މޯލްޑިވިއަންގެ ފްލައިޓެއް

ޤައުމީ އެއާލައިން މޯލްޑިވިއަން އިން އެތެރޭގެ އުދުހުންތަކުގެ އަގު ވަރަށް ބޮޑުތަން ހެޔޮކޮށްފިއެވެ.

މޯލްޑިވިއަން އިން މިކަން ކަށަވަރު ކޮށްދީފައިވާއިރު، އަގުތަކަށް ގެނައި ބަދަލު އިއުލާން ކުރަން ހަމަޖެހިފައިވަނީ އަންނަ ހަފްތާގެތެރޭގައެވެ.

އެގޮތުން އެތެރޭގެ އުދުހުންތަކުގެ އަގަށް މޯލްޑިވިއަން އިން ގެނައި ބަދަލާއެކު އެންމެ އަގުހެޔޮ ފެއަރ އިން ނަގާ ޓިކެޓެއްގެ އަގުން 100 ރުފިޔާ ވަނީ ހެޔޮވެފައެވެ.

އަދި އައްޑޫއާއި ފުވައްމުލަކުން މާލެއަށް ދަތުރުކުރާ ޓިކެޓްގެ އަގު ވަނީ 899 ރުފިޔާއަށް ހެޔޮކޮށްފައެވެ. މީގެ ކުރިން މި ދެމެދު ދަތުރުތަކަށް ނަގާ އެންމެ އަގުހެޔޮ ޓިކެޓް ލިބެނީ 999 ރުފިޔާއަށެވެ.

މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކަށް ނަގާ ޓިކެޓްތަކުގެ އަގު ހެޔޮ ކުރުމަށް ނިންމާފައިވަނީ މިމަހުގެ 17 ވާ ހޯމަ ދުވަހުން ފަށައިގެންނެވެ.

މޯލްޑިވިއަން އިން ޓިކެޓްގެ އަގު ހެޔޮ ކުރުމަށް ނިންމާފައިވަނީ ތެލުގެ އަގަށް ގެނައި ބަދަލާއި ގުޅިގެންނެވެ.

އަލަށް ގެނައި ބަދަލާއެކު އައްޑު އާއި ފުވައްމުލަކުގެ މާލެ އެއްކޮޅު ޓިކެޓް ވިއްކަން ހަމަޖެހިފައި ވަނީ 898.88ރ. އަށެވެ. އަދި މާލެ އާއި ކާޑެއްދޫގެ އެއްކޮޅު ޓިކެޓެއް 876.62ރ. އަށް ވިއްކަން ހަމަޖެހިފައިވާ އިރު، މާލެ އާއި ކޫއްޑު އެއްކޮޅު ޓިކެޓެއް ވިއްކާނީ 854.36ރ. އަށެވެ.

މީގެ އިތުރުން މާލެ އާއި ދަރަވަންދޫގެ އެއްކޮޅު ޓިކެޓެއް 598.90ރ. އަށް ވިއްކާ އިރު، މާލެ އާއި ތިމަރަފުއްޓާ ދެމެދުގެ އެއްކޮޅު ޓިކެޓެއްގެ އަގަކީ 854.36ރ. އެވެ. އަދި މާލެ އާއި އިފުރުގެ އެއްކޮޅު ޓިކެޓެއް 799.24ރ. އަށް ވިއްކާ އިރު، ހަނިމާދު އާއި މާލެއާ ދެމެދު އެއްކޮޅު ޓިކެޓެއް ވިއްކާނީ 854.36ރ. އަށެވެ.

30 ކޮމެންޓް

 1. ކައްދޫ އިން މާލެއަށް ކުރާ ދަތުރުތަށް ހުއްޓާލީތަ

 2. ކޮބާ ލާމުއަތޮޅު .!!!

 3. ޔުއާން ލީންގ

  ސުބުހާނައްﷲ. ތިއޮތީީ ބޮޑައް ހިޔޮކޮއްލާފަަ. މަހީކުރީ މީ ޗައިނާގެ ޤައުމީ އެއަރލައިން ކަމަށް މިހާރު. ދެން 100 ރ ވެސް ކުޑަވިއްޔާ ކުޑަތާދޯ. އެކަމް މާފަރު މީހުންނަކަށް އުފަލެއްނެން ދޯ. ލޯލް....... ޓޫތިކި ޕ

 4. މަށަށް ހެވެނީ

  ތި ވަރަށް ބޮޑު. 100 ރުފިޔާ ޔޯ. އެވެސް ފެއަރ ގައި. ފެއަރ އަކީ ޢާންމުކޮށް ލިބޭ ވެސް އެއްޗެއް ނޫން. ބޮޑު އޮޅުވާލުމެއް ތިއީ. ވައްސަލާމް.

