01:02

ފަލަސްތީނުގެ މިނިވަންކަމުގެ ހައްޤުގައި ޖިހާދުކުރާ މުޖާހިދުންނާއި ހައްދުފަހަނަ އަޅައިފައިވާ ޔަހޫދީންގެ ދައުލަތާއި ކުރަމުންދާ ހަނގުރާމައިގައި، ޔަހޫދީ ދައުލަތުގެ އަވަށަކުން މަރާލާފައިވާ 108 މީހެއްގެ ހަށިގަނޑު ފެނިއްޖެ.

ޔަހޫދީ ދައުލަތުގެ އަވަށަކުން މަރާލާފައިވާ 108 މީހެއްގެ ހަށިގަނޑު ފެނިއްޖެ!

 

01:01

ފަލަސްތީނުގެ މިނިވަންކަމުގެ ހައްޤުގައި ޖިހާދުކުރާ މުޖާހިދުންނާއި ހައްދުފަހަނަ އަޅައިފައިވާ ޔަހޫދީންގެ ދައުލަތާއި ކުރަމުންދާ ހަނގުރާމައިގައި ޝަހީދުވި މުސްލިމުންގެ އަދަދު 704 އަށް އަރައިފި.

ޝަހީދުވި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 704 އަށް އަރައިފި!

 

23:49

ޔޫރަޕިއަން ޔޫނިއަނުން ޣައްޒާއަށް ދެމުން އައި އެހީތައް ގަޑިއިރަކަށް ހުއްޓާލުމަށްފަހު އަލުން ދޭން ފަށައިފ.

އީޔޫއިން ހުއްޓާލި އެހީތައް އަނބުރާ ޣައްޒާއަށް ދޭން ފަށައިފި

23:04

އިސްރާއީލާއި ހަމާސް ޖަމާއަތާއި ދެމެދު ކުރަމުން އަންނަ ހަނގުރާމައިގެ ތެރެއިން ހައްޔަރު ކޮށްފައިވާ އިސްރާއީލުގެ ޔަހޫދީން މަރާލާނެ ކަމުގެ އިންޒާރު ހަމާސް ޖަމާއަތުން ދީފި.

ހައްޔަރު ކޮށްފައިވާ ޔަހޫދީން މަރާލާނެ ކަމުގެ އިންޒާރު ދީފި

22:55

ފަލަސްތީނުގެ ޣައްޒާ އާއި ޔަހޫދީ ދައުލަތާއި ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައިގައި މަރުވި ޔަހޫދީންގެ އަދަދު 900 އަށް އަރައިފި.

މަރުވި ޔަހޫދީންގެ އަދަދު 900 އަށް އަރައިފި

22:52

ޣައްޒާއިން ހައްޔަރު ކޮށްފައި ތިބި ޔަހޫދީން މަރުވިއަސް ޣައްޒާއަށް ހަމަލާދޭނެ ކަމަށް އިސްރާއީލުން ބުނެފި.

ހައްޔަރު ކުރި ޔަހޫދީ މީހުން މަރުވިއަސް މައްސަލައެއް ނެތް- އިސްރާއީލް

22:30

ކުރިއަށް އޮތް 48 ގަޑިއިރު ތެރޭ އިސްރާއީލުގެ ޔަހޫދީން އެއްގަމު މަގުން ޣައްޒާއަށް އަރައިގަންނާނެ ކަމަށް އިސްރާއީލުން ބުނެފި.

48 ގަޑިއިރު ތެރޭ ޔަހޫދީން އެއްގަމު މަގުން ޣައްޒާއަށް އަރައިގަންނާނެ

21:54

އިސްރާއީލުގައި ތިބި ޔަހޫދީންނަށް ހަމަލާދޭނެ ކަމުގެ އިންޒާރު ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން ދީފ.

ޔަހޫދީންނަށް ހަމަލާދޭނެ ކަމުގެ އިންޒާރު ހިޒްބުﷲ އިން ދީފި

21:42

ޣައްޒާއިން އިސްރާއީލުގެ ސިޓީއެއް ކަމަށްވާ ސެޑްރޯޓަށް ދިން ހަމަލާއެއްގައި އެސިޓީގެ ފެކްޓަރީއެއްގައި ރޯވެ އަނދަން ފަށައިފި.

