މޫސާ ޒަމީރު - ވަގުތު އިމޭޖެސް

ފަސިންޖަރުންގެ ޙައްޤުތަކާ ބެހޭގޮތުން ތައްޔާރު ކޮށްފައިވާ ބިލު އަންނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ADS BY OOREDOO

ބައިނަލް އަޤުވާމީ މަދަނީ ވައިގެ ދަތުރު ފަތުރުގެ ދުވަހާއި ގުޅުވައިގެން ދެއްވި ހިތާބުގައި މިނިސްޓަރު ވިދާޅުވީ،  ފަސިންޖަރުންގެ ޙައްޤުތަކާއި އިތުބާރު ކުރުމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން އަބަދުމެ މަސައްކަތް ކުރަމުންދާކަމަށާއި، އެގޮތުން ފަސިންޖަރުންގެ ޙައްޤުތަކާ ބެހޭގޮތުން ތައްޔާރު ކޮށްފައިވާ ބިލު އަންނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެކަމަށެވެ.

"އެ ބިލާއެކު މި ދާއިރާ އިން ރާއްޖޭން ގާއިމް ކުރަމުން މިދާ ގާނޫނީ އޮނިގަނޑަށް އިތުރު ފުރިހަމަކަން ލިބި، އިތުބާރު ބޮޑުވެން ދާނެ ކަމާމެދު ޝައްކެއް ނުކުރަމެވެ،" ޒަމީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ވައިގެ ދަތުރުފަތުރުގެ ސިނާއަތްވެސް ތަރައްގީވެ ފުޅާވަމުން އަންނަކަމަށާއި، އެގޮތުން ވައިގެ ޚިދުމަތް ހޯދާ ފަސިންޖަރުންގެ އަދަދު ކޮންމެ އަހަރަކު އިތުރުވަމުން އަންނަ ކަމަށެވެ.

ADS BY SHEESHA

މިނިސްޓަރ ޒަމީރު ވިދާޅުވީ ރާއްޖޭގެ އޭވިއޭޝަން ސިނާޢަތަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެކަށީގެންވާ އިންސާނީ ވަޞީލަތްތައް ހޯދުމުގެ މައްސަލަ ކަމަށެވެ. މިއީ ހަމައެކަނި ރާއްޖެއަށް ދިމާވެފައިވާ މައްސަލައެއް ނޫން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

Comments are closed.