މުސްލިމުންނާއި ޒާތީ ހަސަދަވެރިކަމެއް އެންމެ ބޮޑަށް ގެންގުޅޭ އިޒްރޭލުން ބަންދު ކޮށްފައިވާ މުސްލިމުންގެ ގަދީމީ މިސްކިތެއް ކަމުގައިވާ މަސްޖިދުލް އަގްސާ މިއަދު ހުޅުވާނޭ ކަމަށް އިޒްރޭލުން ބުނެފިއެވެ.

ހަމަނުޖެހުންތަކަކަށް ފަހު އިޒްރޭލް ސިފައިން ވަނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މިސްކިތުގައި ތިބި ހުރިހާ މުސްލިމުން ބޭރުކޮށް އެތަން ބަންދުކޮށްފައެވެ. އެހެން ނަމަވެސް އެތަން އަލުން ހުޅުވާލާ ވާހަކަ އިޢުލާން ކޮށްފައިވަނީ އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއެވެ.

މިދިޔަ ހުކުރު ދުވަހު އެ މިސްކިތުގައި ހިނގި ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ 3 މީހަކު ވަނީ އިޒްރޭލުގެ ސިފައިންނަށް ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި ފަލަސްތީނުގެ 3 މީހަކު ޝަހީދުވެ، އިޒްރޭލުގެ 2 ސިފައިން ވަނީ މަރުވެފައެވެ.

ނަތަންޔާހޫ ބުނެފައި ވާގޮތުގައި މިއަދުން ފެށިގެން އަގްސާ މިސްކިތް އަޅުކަން ކުރާ މީހުންނަށާއި ޓޫރިސްޓުންނަށް ހުޅުވާލެވޭނެއެވެ.

މިސްކިތް ބަންދުކުރުމުން ގިނަ ބައެއްގެ ފާޑު ކިޔުންތައް އިޒްރޭލަށް ވަނީ އަމާޒްވެގެން ގޮސްފައެވެ. އަދި ގުދުސްގެ ކުރީގެ މުފްތީ ޝެއިޙް އިކްރާމް ސަބްރީ އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކޮށް، އިޒްރޭލްގެ އެ އަމަލަކީ އެތައް ހާސް ބަޔަކަށް ދެވޭ އަނިޔާ އެއް ކަމަށް ބުނުމުން އޭނާ ވަނީ ހައްޔަރު ކޮށްފައެވެ.

އިޒްރޭލުން މިސްކިތް އަލުން ހުޅުވާނޭ ކަމަށް ބުނެފައި މިވަނީ ގިނަ ޤައުމު ތަކަކުން އެކަމަށް ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އެ މިސްކިތް ބެލުމާއި ހަވާލުވެގެން ހުންނެވި ޖޯޑަން އާއި އަރަބި ޤައުމުތަކުންވެސް ވަނީ އެއީ ބޮޑު ނުރައްކަލެއް ކަމެއް ބުނެ ވަގުތުން އެތަން ހުޅުވަން ގޮވާލާފައެވެ. އަދި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވަނީ ނަތެންޔާހޫ އަށް ފޯނުން ގުޅައި، މިސްކިތް ހުޅުވައި ދިނުމަށް އެދިފައިކަންވެސް ފާހަގަކޮށްލެވެއެވެ.

ADS BY THE PIZZA MANIA

އިސްރާއިލުން އަންނަނީ ނުހައްގުން ފަލަސްތީނުގެ ބިންތައް ފޭރިގަނެ، ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ މުސްލިމުންތަކެއް ޝަހީދު ކުރަމުންނެވެ. އޭގެ ތެރޭގައި ކުށެއް ނެތް މައުސޫމް ކުޑަކުދިންވެސް ހިމެނެއެވެ.

ADS BY ASTERS

2 ކޮމެންޓް

  1. މަގޭ ހިތަށްއަރާ މި އިސްރާއިލް މީހުންގެ ލަދު ހަޔާތް ކޮބާބާވައޭ އިންސާނީ ހައްގޭ ކިޔާފަ އަނގަ ފުޅާކުރަން. ތިމާމެން ބުރީގައި އޮތް ގުއިފޯލި ފުރަތަމަ ސާފް ކޮށްބަލަ. މި ދިވެހި ރާއްޖެ އޭ ކިޔާފަވެސް އަނގަ ފުޅާ ކުރިޔޭ. މަހަމަ ހިނިއަންނަނީ

  2. الحمد لله