ޣައްޒާގެ ހަމަލާއެއްގައި ސެޑްރޯޓްގެ ފެކްޓަރީއެއް އަނދާ އަޅިއަށް ވަނީ

21:17

އިސްރާއީލް ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން މިހާތަނަށް އައިއިރު ޣައްޒާ އިން 560 މީހުން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ބުނެފި.

ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 560 އަށް

 

21:04

އިސްރާއީލުން ލުބުނާނަށް ދިން ހަމަލާގައި ހަޒްބުއްﷲގެ މީހަކު މަރާލާފައިވާ ކަމަށް މީޑިއާ ތަކުން ރިޕޯޓް ކޮށްފި

20:27

ހަމާސްއަކީ މުޅި ފަލަސްތީނުގެ އާބާދީ ރަމްޒުކޮށްދޭ ބައެއް ނޫން ކަމަށް ޔޫރަޕިއަން ޕާލިމަންޓްގެ މެމްބަރެއް ކަމަށްވާ އެވިން އިންސިއާ ބުނެފި.

އޭނާ އެގޮތަށް ބުނެފައިވަނީ ޔޫރަޕިއަން ޔޫނިއަންއިން ތަފާތު ކުރުންތައް ގެންގުޅެ ފަލަސްތީނަށް ދެމުން އައި އެހީތައް ހުއްޓާލުމާއި ގުޅިގެން.

 

20:07

އިސްރާއީލުން މީގެ ކުޑައިރުކޮޅެއް ތެރޭ، ބެއިތް ހަނޫން، ސަޖައިޔާ، އެލް ފުރްގާން އަދި އިމާލްއަށް ވަނީ ހަމަލާ ދީފަ.

 

19:30

އިސްރާއީލުން ލުބުނާނަށް ހަމަލާތަކެއް ދޭން ފަށައިފ.

އިސްރާއީލުން ލުބުނާނަށް ހަމަލާދޭން ފަށައިފި

 

19:18

ޣައްޒާގައި ތިބީ "ޖަނަވާރުންތަކެއް" ކަމަށް ޔަހޫދީ ޑިފެންސް މިނިސްޓަރ، ޔޯވް ގަލަންޓް ބުނެފި.

ޣައްޒާގައި ތިބީ "ޖަނަވާރުންތަކެއް"- ޔަހޫދީ ޑިފެންސް މިނިސްޓަރ

19:08

އިސްރާއީލުން ހުޅަނގު އައްސޭރިއަށް ދިން ހަމަލާއެއްގައި ފަލަސްތީނުގެ 10 މީހަކު ޒަހަމްވެފައިވާ ކަމަށް ރެޑް ކްރެސެންޓުން ބުނެފި.

އެ ހަމަލާ ފެނުނު މީހަކު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެ ހަމަލާގައި ފަލަސްތީނުގެ ފަސް މީހެއްގެ ގަޔަށް ބަޑި ޖަހާފައިވާ ކަމަށް.

19:05

އިސްރާއީލާއި ހަމާސް އިން ކުރަމުންދާ ހަނގުރާމައިގެ އަސްލަކީ އިސްރާއީލުން ކަންކަން ކުރި ގޮތް ކަމަށް އިސްރާއީލުގެ ނޫސްވެރިއަކު ބުނެފި.

އޭނާ ބުނި ގޮތުގައި އިސްރާއީލް މީހުންނަށް ވިސްނިފައި އޮންނަ ގޮތުން އެމީހުން ކުރާ ކަމެއްގެ ބަދަލެއް ނާންނާނެ.

18:58

ފަލަސްތީނާ އިސްރާއީލާ ދެމެދު މިހާރު ހިނގަމުންދާ ހަމަލާ ބަދަލުކުރުންތަކާއި ގުޅިގެން ފަލަސްތީނުގައި އެކި ގޮތްގޮތުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެހީތެރިކަން ހޯދަން ދިވެހިން ހުޅުވާލި ފަންޑަށް އެއްދުވަސްތެރޭ އެއް މިލިއަން ރުފިޔާ ލިބިއްޖެ.

