ދިއްލީގެ މަގެއްގެ މަތީގައި އިންޑިޔާ ސިފައިން ފޯރިމަރަނީ--

ދާދިފަހުން އިންޑިޔާ އަސްކަރިއްޔާއިން ޕާކިސްތާނުގެ ހަނގުރާމަވެރިންނާ ދެކޮޅަށް ކުރިއަށް ގެންދިޔަ ވަރުގަދަ އޮޕަރޭޝަނަށްފަހު ކުރިމަތިވެދާނެ ނުރައްކަލަކަށް ބަލައި، އިންޑިޔާގެ ބައެއް ސްޓޭޓުތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.

އިންޑިޔާއިން ކުރިއަށް ގެންދިޔަ "ސަރޖިކަލް ސްޓްރައިކް" އަށްފަހު ނުރައްކާ އޮތްކަމަށް ބެލެވިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވަނީ އެ ޤައުމުގެ ދިއްލީ، ރާޖަސްތާން، ޕަންޖާބް، މަހަރަޝްތްރާ، ގުޖްރާތު އަދި ޖާމޫ ކަޝްމީރުގައެވެ.

ދިއްލީގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައި--
ދިއްލީގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައި--

ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން އެ ސްޓޭޓުތަކުގައި ގިނައިން މީހުން އެއްވެ އުޅޭ ސަރަޙައްދަތަކާއި އެއަރޕޯޓުތަކާއި ސިނާއީ ސަރަޙައްދުތަކާއި ތާރީޚީ މޮނިއުމަންޓުތަކުގެ އިތުރުން ސަރުކާރު އިމާރާތްތަކުގެ ފޯރިއަށް ގިނަ އަދަދެއްގެ ސަލާމަތީ ބާރުތަކުގެ އޮފިޝަލުންވަނީ ނެރެފައެވެ.

ތާޖު މަހަލްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އެ ޤައުމުގެ ފުލުހުން ހަރަކާތްތެރިވަނީ--
ތާޖު މަހަލްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އެ ޤައުމުގެ ފުލުހުން ހަރަކާތްތެރިވަނީ--

އިންޑިޔާގެ އިންޓެލިޖެންސް އިން ބުނެފައިވަނީ ދާދިފަހުން ކުރިއަށް ގެންދިޔަ އަސްކަރީ އޮޕަރޭޝަނަށްފަހު ޕާކިސްތާނަށް ނިސްބަތްވާ ފަރާތްތަކުން ވަރުގަދަ ހަމަލާއެއް އިންޑިޔާއަށް އަމާޒުކުރަން އުޅޭކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާކަމަށެވެ.

މީގެއިތުރުން، ދެ ޤައުމުގެ ގުޅޭ ބޯޑަރު ސަރަޙައްދުގެ ކަޝްމީރަށް ޕާކިސްތާނަށް ނިސްބަތްވާ ހަނގުރާމަވެރިންގެ ބަޔަކު ވަދެފައިވާކަމަށާއި އެ މީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އިންޑިޔާގެ މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

1 ކޮމެންޓް

  1. ޤަޒްވާއޭ ހިންދު ގާތްވެއްޖ !