އޭޑީކޭ ހޮސްޕިޓަލުން އާންމު ކުރި ފޮޓޯ
އޭޑީކޭ ހޮސްޕިޓަލުން އާންމު ކުރި ފޮޓޯ

އޭޑީކޭ ހޮސްޕިޓަލްގައި ދިވެހި ދެމަފިރިއަކަށް ލިބުނު އެއްމާބަނޑު ހަތަރު ކުދިންނާއި އެކުދިންގެ މައިންބަފައިންނާއި އާއިލާ ބައެއް މެންބަރުން އަދި އެކުދިންނަށް ފަރުވާދިން ޑޮކްޓަރުންނާއި ނަރުހުން ހިމެނޭ ޓީމްގެ ފޮޓޯއެއް އޭޑީކޭ ހޮސްޕިޓަލުން އާންމު ކޮށްފިއެވެ.

އޭޑީކޭ ހޮސްޕިޓަލުން މިއަދު ކުރި ޓްވީޓެއްގައި އެފޮޓޯ އާއި އެކު ލިޔެފައިވާ ޓްވީޓްގައި ބުނެފައި ވަނީ އޭޑީކޭ ހޮސްޕިޓަލްގައި ފުރަތަމަ އުފަންވި އެއްމާބަނޑު ހަތަރު ކުދިން ޖުލައި 14 ވަނަ ދުވަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ. އެހަތަރު ކުދިން އުފަންވީ ޖޫން 17 ވަނަ ދުވަހުއެވެ.

އޭޑީކޭ ހޮސްޕިޓަލުން އިއްޔެ ބުނީ ކުޑަކުދިންނަށް ޚާއްސަ ނިއޯނޭޓަލް އިންޓެންސިވް ކެއާގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލި ހަތަރު ކުދިންގެ ހާލު ރަނގަޅު ކަމަށާއި އެކުދިން މުޖުތަމަޢުގެ ތެރޭގައި އުޅުމަށް މިހާރު އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

ސިޒޭރިއަން ހަދައިގެން ނެގި ތިން އަންހެން ކުދިންނާއި ފިރިހެން ކުއްޖަކު ލިބުނީ ފާތުމަތު ސުމީތާ އަށާއި އަހުމަދު އަޝްފާގު އަށެވެ. މިއީ، އެ ދެމަފިރިންގެ އަލަތު ދަރިންނެވެ.

ADS BY SHEESHA

އެއްމާބަނޑު ހަތަރު ކުދިން ލިބުމަކީ ދުނިޔޭގެ ނިސްބަތުން ވެސް ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ.

ADS BY ASTERS

11 ކޮމެންޓް

  1. ތީވެސް އިމްތިހާނެއް. އެކަލާނގެއީ ހުރިހާ ކަމަކަށް ކުޅަދުން ވަންތަ ރަސްކަލާނގެ.

  2. ގައިނީ ޑޮކްޓަރ ތި ފޮޓޯގައި ނެތީ ކީއްވެތޯ؟

  3. ޢަލްހަމްދުލިއްލާހި، ތިދެއްވީ ވަރަށް ބޮޑު ނިޢުމަތެއް

  4. އޭޑިކޭކައި މީހަކު ބައްވައިގެން ގިނަ ދުަވަހު ޚިދުމަތްދީ އެބަލިމީހާ ރަގަޅު ނުވާނެކަމަށް ފެނުނީމާ އޭޑީކޭ އިން އާއިލާގެ ބޮލަށް އެރިގެން ޚަރަދު ވަނީ އޭ ކިޔާފަ އަވަހަށް އައިޖީއެމްއެޗްއަށް ބަދަލުކުރާނީ.. ދެން އެމީހާ މަރުވާނީ އައިޖީއެމްއެޗްގައި . ހުރިހާ ބޭޑް ކަމެއް އައިޖީ އެމްއެޗްގެ ބޮލަށް، އަބަދުވެސް އޭޑީކޭއިން ވަރަށް ބޮޑަށް ބާރުއަލާނެ ވިހާމީހުން ގެންނަށް އެއީ އުފާވެރިކަން އޭޑިކޭއަށް އަދި ރީތިނަން އެޑީކޭއަށް

  5. ޭެެޮއޮބިޓޯ

    މަރުހަބާ ދެމަފިރިންނަށް

  6. 1 މަސް ދުވަހުގެ ބިލަށް އެރިވަރުވެސް އާންމުކޮށް ލެއްވިނަަމަ.

  7. ވަރަށް އުފާވެރި

    ماشاالله

  8. އަލްހަމްދު ލިއްލާހި ދަރިންނަކީ ނިއުމަތެއް ވާޖިބަށް އާޖިޒު ނުވުމަށް ހަދުމަފުޅުކޮށް އަރުވަން.

  9. ޝިޔާމު / ވިލިގިލި

    މާތްﷲއީ ކޮންމެ ކަމަކަށް ކުޅަދުންވަންތް ރަސްކަލާންގެއެވެ. އިރާދަކުރެއްވިކަމެއް އިރާދަކުރެއްވި ގޮތަކަށް ކުރައްވާ ރަސްކަލާންގެއެވެ.

  10. މާޝަﷲ...

  11. މާތް ﷲ ދެމަފިރިންނާއި ދަރިންނަށް ބާއްޖަވެރި މުސްތަގުބަލެ ދެއްވައިފާނދޭ! އާމީން...