ފަލަސްތީނަށް އެހީވުމަށް ހުޅުވާލި ފަންޑަށް އެއްދުވަސްތެރޭ މިލިއަން ރުފިޔާ

18:49

އިސްރާއީލުން ހުޅަނގު އައްސޭރި ބަންދު ކޮށްފި.

2.8 މިލިއަން ފަލަސްތީނުން ދިރިއުޅެމުން އަންނަ ހުޅަނގު އައްސޭރި އިސްރާއީލުން ބަންދު ކޮށްފައިވަނީ ހަމާސް އާއި އިސްރާއީލުން ކުރަމުން އަންނަ ހަނގުރާމައާއި ގުޅިގެން.

ހުޅަނގު އައްސޭރީގައި ތިބި ފަލަސްތީނުގެ ރައްޔިތުން ބުނެފައިވަނީ އަވަށްތަކަށް ވަންނަ ގޭޓުތަކާއި ބައެއް ތަންތަން ދަގަނޑު ގޭޓާއި، ސިމެންތި ގަލުން ބަންދު ކޮށްފައިވާ ކަމަށް.

18:29

ޔޫރަޕިއަން ޔޫނިއަނުން ފަލަސްތީނަށް އެހީ ދިނުން ހުއްޓާލައިފި.

އީޔޫއިން ފަލަސްތީނަށް އެހީ ދިނުން ހުއްޓާލައިފި

 

17:09

ފަލަސްތީނުގެ ޢައްޒާގައި ދިރިއުޅެމުންދާ މުސްލިމުންނާއި ދެކޮޅަށް ޔަހޫދީ ދައުލަތުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް އެމްޑީޕީން ކުއްވެރިކޮށްފި

ޔަހޫދީންގެ ލާއިންސާނީ ޖަރީމާ އެމްޑީޕީން ކުއްވެރިކޮށްފި

16:51

ޔަހޫދީ ދައުލަތުން ފަލަސްތީނުގެ ޣައްޒާއިން ފެނުގެ ހިދުމަތް މެދުކަނޑާލައިފި.

ޔަހޫދީން ޣައްޒާއިން ފެނުގެ ހިދުމަތް މެދުކަނޑާލައިފި

16:38

ފަލަސްތީނުގެ ޣައްޒާ އާއި ޔަހޫދީ ދައުލަތާއި ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައިގައި މަރުވި ޔަހޫދީންގެ އަދަދު 800 އަށް އަރައިފި.

މަރުވި ޔަހޫދީންގެ އަދަދު 800 އަށް އަރައިފި

16:21

ތެލްއަވީވްގެ ދެކުނުގައި ވާ މެދުތެރޭގެ ސިޓީތައް ކަމަށްވާ ހޮލޯން އާއި ރިޝޯން ލެޒިއޯންއަށް ރޮކެޓް ހަމަލާތައް އަމާޒުވަމުންދާ ކަމުގެ އެލާޓްތަކެއް ނެރެފި.

16:20

ޣައްޒާއަށް ފެން ކަނޑާލުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށް ޔަހޫދީ ދައުލަތުގެ އެނާޖީ މިނިސްޓަރ އިޒްރޭލު ކާޓްޒް ބުނެފި

"ޔަހޫދީ ދައުލަތުން ޣައްޒާއަށް ފޯރުކޮށްދޭ ފެނުގެ ހިދުމަތް ވަގުތުން ކަނޑާލުމަށް އަޅުގަނޑު ވާނީ އަންގާފައި.".

16:18

ޔަހޫދީ ދައުލަތުގެ އުތުރުގެ ސަރަހައްދަށް ރޮކެޓް ހަމަލާތަކެއް އަންނަ ކަމަށް ސައިރަންތައް އިވެމުންދާ ކަމަށް އެ ގައުމުގެ މީިޑިއާއިން ބުނެފި

މިގޮތުން މެވޯއޮޓް ހެހެރްމޮން ރީޖަނަލް ކައުންސިލާއި ޔަފްތާހު އަދި ރާމޯތު ނަފްތާލީގެ އަވަށްތަކުގައި އެލާމްގެ އަޑު ގަދަވަމުންދާ ކަމަށްވެސް ބުނެފައިވޭ.

