މީހުން އާންމުގޮތެއްގައި "ވަޓްސްއެޕް" އިން ނުދަންނަ މީހަކު މެސެޖްކުރުމުން އަޅާ ނުލައި ދޫކޮށްލަނީއެވެ. ބައެއް މީހުން އެ މެސެޖްކުރާ މީހަކު ބްލޮކްކޮށް، ދެން މެސެޖް ނުކުރުމަށް ބުނެ އިންޒާރު ވެސް ދެއެވެ. އެކަމަކު މިފަހަރު މިއޮތީ މުޅިން ތަފާތު ވާހަކައެކެވެ. މިގޮތަށް ފޮނުވުނު މެސެޖެއްގެ ސަބަބުން ހަޔާތަށް ބައިވެރިއަކު ލިބުނު މީހެއްގެ ވާހަކައެވެ.

ދެކުނު ލަންޑަނަށް އުފަން އުމުރުން 44 އަހަރުގެ މީކާއިލް އިވެންގަލޯ އަށް، ސިނަމާއަށް މޫވީއަކަށް ދިޔުމަށް ހަނދާންކޮށްދީ މެސެޖް ކުރެވުނީ ނުބައި ނަންބަރަކަށެވެ. ނުވެސް ދަންނަ މި އަންހެން ކުއްޖާއަށް ކުރެވުނު މެސެޖެއްގެ ސަބަބުން، ދެމީހުންގެ ދެމުދުގައި ވާހަކަތަކެއް ދެކެވި އެންމެ ފަހުން ކައިވެނިވެސް ކުރެވިގެން ދިޔައީއެވެ.

"ދެމީހުންވެސް ހަމަ އެކަކު ކުރާ މެސެޖްތަކަށް ރިޕްލައި ކުރަމުން ވާހަކަ ދައްކަމުން ދިޔައީ. އަހަރެން އެ ދުވަސްކޮޅު ސިންގަލް ނޫންނަމަ މިއަދު އަހަރެންގެ ހަޔާތަށް މީކާއިލް ނާންނާނެ ކަންނޭނގެ" މީކާއިލްގެ އަންހެނުން ޑަލްބެކް ބުނެފައިވެއެވެ.

މިދިޔަ އަހަރު ޑިސެމްބަރ މަހުގެ ހަތް ވަނަ ދުވަހު މި ދެމަފިރިންގެ ކައިވެނި ކުރެވިފައިވާއިރު، މާރިޗް މަހު އެދެމަފިރިން ދުބާއީއަށް ދިޔުމަށްވަނީ ހަމަޖެހިފައެވެ. އެއީ ޑަލްބެކްގެ 'މޭކަޕް ސްކޫލް' ލޯންޗްކުރުމަށެވެ.

"އަހަރެމެންގެ ވާހަކައިން އިބްރަތެއް ލިބޭނެ. އަހަރެންވެސް ލޯބީގައި ނާކާމިޔާބު ވުމުން މީކާއިލް އަހަރެންނަށް ހިތްވަރުދިނީ މެސެޖްކޮށްގެން" ލޯބީގައި ނާކާމިޔާބު ވިޔަސް ހިތްވަރު އެލުވާނުލުމަށް ބުނަމުން ޑަލްބެކް އިތުރަށް ބުނެފައިވެއެވެ.

މި ދެމަފިރިންގެ ކައިވެނީގެ ކުރިން، ދެމީހުން ކުރެ އެކަކުވެސް އެއްވެސް ވަރަކަށް ދިމާވެފައެއް ނުވެއެވެ. ނަމަވެސް ދިމާވި ފުރަތަމަ ރޭ ވަނީ އެންގޭޖެވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދެމީހުންގެ ފޮޓޮއެއް ނެއްތަ

  2. ފޮޓޯނުޖެހީ ކިޔާމީޙުން ހިތާވާނެތީ ،، އެމީހުން އަނެއްކާ މެސެޖްކުރަންފަށާފާނެތީ .