19:27 އަމީން ފަހްމީ

ބިންހެލުން އައިތާ 10 ގަޑިއިރު ވީއިރުވެސް ސުނާމިގެ އިންޒާރު ކެންސަލް ކޮށްފައެއް ނުވޭ.

ޕެސިފިކް ސުނާމީ ސެންޓަރުން ނެރުނު 12 ވަނަ ސުނާމީ ނޯޓިސްގައިވެސް ވަނީ އަދިވެސް ސުނާމީ އެރުމުގެ ފުރުސަތު އެބައޮތްކަމަށް.

18:42 އަމީން ފަހްމީ

ބިންހެލުމާއި ގުޅިގެން މަރުވި މީހުންގެ އަދަދު 29 އަށް އަރައިފި.

17:01 ހަސަން ރަޝީދު

ބިންހެލުމާ ގުޅިގެން މަރުވި މީހުންގެ އަދަދު 15 އަށް އަރައިފި.

16:00 ހަސަން ރަޝީދު
ADS BY SHEESHA

ބިންހެލުމަށްފަހު މެކްސިކޯއަށް މިހާތަނަށް 62 ލޮޅުން އައިސްފި.

15:29 ހަސަން ރަޝީދު
ADS BY SHEESHA

ބިންހެލުމަށްފަހު އެތަށް އިރެއް ވީއިރުވެސް ސުނާމީގެ އިންޒާރު އަދި ކެންސަލްކޮށްފައެއް ނުވޭ.

13:50 ހަސަން ރަޝީދު
ADS BY SHEESHA

މިއީ ފާއިތުވި އެއް ގަރުނުގެ ތެރޭގައި މެކްސިކޯއަށް އައި އެންމެ ބާރުގަދަ ބިންހެލުން. މީގެކުރިން 1985 ވަނަ އަހަރު 8.1 ގެ ބާރުމިނުގައި އައި ބިންހެލުމުގައި 10،000 މީހުން މަރުވި.

13:47 ހަސަން ރަޝީދު

ބިންހެލުމުގެ ބާރުމިން މިހާރު ވަނީ 8.2 އަށް މަތިކޮށްފައި.

13:46 ހަސަން ރަޝީދު
ADS BY SHEESHA

ބިންހެލުމާ ގުޅިގެން މަރުވި މީހުންގެ އަދަދު ހަޔެކަށް އަރައިފި.

12:33 އާދަމް ނަވާޒް

ސުނާމީގެ އިންޒާރު މިހާތަނަށް 43 ގައުމަކަށް ވަނީ ދީފައި. އޭގެތެރޭގައި އިންޑޮނޭޝިއާ، ޖަޕާން، ފިލިޕީންސް، ޗައިނާ، އޮސްޓްރޭލިއާ. މިގައުމުތަކަށް އަރާނެ ކަމަށް ލަފާކޮށްފައި ވަނީ 0.3 މީޓަރުގެ ސުނާމީއެއް. އެހެންކަމުން އޭގެ ސަބަބުން މާބޮޑު ގެއްލުމެއް ލިބިދާނެ ކަމަކަށް ނުބެލެވޭ.

12:26 އާދަމް ނަވާޒް

މެކްސިކޯ އަށް ތިން މީޓަރަށް (10 ފޫޓަށް) ވުރެ އުސް ސުނާމީއެއް ވެސް އަދި އަރާފާނެ ކަމުގެ އިންޒާރު ވަނީ ދީފައި.

12:03 ހަސަން ރަޝީދު

ބިންހެލުމާ ގުޅިގެން ފަސް މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި.

11:59 ހަސަން ރަޝީދު
ADS BY SHEESHA

ސުނާމީގެ ރާޅުތައް މެކްސިކޯއަށް އަރަން ފަށާފައިވާ ކަމަށް ޕެސިފިކް ސުނާމީ ވާނިން ސެންޓަރުން ބުނެފި. އެގޮތުން މިހާތަނަށް އެރި އެންމެ ބޮޑު ރާޅުގެ އުސްމިނުގައި 2.3 ފޫޓު ހުރި ކަމަށް ބުނެފައިވޭ.

11:47 ހަސަން ރަޝީދު

11:38 ހަސަން ރަޝީދު

ސުނާމީގެ އިންޒާރު ބައެއް އެހެން ގައުމުތަކަށް ވެސް މިހާރު ވަނީ ނެރެފައި. އޭގެތެރޭގައި ޗައިނާ އާއި އޮސްޓްރޭލިއާ އާއި ޖަޕާން އާއި އިންޑޮނީޝިއާ ފަދަ ގައުމުތައް ހިމެނޭ.

11:26 ހަސަން ރަޝީދު

ބިންހެލުމާ ގުޅިގެން މެކްސިކޯގެ ޗިއާޕަސް ސްޓޭޓުން ދެ މީހަކު މަރުވެފައިވާ ކަމަށް އެގައުމުގެ އިންޓީރިއާ މިނިސްޓަރު ވިދާޅުވެއްޖެ.