16:16

ޔަހޫދީން ފަލަސްތީނުގެ ޣައްޒާގެ ކޭމްޕްއަކަށް ދިން ހަމަލާއެއްގައި 50 މީހުން ޝަހީދުކޮށްލައިފި.

ޣައްޒާގެ ކޭމްޕަކަށް ހަމަލާދީ 50 މީހުން ޝަހީދުކޮށްލައިފި

16:02

ޖަރުމަނުން ފަލަސްތީނަށް ދޭ އެހީ މެދުކަނޑާލާފައިވާ ކަމަށް ބުނެފި

ޖަރުމަނުން ފަލަސްތީނަށް އެހީ ދިނުން ހުއްޓާލައިފި

15:44

ފަލަސްތީނުގެ ޣައްޒާއާއި ޔަހޫދީ ދައުލަތާއި ދެމުދެގައި މިހާރު ކުރަމުން އަންނަ ހަމަލާ ބަދަލު ކުރުންތަކުގައި ޣައްޒާއަށް ދިން ހަމަލާއެއްގައި ޔަހޫދީ 4 ސިފައިން މަރުވެއްޖެ.

ޣައްޒާއަށް ދިން ހަމަލާއެއްގައި ޔަހޫދީ ހަތަރު ސިފައިން މަރުވެއްޖެ

15:11

ފަލަސްތީނުގެ ޣައްޒާގައި ތިބި މީހުންނަށް ކާން ނުދީ ބައިތިއްބަން ނިންމާފައިވާ ކަމަށް އިސްރާއީލުން ބުނެފި.

14:57

އިސްރާއީލްގެ ހަމަލާތަކުގައި އަނިޔާވި މީހުން އެމްބިއުލަންސް އަށް އަރުވަނީ.

14:41

ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރާއީލްގެ ތެލް އަވީވް އަށާއި ގުދުސް އަށް ވަރުގަދަ ހަމަލާތަކެއް ދެންމެ ފޮނުވާލައިފި.

14:35

އިސްރާއީލް އަސްކަރިއްޔާގެ 300،000 ރިޒާވް ސިފައިން ހަނގުރާމައަށް ނެރުމަށް އިސްރާއީލުން ނިންމައިފި.

14:32

ޣައްޒާގެ ބޯޑަރު ކައިރީގައި ހުރި އަވަށްތައް އިސްރާއީލް ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިސްރާއީލުން ބުނެފި. އެކަމަކު، އަދިވެސް އެ ސަރަހައްދުތަކުގައި ހަމާސްގެ މުޖާހިދުން އުޅެފާނެ ކަމަށް އިސްރާއީލުން ބުނޭ.

13:35

އިސްރާއީލްގެ އަސްކަރީ ޖެޓުތަކުން ދެންމެ ވެސް ޣައްޒާ ސިޓީ އަށް ބޮން އަޅައިފި.

13:34

ގުދުސް ނިއުސް ނެޓްވޯކް: މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މިހާތަނަށް އައިއިރު ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ 15 މީހަކު ވަނީ ޝަހީދުކޮށްލާފައި.

13:14

އިސްރާއީލަށް އަމާޒުކޮށް، ޣައްޒާ އިން ދެންމެ ވެސް ގިނަ އަދަދެއްގެ ރޮކެޓް ހަމަލާތައް ފޮނުވާލާފައިވާ ކަމަށް އަލްޖަޒީރާ އިން ބުނެފި. މީގެއިތުރުން އިސްރާއީލްގެ ސިޓީއެއް ކަމަށްވާ ސީރޫތުގައި ވަރަށް ވަރުގަދަ އަށް ހަމަލާތައް ބަދަލު ކުރެވެމުންދާ ކަމަށް މައުލޫމާތު ލިބޭ.

