އެއްވެސް މަސައްކަތަކީ ފަސޭހަ މަސައްކަތެއް ނޫނެވެ. ކޮންމެ މަސައްކަތަކީ ބުރަބޮޑު މަސައްކަތެކެވެ. އެފަދަ މަސައްކަތްތަކުން ރަނގަޅު ނަފާއެއް ބޭނުންވާނެއެވެ. ބައެއް މީހުން ހީކުރާގޮތުގައި، ފިލްމީ ތަރިންނަކީ ތަނަވަސް، މުސަނދި ބައެކެވެ. އެ މީހުންގެ އަތުގައި ފައިސާ މަދެއް ނުވާނެ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

މިގޮތަށް ވިސްނާލަންވީ މީހުން ފުރަތަމަ ބަލަންވީ އެ މީހުންގެ މުސާރަ އެހާ ބޮޑުވަނީ ކީއްވެ ކަމެެވެ. އޭގެތެރެއިން ބައެއް ތަރިންނަކީ ފިލްމީ ދާއިރާއަށް ވަނުމުގެ ކުރިން އެހެން ތަނެއްގައި މަސައްކަތްކޮށްފައިވާ ބައެެކެވެ. އެއިރު އެ މީހުން މަސައްކަތްކޮށްފައި ވަނީ ބޮޑު މުސާރައެއްގައެއް ނޫނެވެ.

ނަމަވެސް ފިލްމީ ދާއިރާއަށް ވަދެ އެ ތަރިންނަށް ލިބެމުންދިޔަ ސަޕޯޓާއި ޑިމާންޑަށް ބަލާ ބައެއް ތަރިންގެ އަގު އަތް ނުފޯރާ ފަށަށް މި ވަނީ އަރައިގެން ގޮސްފައެެވެ. މި ލިޔުމުގައި މި ބަލާލަނީ މިހާރު ފިޔަޖަހަމުން އަންނަ ބައެއް ބޮލީވުޑް ތަރިންނަށް މީގެ ކުރިން މުސާރާގެ ގޮތުގައި ލިބެމުން އަންނަ ވަރެވެ.

ޝާހް ރުކް ޚާން

މިހާރު މިއީ ބޮލީވުޑްގެ ރަސްގެފާނެއެވެ. އޭނާ ރަސްކަން ފެށުނީ ވަދެގެން ފުދޭވަރެއްގެ އަހަރުތަކަށް ފަހުއެވެ. އޭނާއަށް ފުރަތަމަ މުސާރާގައި ލިބެމުންދިޔަ ވަރު ހިތައް އަރާފައި ހައިރާންވެސް ވެދާނެއެވެ. ނޫނެކެވެ. ހައިރާން ވާނެ ކަމެއް ނެތެވެ. އެއިރު ޝާހް ރުކް މަސައްކަތްކޮށްފައި ވަނީ ޕަންކަޖް އުޑާސް ކޮންސާޓްގައެވެ. އޭނާގެ ފުރަތަމަ މުސާރަކީ 50 ރުޕީސްއެވެ.

އިރްފާން ޚާން 

މިއީވެސް އެތައް ބަޔަކު ކަމުދާ ތަރިއެކެވެ. ފުރަތަމަ އެކްޓަރެއްގެ ގޮތުގައި އޭނާ ކެރިއަރެއްގެ ގޮތުގައި ނަގާފައި ވަނީ ފިލްމީ ދާއިރާއެެއް ނޫނެވެ. އޭނާ އަކީ އެންމެ ފުރަތަމަ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރި މީހެކެވެ. އެއިރު އޭނާއަކީ ޓިއުޝަން ދިން މީހެކެވެ. އެއިރު އޭނާއަށް ކޮންމެ މީހެއްގެ ފަރާތުން ލިބެނީ 25 ރުޕީސްއެވެ. އެ ފައިސާއިން އޭނާ އެންމެ ފުރަތަމަ ގަތީ ސައިކަލެކެވެ.

ސޯނަމް ކަޕޫރް

މަޝްހޫރު ތަރި، އަނިލް ކަޕޫރުގެ ދަރިފުޅު، ސޯނަމް ކަޕޫރް އެންމެ ފުރަތަމަ ފެނިގެން ދިޔައީ ފިލްމް "ބްލެކް" އިންނެވެ. އެއިރު ފެށިގެން ދިޔައީ ފިލްމީ ތަރިއެއްގެ ގޮތުގައެއް ނޫނެވެ. އެއިރު އޭނާއަކީ އެ ފިލްމްގެ އެސިސްޓެންޓް ޑައިރެކްޓަރެވެ. އެއިރު އޭނާގެ މުސާރައެއްގެ ގޮތުގައި ލިބުނީ 3000 ރުޕީސްއެވެ. އެ ފައިސާ އޭނާ ބޭނުން ކުރަމުން ދިޔައީ އޭނާގެ ދަތުރުތަކަށެވެ. އޭގެ ކުރިން އޭނާ އުޅުނީ ސިންގަޕޫރުގައެވެ. މަސައްކަތް ކުރީ ވެއިޓަރެއްގެ ގޮތުގައެވެ.

ޕްރިޔަންކަ ޗޯޕްރާ

އޭނާއަކީ މިހާރު މުޅި ދުނިޔެ ދަންނާނެ ފަންނާނެކެވެ. ބޮލީވުޑުން ފެށި ކެރިއަށް ހޮލީވުޑާއި ހަމައަށް ފޯރުވައިފިއެވެ. އުމުރުން އެންމެ 17 އަހަރުގައި އޭނާގެ ކެރިއަރ ފެށުނުއިރު، އެއިރު މިސްވޯލްޑްގެ ލަގަބް ލިބިގެން އޭނާއަށް ލިބުނީ ފަސް ހާސް ރުޕީސްގެ ޗެކެކެވެ. އެ ފައިސާ އޭނާ ދިނީ މަންމައަށެވެ.

އަރްޖުން ކަޕޫރް

އޭނާ ބޮލީވުޑްގައި މަސައްކަތް ފެށީ އެސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައެވެ. އޭނާގެ ނަސީބުކަން ދިމާކުރިގޮތުން ފުރަތަމަ މަހުވެސް އޭނާއަށް  50000 ރުޕީސް ލިބުނެވެ. އެ ހުރިހާ ފައިސާއެއް އޭނާ ދިނީ މައިންބަފައިންނަށެވެ. ނަަމަވެސް އޭނާގެ މައިންބަފައިން ވަނީ އަރްޖުންއަށް ބޭންކް އެކައުންޓެއް ހުޅުވައި ފައިސާތައް އެއަށް ޖަމާކޮށްފައެވެ.

ADS BY ASTERS

Comments are closed.