11:24 ހަސަން ރަޝީދު

ބިންހެލުމުގެ އަސަރު ގުއަޓަމާލާއަށް ވެސް ކޮށްފައިވާއިރު އެގައުމުގެ ރައީސް ޖިމީ މޮރާލޭސް ވަނީ އެމެޖެންސީ ޓީމުތަކުން ލިބިފައިވާ ގެއްލުންތައް ބަލަމުންދާ ކަމަށް ވިދާޅުވެފައި. އަދި އެގައުމުގެ ބައެއް މީޑިޔާތަކުން ވަނީ ބިންހެލުމާ ގުޅިގެން މީހަކު މަރުވެފައިވާ ކަމަށްވެސް ރިޕޯޓުކޮށްފައި.

11:23 ހަސަން ރަޝީދު
ބިންހެލުމާ ގުޅިގެން މެކްސިކޯގެ އެއާޕޯޓަކަށް ލިބިފައިވާ ގެއްލުންތައް

11:19 ހަސަން ރަޝީދު

ޕެސިފިކް ސުނާމީ ވާނިން ސެންޓަރުން ހާމަކުރާ ގޮތުގައި ކަނޑުގެ ލޮނުގަނޑަށް ވުރެ ތިން މީޓަރު އުސް ސުނާމީގެ ރާޅުތަކެއް މެކްސިކޯއަށް އެރުމަކީ އެކަށީގެންވާ ކަމެއް.

11:18 ހަސަން ރަޝީދު
ADS BY SHEESHA

މިހާތަނަށް ލިބިފައި ހުރި ޑާޓާތަކަށް ބަލާއިރު މި ބިންހެލުމާ ގުޅިގެން ގެއްލުން ބޮޑު ސުނާމީއެއް ބައެއް ހިސާބުތަކަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައި.

11:12 ހަސަން ރަޝީދު

ބިންހެލުމާ ގުޅިގެން ސުނާމީގެ ރާޅުތައް އުފެދިއްޖެ.

11:06 ހަސަން ރަޝީދު
ބިންހެލުމާ ގުޅިގެން އާއްމުން އިމާރާތްތަކުން ނިކުމެ މަގުމަތީގައި

11:04 ހަސަން ރަޝީދު

މި ބިންހެލުމަށްފަހު ވެސް މެކްސިކޯއަށް އިތުރު ކުދި ބިންހެލުންތަކެއް މިއަދު ވަނީ އައިސްފައި.

11:03 ހަސަން ރަޝީދު

ބިންހެލުމުގެ ބާރުމިން މިހާރު ވަނީ 8.1 އަށް ބަދަލުކޮށްފައި.

10:59 ހަސަން ރަޝީދު

މެކްސިކޯއަށް މިއަދު އައި ބިންހެލުމަކީ 1985 ވަނަ އަހަރަށްފަހު އެގައުމަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ.

10:58 ހަސަން ރަޝީދު
ބިންހެލުމާ ގުޅިގެން މެކްސިކޯގެ ޝޮޕިން މޯލްއަކަށް ލިބިފައިވާ ގެއްލުން

މެކްސިކޯއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނާ ގޮތުގައި މި ބިންހެލުން އައިސްފައި ވަނީ ރެކްޓާ މިންގަނޑުން 8.0 މެގްނެޓިއުޑްގެ ބާރުމިނުގައެވެ.

މި ބިންހެލުން އައިސްފައިވަނީ މެކްސިކޯގެ ދެކުނުގައި އޮންނަ ޗިއާޕާސް ސްޓޭޓަށެވެ.

މި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ވެސް މިހާރު ވަނީ ނެރެފައެވެ.

ބިންހެލުމާ ގުޅިގެން މެކްސިކޯގެ އިތުރުން އެހެން ގައުމުތަކަށް ވެސް މިހާރު ވަނީ ސުނާމީގެ އިންޒާރު ނެރެފައެވެ. އެގޮތުން ސުނާމީގެ އިންޒާރު ނެރެފައިވާ ގައުމުތަކަކީ އިކުއެޑޯ އާއި ނިކަރާގުއާ އާއި ޕެނަމާ އާއި ގުއަޓަމާލާ އާއި ހޮންޑިއުރަސް އާއި އެލް ސަލްވަޑޯގެ އިތުރުން ކޮަސްޓަރީކާއެވެ.

ބިންހެލުމާ ގުޅިގެން މެކްސިކޯގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިފައިވާއިރު ގިނަ އަދަދެއްގެ މީހުން އިމާރާތްތަކުން ނިކުމެ މިހާރު ތިބީ މަގުމަތީގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

6 ކޮމެންޓް

  1. ރަނގަޅު

  2. ތިވާނީ ބަރުމާއަށް ބިންހެލުން އައުމުގެ ކޮޅުމަތި ކަމަށް. ތިރަށުގައި ލައްކަ އަންހެނުން ތިބޭނެ ޖީންސް ލާގެން ވެސް.

  3. ސުބްޙާނަﷲ

  4. ޥަރަ ދެރަ

  5. ޥަރަށް ދެރަ