13:13

އިސްރާއީލުން ދަނީ ހުއްޓުމެއް ނެތި ޣައްޒާ އަށް މިސައިލާއި އެ ނޫން ވެސް ހަމަލާތައް ދެމުން.

13:12

އިސްރާއީލްގެ އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް ބޮން އަޅައި ފަލަސްތީނުގެ އެއް އާއިލާއެއްގެ 14 މީހުން ޝަހީދުކޮށްލައިފި.

12:50

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމައާތުގެ މުޖާހިދުން އަދިވެސް އިސްރާއީލަށް ވަންނަމުންދާ ކަމަށް ޔަހޫދީ ސިފައިން ބުނެފި.

 

 

12:46

ފަލަސްތީނުގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިސްރާއީލްގެ ސިޓީއެއް ކަމަށްވާ ސީރޫތަށް ވަދެ ގިނަ ބަޔަކު މަރާލައިފި.

12:41

ފަލަސްތީނުގެ ހަމާސް ޖަމާއަތުން ދެމުން ގެންދާ ވަރުގަދަ ހަމަލާތަކާ ގުޅިގެން އިސްރާއީލް ދޫކޮށްދާ ޔަހޫދީންގެ އަދަދު އިތުރުވާން ފަށައިފި.

12:29

ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރާއީލަށް އަމާޒުކޮށްދެމުން އަންނަ ހަމަލާތަކުގައި އިސްރާއީލް ސިފައިންގެ 73 މީހުން މަރާލައިފި.

12:20

އިސްރާއީލަށް އަމާޒުކޮށް ދިން ރޮކެޓް ހަމަލާއެއްގައި ތަނަކަށް ގެއްލުންވެފައި.
އިސްރާއީލަށް އަމާޒުކޮށް ދިން ރޮކެޓް ހަމަލާއެއްގައި ތަނަކަށް ގެއްލުންވެފައި.
އިސްރާއީލަށް އަމާޒުކޮށް ދިން ރޮކެޓް ހަމަލާއެއްގައި ތަނަކަށް ގެއްލުންވެފައި.
އިސްރާއީލަށް އަމާޒުކޮށް ދިން ރޮކެޓް ހަމަލާއެއްގައި ތަނަކަށް ގެއްލުންވެފައި.

11:59

އިސްރާއީލްގެ އިތުރު ބަޔަކު ރަހީނުންގެ ގޮތުގައި އަތުލައިގެންފައިވާ ކަމަށް ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން ބުނެފި.

11:50

އިސްރާޢީލްގެ މިއުޒިކް ފެސްޓިވަލް ތެރެއިން މަރާލި މީހުންގެ އަދަދު 260 އަށް އަރައިފި. މި އަދަދު އަދިވެސް އިތުރުވުން އެކަށީގެންވާ ކަމަށް ރިޕޯޓުތައް ބުނޭ.

11:38

އިސްރާއީލުން ފާއިތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ ޣައްޒާ އަށް ދީފައިވާ ހަމަލާތަކާ ގުޅިގެން ލިބިފައިވާ ގެއްލުންތައް.

11:00

ޣައްޒާގައި ހުރި މިސްކިތެއް ބިމާ ހަމަކޮށްލާފައި.
ޣައްޒާގައި ހުރި މިސްކިތެއް ބިމާ ހަމަކޮށްލާފައި.
ޣައްޒާގައި ހުރި މިސްކިތެއް ބިމާ ހަމަކޮށްލާފައި.
ޣައްޒާގައި ހުރި މިސްކިތެއް ބިމާ ހަމަކޮށްލާފައި.

10:44

ހައްދުފަހަނައަޅާފައިވާ އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް ކެމިކަލް ހަތިޔާރު ބޭނުން ކުރާ ކަމަށް ފަލަސްތީނުން ތުހުމަތުކޮށްފި.

10:37

ފަލަސްތީން ރައްޔިތުންނާ އެކު ތިބި ކަން ހާމަކުރުމަށް ދެކުނު އެފްރިކާގައި މުޒާހަރާ ކުރަމުން އެބަދޭ.