 5. ތިހެން އިންނާނީ ނޫހުގަ. ވިއްކާނީ 1554 އަށް

  ދުވަހަކު ތެދެއް ނަހަދަާ

 6. ކޮބާ މާލެ ކައްދޫ އަގު ހެވެއްނުވޭތޯ!

 7. ކޮބާ މާފަރު؟ ކޮބާހޭ ކޮބާހޭ.

 8. ކޮބާ ކައްދޫ އަގުތައް؟؟؟؟؟؟؟؟

 9. ޚޮބާ ކައްދޫ

 10. ތިޔަ އަގުހެޔޮ ފެއާގެ ޓިކެޓް ލިބެނީ ހަމައެކަނި އެއާލައިންސްގެ މުވައްޒަފުންގެ ތިމާގެ މީހުނާއި ރައްޓެހިންނަށް، އެހެންމީހަކަށް ދުވަހަކު ލިބޭކަމަކަށްނުވޭ، މީ އެއާލައިނުން ވިސްނަންވެއްޖެކަމެއް!

 11. މޯލްޑިވިއަން

  ކިތައްމެ އަގު ހެޔޮ ކުރިޔަސް ތި ހެޔޮ އަގުގަ ޓިކެޓެއް ނުލިބޭނެ. ބުނާނީ އަގުހެޔޮ ފެއާގެ ޓިކެޓް ހުސްވެފައޭ. ސެޕްޓެމްބަރ 4 ވަނަ ދުވަހަށް ޓިކެޓެއް ގަންނަން މިއަދު ގުޅީމަ ވެސް ބުނީ އަގު ހެޔޮ ފެއާގަ ލިބޭކަށް ނެތޭ.
  ދެން ކޮން އަގެއް ހެޔޮވާނީ

 12. ހަނިމާދޫ މީހާ

  ހަނިމާދޫ ޓިކެޓްގެ ވާހަކަ އެ އޮތީއެއްނު އެންމެ ފަހު ފޮޅުވަތުގައި. ހޭލަބަލަ!

 13. ތި އަގަށް ނުލިބޭ، 999 އަށްވެސް މީހަކަށް ނުލިބޭއެކޭ ނޫން. ޖުމުލަކޮށް ނުލިބޭ!

 14. ކޮބާ ހަނިމާދޫ އަގު

 15. ހަނިމާދޫ ކޮބާ

 16. މާބޮޑަށް ތި އަގުހެޔޮ ކުރީ...

 17. ކޮބާ މާލޭ - ހަނިމާދޫ ??

 18. ކޮބާ ކުޑަހުވަދޫ؟؟

 19. ކޮބާ ހަނިމާދޫ ހދ ވީމަ އަބަދުވެސް ވާވަރު

 20. ކޮބާ ކޫއްޑޫ އެއަރޕޯޓް ގެ އަގުތައް؟؟؟؟

 21. ިތިލަދުނމަތި

  ޙަނިމާދޫ ޓިކެޓް ހެވެއް ނުވެ؟؟؟

 22. ކޮބާތަ މާލެ ހަނިމާދޫގެ އަގު

 23. ޙަނިމާދޫ އެއީ ރާއްޖޭގެ އެއާޕޯރޓް ހިމެނެނޭ ރާށެއްނުންތަ. ވަރައްސަލާމް

 24. ކޮބާ ހަނިމާދޫ

 25. ހަނިމާދޫގެ އަގު ހެެވެއްނުވޭތަ؟

 26. އިބޫ ހުޅުމާލެ

  އޮޅުވާނުލާ ޙަޤީގަތަށް ޙަބަރުތަށް ގެނެސްދެއްވާ!! ތި އަގުތަކަކީ ފޭއާރ ޓިކެޓުގެ އަގުތަށް މާނައަކީ ފުލައިޓަކުން 5ޓިކެޓު ލިބޭނީ ތިއަގުގަ..... އޮޅުވާނުލެއްވުން އެދެން

 27. ލ. އަތޮޅުގެ ޓިކެޓް އަގު ސާފެއް ނުވޭ.

 28. ދެން ލާނެ އޭޑީސީ ޗާރޖް އެޑުކުރީމަ؛ މިއަށްވުރެ ބޮޑުވާނެ. ކުޑަވާނެ ،