ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން އެފަދަ ކަންކަމާއި ދުރުކުރުވުމަށް އެތައް މަސައްކަތަކެއް ކުރެވިއްޖެއެވެ. އެކަން މަދު ކުރާށޭ ކިތަންމެ ވަރަކަށް ނަަސޭހަތް ދީފިއެވެ. ބަދަލެއް އަންނަ ތަނެއް ފެންނަނީ މަދު ފަހަރަކުއެވެ. ދުންފަތުގެ އިސްތިއުމާލުގެ ޒަރިއްޔާއިން ޖެހޭ ބަލިތަކުގެ ސަބަބުން އަހަރެއްގެ މައްޗަށް އެތައް ބަޔަކު މި ދުނިޔެ އާއި ވަކިވެގެން ދެއެވެ. ވިސްނާލާށެވެ.

ހަކުރު ބައްޔާއި ދުންފަތާއި ގުޅުމެއް ވެއެވެ. ހަކުރު ބައްޔަކީ ލޭގައި ހަކުރު އެކުލެވޭ މިންވަރު މަތިވުމުގެ ސަބަބުން ޖެހޭ ބައްޔެއްކަމަށްވާއިރު، ހަކުރު ބަލި ކުރިމަތިވަނީ ހަށިގަނޑުގައި އިންސިއުލިން' އުފައްދާގޮތަށް މައްސަލަ ދިމަވާތީއެވެ. އެފަދަ މައްސަލަ ދިމާވުމުގައި ދުންފަތުގެ އިސްތިއުމާލު ވަރަށް ބޮޑު ރޯލެއް އަދާކުރެއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ލޭގައި ސަރުބީ އިތުރުކޮށްދޭ ކަމެކެވެ. އަދި ހަށިގަނޑަށް ބޭނުންވާ އިންސިއުލިން ފުރިހަމައަށް މަސައްކަތްކުރުމަށްވެސް ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ހުރަސް އަޅައެވެ. ލޭގައިވާ ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރުމަށް ވެސް ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ހުރަސް އަޅައެވެ.

އެހެން ކަމުން ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ އާދަތަކާ ދުރުހެލިވާން ޖެހެއެވެ. އަދި ތިއީ ހަކުރު ބަލި ހުރި މީހެއް ނަމަ ވަކިން އެ ބައްޔާއި ދުރުވުމަކީ މުހިންމު ކަމެކެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުރުވެއްޖެ ނަމަ، އެއީ ހަކުރު ބަލި ކޮންޓްރޯލްކުރުމަށް އެހީއަކަށް ވާނެއެވެ.

ADS BY SHEESHA

ހަކުރު ބައްޔަކީ މުޅިން ރަނގަޅު ނުކުރެވޭނެ ބައްޔެއްކަމަށް ގިނަ މާހިރުން ގަބޫލުކުރިނަމަވެސް، މިއީ ކޮންޓްރޯލް ކުރެވިދާނެ ބައްޔެކެވެ.

Comments are closed.