10:36

އިސްރާއީލްގެ ހެލްތު މިނިސްޓްރީން ބުނީ މިހާތަނަށް އައިއިރު، 2،382 މީހުންނަށް އަނިޔާވެ، ހޮސްޕިޓަލްތަކުން ފަރުވާ ހޯދަމުންދާ ކަމަށް. 20 މީހަކު ސީރިއަސް ހާލަތުގައި އޮތް އިރު، 345 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނޭ.

10:35

އިސްރާއީލްގެ އަސްކަރިއްޔާ އިން ދެންމެ ބުނީ ސިފައިން ރޭގައި އެކަނި ވެސް ޣައްޒާގެ 500 ތަނަކަށް ހަމަލާދީފައިވާ ކަމަށް. އިސްލާމިކް ޖިހާދާއި ހަމާސްގެ ތަންތަނަށް ހަމަލާ ދިނުމުގައި ހަނގުރާމަމަތީ ޖެޓްތަކާއި ހެލިކޮޕްޓަރާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްފައިވާ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނޭ.

 

10:33

ތައިލެންޑްގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެ ގައުމުގެ 12 މީހަކު އިސްރާއީލްގައި މަރާލާފައިވާ ކަމަށް. އަދި ތައިލެންޑްގެ 11 މީހަކު ރަހީނުކޮށްފައިވާ ކަމަށް ވިދާޅުވި. އިސްރާއީލްގައި ތިބި ތައިލެންޑަށް އުފަން މީހުންނަށް އެހީތެރިވުމުގެ މަސައްކަތް ކުރައްވާ ކަމަށް އޮފިޝަލް ވިދާޅުވި.

10:27

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ދެންމެ ބުނީ މިހާތަނަށް އައިއިރު، ފަލަސްތީނުގެ 436 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް. އޭގެ ތެރޭގައި 91 ކުޑަކުދިންނާއި 61 އަންހެނުން ހިމެނޭ ކަމަށް ހެލްތު މިނިސްޓްރީން ބުނޭ. އިސްރާއީލްގެ ހަމަލާތަކުގައި 2،271 މީހުން ވަނީ ޒަހަމްވެފައި.

 

10:21

އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިން ވައިގެ މަގުން ބޮން އަޅައި ފަލަސްތީނުގެ ޣައްޒާގައި ހުރި މިސްކިތެއް ފުނޑުފުނޑުކޮށްލައިިފި.

09:49

އޭޝިއާގެ ބައެއް ގައުމުތަކުގެ އެއާލައިންތަކުން އިސްރާއީލް އަށް ކުރަން ހުރި ޝެޑިއުލް ދަތުރުތައް ކެންސަލްކޮށްފި.

09:48

ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްވެ އޮވެ އިސްރާއީލަށް ދެމުން އަންނަ ހަމަލާތަކަށް އެހީތެރިވެދިން ކަމަށް ދެކެވޭ ވާހަކަ އިރާނުން ދޮގުކޮށްފި.

09:36

ފަލަސްތީނާއި އިސްރާއީލާ ދެމެދު މިހާރު ހިނގަމުން އަންނަ ހަމަނުޖެހުންތަކުގައި އިސްރާއީލްގެ 30 އަށް ވުރެ ގިނަ މީހުން ރަހީނުކޮށްފައިވާ ކަމަށް ފަލަސްތީން ރައްޔިތުންގެ ދިފާއުގައި މަސައްކަތް ކުރާ ޖަމާއަތެއް ކަމަށްވާ އިސްލާމިކް ޖިހާދުން ބުނެފި.

09:17

އިސްރާއީލްގެ ދެކުނުގެ ސަރަހައްދުގައި ފަލަސްތީންގެ ހަމާސް ޖަމާއަތާއި އިސްރާއީލްގެ ސިފައިންނާ ދެމެދު ހަމަލާ ބަދަލު ކުރުންތައް ކުރިއަށްދާ ކަމަށް ރިޕޯޓުތައް ބުނޭ. ރިޕޯޓުތައް ބުނާ ގޮތުގައި މި ހަމަލާތަކުގައި އިސްރާއީލްގެ ކޮމާންޑަރަކަށް ވަނީ އަނިޔާ ލިބިފައި.

