލައްވައި ކަމުގައިވާއިރު، ވީޑިއޯ ހެދުމުގައި ދަރިންނަށް އެއްވެސް އަނިޔާއެއް ލިބޭފަދަ ކަމެއް ކޮށްފައިނުވާކަމަށް އޭނާ ބުނެފައި ވެއެވެ.

އޭނާ އިތުރަށް ބުނެފައިވަނީ، އެ ވީޑިއޯގެ ސަބަބުން ގިނަ ބަޔަކަށް އެ ބްރޭންޑުގެ އިސްޓާކީނުގެ މޮޅުކަން އެނގުނުއިރު، ޕްރޮމޯޝަން ކާމިޔާބުވެއްޖެ ކަމަށެވެ.

ނަމަވެސް ގިނަ ބަޔަކު އޭނާގެ އެ އަމަލަކީ ރަހުމުކުޑަ އަމަލެއް ކަމަށްބުނެ، ސޯޝަލް މީޑިއާގައި ފާޑުކިޔާފައިވެއެވެ.

ޔޫޓިއުބުގައި އާންމުވެފައިވާ މި ވީޑިއޯއަށް މިހާތަނަށް 40000 އަށްވުރެ ގިނަ ވިއުސް ލިބިފައި ވެއެވެ.

ADS BY ASTERS

Comments are closed.