ބޭނުންވާ ތަކެތި:

1 ޕާސްތާ ބޮނޑި (ސްޕެގެޓީ ނޫން ބާވަތްތައް ރަނގަޅު ވާނެ)

¾ ޖޯޑު އިޓާލިއަން ސްޓައިލް ސެލަޑް ޑްރެސިން (ލޮނުމެދު، މުގުރި ފިޔާ، ހަކުރު، އޮރެގަނޯ، އަސޭ މިރުސް، ތީމް، ބޭސިލް، ސެލަރީ ސޯލްޓް އަދި އާދައިގެ ލޮނު)

¼ ޖޯޑު މަޔޮނައިޒް

2 ޖޯޑު ކުކުޅު (ކޮށާފައި)

1 ޖޯޑު ޗީ×ޒް (ދިޔާ)

1 ޖޯޑު ސެލެރީ (ކޮށާފައި)

ޓޮމާޓޯ ކޮޅެއް

1 ޖޯޑު ގްރީން ބެލް ޕެޕަރ (ކޮށާފައި)

1 އެވޮކާޑޯ (ބޭނުންނަމަ، ކޮށާފައި)

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ތެއްޔެއްގައި ޕާސްތާކޮޅު ފެނު ކައްކާށެވެ. ޕާސްތާކޮޅި ފެނު ކައްކާއިރު، ލޮނުކޮޅެއް އެޅުމަށް ހަނދާން ބަހައްޓަން ވާނެއެވެ. މިގޮތަށް، 10 އާއި 12 މިނެޓާ ދެމެދު ކައްކަން ވާނެއެވެ.

އޭގެ ފަހުގައި، ބޮޑު ތައްޓަކަށް އިޓާލިއަން ސްޓައިލް ޑްރެސިންގައި ހިމެނޭ ބައިތަކާއި މަޔޮނައިޒް އަޅާ އެއްކުރާށެވެ. އޭގެ ފަހުން، އޭގެ ތެރެއަށް ކުކުޅާއި ޗީޒް، ސެލެރީ، ބެލް ޕެޕަރ، ޓޮމާޓޯ އަދި އެވޮކާޑޯ ކޮޅު އަޅާށެވެ. އެއަށްފަހު ރަނގަޅަށް މޮޑެލާށެވެ.

ކިޔުންތެރިންގެ ހިޔާލު