އިސްރާއީލުން މަސައްކަތް ކުރަނީ މި ތަންތަނުގެ ކޮންޓްރޯލް އަލުން ހޯދުމަށް.

09:15

އިސްރާއީލުން ވައިގެ މަގުން ޣައްޒާ އަށް ފޮނުވާލި ހަމަލާތަކުގައި މިހާތަނަށް އައިއިރު، 123،538 މީހުން އަމިއްލަ ގެދޮރު ދޫކޮށް ނުކުންނަން ޖެހިފައިވާ ކަމަށް އދ. ގެ ހިއުމެނިޓޭރިއަން ރިލީފް އެޖެންސީ އިން ބުނެފި. އެ ތަނުން ބުނީ އަމިއްލަ ގެދޮރުން ނުކުންނަން ޖެހުނު މީހުން މިހާރު ތިބީ 64 ސްކޫލެއްގައި ކަމަށް.

އިސްރާއީލްގެ ހަމަލާތަކުގައި، ވަރަށް ގިނަ އިމާރާތްތަކެއް ވަނީ ފުނޑު ފުނޑުވެފައި. އަދި ބޮޑެތި ޓަވަރުތަކާއި މީހުން ދިރިއުޅޭ އެޕާޓްމަންޓްތައް ވެސް ހިމެނޭ. އެ ތަނުން ބުނި ގޮތުގައި 159 ހައުސިން ޔުނިޓް ވަނީ ހަލާކުވެފައި. އަދި 1،210 ހައުސިން ޔުނިޓަށް އެކިއެކި ގެއްލުން ލިބިފައިވޭ.

09:12

ހަމާސް އިން އިސްރާއީލްގެ އަޝްކެލޮން އަށް ފޮނުވާލި ރޮކެޓް ހަމަލާއެއްގައި އިސްރާއީލްގެ އުމުރުން އަށް އަހަރުގެ އިސްރާއީލް ކުޑަ ކުއްޖަކަށް އަނިޔާވެއްޖެ.

05:04

ޣައްޒާގެ ރަފާހްގައި ހުންނަ ބަށިޓް ކޭމްޕަށް އިސްރާއީލުން ހަމަލާއެއް ދީފި. މި ހަމަލާގައި ބަޔަކު ޝަހީދުވި ކަމެއް އަދި މީޑިއާއަކުން ކަށަވަރު ކޮށްދީފައެއް ނުވޭ. ނަމަވެސް ސުންނާފަތިވެފައިވާ އިމާރާތެއްގެ ދަށުން 11 މީހެއްގެ ހަށިގަނޑު ވަނީ ނެރެފަ.

04:57

އިސްރާއީލުން ޣައްޒާއަށް ވައިގެ މަގުން ދިން ހަމަލާ

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާ-- ފޮޓޯ: އޭއެފްޕީ
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާ-- ފޮޓޯ: އޭއެފްޕީ
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާ-- ފޮޓޯ: އޭއެފްޕީ

04:54

ޣައްޒާއިން އިސްރާއީލުގެ އެއާޕޯޓަކަށް ރޮކެޓް ހަމަލާތަކެއް ދޭން ފަށައިފި.

ޣައްޒާއިން އިސްރާއީލުގެ އެއާޕޯޓަކަށް ހަމަލާ ދެނީ

04:54

ފަލަސްތީނަށް މިނިވަންކަން ހޯދައި ދިނުމަށް އެ ގައުމުގެ ރައްޔިތުންގެ ހައްގުގައި ހަނގުރާމަ ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިސްރާއީލުގެ އަންހެނަކު ރަހީނުކޮށް، ރަހީނުން ބަދަލު ކުރުމުގެ ހުށަހެޅުމެއް ހުށަހަޅައިފި.

