ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކަށް ވެވަޑައިގަތުމަށް ކުރައްވާ މަސައްކަތް ކިތަންމެހާ ވެސް ބުރައެވެ. ރެއާއި ދުވާލު ނުނިދާ ހޭލާ ހުރެގެން ވެސް މަސައްކަތް ކުރަން ޖެހޭ ދުވަސްތަކެއް ވެސް ދިޔައެވެ. އުމުރު ދުވަހު ކުރެއްވި މަސައްކަތުން ކާމިޔާބީއަކާ ހަމައަށް ދެވޭ މެމްބަރުންނާއި ދެތިން މަސް ކުރިން ކެމްޕެއިން ފަށައިގެން ކާމިޔާބު ކުރައްވާ މެމްބަރުން ވެސް އެބަތިއްބެވިއެވެ. މަޖިލިހުގެ މެމްބަރު ކަމަށް ހޮވެން، އެ ބޭފުޅުން ބޭނުން ކުރައްވަނީ ވަރަށް މޮޅު "އުކުޅެކެވެ". މިދިޔަ އާދިއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ކާމިޔާބު ކުރެއްވި އިންތިހާބީ ހުރިހާ މެމްބަރުން ވެސް ކުރެއްވީ ބުރަ މަސައްކަތެކެވެ. އެ މަސައްކަތަށް ފަހުގައި އެ މެމްބަރުން މި ދުވަސްކޮޅު…