ފަލަސްތީނުން އިސްރާއީލަށް، ރަހީނުން ބަދަލު ކުރުމުގެ ހުށަހެޅުމެއް

04:54

ހަމާސް ޖަމާއަތާއި އިސްރާއީލުން ކުރަމުން އަންނަ ހަނގުރާމައިގެ ތެރެއިން ހަމާސްއިން ރަހީނުކޮށްފައިވާ އިސްރާއީލް މީހުން، އެކަކު އަނެކަކަށް ހަމަލާދީ މަރަން ފަށާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފި.

އިސްރާއީލުން އަމިއްލަ ސިފައިން މަރަން ފަށައިފި

04:54

ޔަހޫދީން ލަވަކިޔާ ނަށަން ތިބި ފެސްޓިވަލަކަށް ހަމާސް ޖަމާއަތުން ހަމަލާދީ 250 މީހަކު މަރާލައިފި.

ޔަހޫދީން ލަވަކިޔާ ނަށަން ތިބި ފެސްޓިވަލަކަށް ހަމަލާދީ 250 މީހަކު މަރާލައިފި

 

04:53

ޣައްޒާ ޑޮކްޓަރެއްގެ ދުލުން: ދާ ކޮންމެ ތާކުން ފެންނަނީ މަރު!

 

އިސްރާއީލަށް މިދިޔަ ހޮނިހިރު ދުވަހު ލިބިގެން ދިޔައީ ކުއްލި ސިހުމެކެވެ. އެދުވަހުގެ އިރު އެރުމާއި އެކީ، އެކި ސަރަހައްދުތަކަށް ވަނީ ރޮކެޓް ހަމަލާތަކެއް އަމާޒުވެފައެވެ. މި ރޮކެޓް ހަމަލާތަކަކީ ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުން ދެމުން އަންނަ އަނިޔާއާއި ދެކޮޅަށް، ބަދަލު ހިފުމުގެ ގޮތުން އެ ޖަމާއަތުން ފޮނުވާލާފައިވާ ހަމަލާތަކެކެވެ.

އިސްރާއީލާއި ހަމާސް ޖަމާއަތާއި ދެމެދު ހަމަލާ ބަދަލު ކުރުންތަކެއް ކުރަމުން އަންނަތާ މިއަދަށް ދެ ދުވަސް ވެފައިވާއިރު، އިސްރާއީލުން ރަސްމީކޮށް ހަނގުރާމަ އިއުލާނު ކޮށްފައިވަނީ މިއަދުއެވެ. އަދި އިސްރާއީލުން ވަނީ އެމީހުންދޭ ހަމަލާތައް ވެސް ވަރުގަދަ ކޮށްފައެވެ.

ނަމަވެސް ހަމާސް ޖަމާއަތުން އޮތީ ދޫދޭ ގޮތަކަށް ނޫނެވެ. މިއަދު ވެސް އެ ޖަމާއަތުން ވަނީ އިސްރާއީލުގެ އެއާޕޯޓަކަށް އަމާޒުކޮށް، 100 އަށްވުރެ ގިނަ ރޮކެޓް ހަމަލާތައް ދީފައެވެ. ހަމާސް އިން ފޮނުވާލި ބައެއް ރޮކެޓްތައް، އިސްރާއީލްގެ ސިޓީއެއް ކަމަށްވާ އަޝްކެލޮން އަށް އަމާޒުވެ، ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.

ހަނގުރާން ފެށުނު ފަހުން ހަމާސްއިން އިސްރާއީލަށް 7000 އަށްވުރެ ގިނަ ރޮކެޓް ހަމަލާތައް ވަނީ ދީފައެވެ.

މި ހަމަލާ ބަދަލު ކުރުންތަކުގައި މިހާތަނަށް އިސްރާއީލުގެ 700 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، ޣައްޒާއިން 400 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

އަޅުގަނޑުމެންގެ މި ބްލޮގުގައި މި ހަނގުރާމައާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ގެނެސްދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަޗާ

    ޖަނަވާރުންތަކެއް ތިބިކަން ޖަނަވާރުން ނަށް އެގުނީދޯ.ކުރިން ހީވެސް ނުކުރޭ.