ކަށިކެޔޮ

ކަށި ކެޔޮލަކީ ކުރީ ޒަމާނުގައި ވަރަށް މަޝްހޫރު އެއްޗެކެވެ. މާ ގިނައިން މިހާރު ބޭނުން ނުކުރި ކަމުގައި ވިޔަސް މި ބާވަތަކީ މަދުމަދުން ނަމަވެސް ފެންނަ ބާވަތެކެވެ. ރާއްޖޭގެ ގިނަ ރަށްތަކުގައި ކަށިކެޔޮ ގަސް ހުރެއެވެ. ބާޒާރު މަތިންވެސް މިއަދު މި ބާވަތް މަދުމަދުން ފެނެއެވެ. ކަށިކެޔޮލަކީ އެއިން އަހަރެމެންނަށް އިހުސާސް ވެސް ނުކުރެވޭ ފަދަ ގިނަ ފައިދާތަކެއް ލިއްބައިދޭ ބާވަތެކެވެ.

އެންޓި އޮކްސިޑެންޓްގެ ބާރު : އެންޓިއޮކްސިޑެންޓްތަކަކީ ފްރީ ރެޑިކަލްތަކުގެ ސަބަބުން ހަށިގަނޑުގެ ސެލްތަކަށް ލިބޭގެއްލުން ކުޑަކޮށްދީ، މުސްކުޅިވުން ލަސްކޮށްދީ، ކެންސަރުގެ ބާވަތްތަކުން ރައްކާތެރިކޮށްދޭ މާއްދާ ތަކެކެވެ.

މީގެ އިތުރުން ކަށިކެޔޮ ފަތަކީވެސް އޭގައި ކާބޯހައިޑްރޭޓް، އެލްކަލޮއިޑްސް، ސްޓީރޮއިޑްސް، ސްޓީރޯލްސް، ފީނޯލްސް، ޕްރޮޓީންސް، އަދި ގްލައިކޯސައިޑްސް ފަދަ މާއްދާތައް ހިމެނޭ ފަތެކެވެ. އޭގެ ސަބަބުން ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުން ކުޑަކޮށްދީ، މުސްކުޅިވުން ލަސްކޮށްދީ، ކެންސަރުގެ ބާވަތްތަކުން ރައްކާތެރިކޮށްދެއެވެ.

އެލާރޖީއާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރާއި، ޕްލޭޓްލެޓްތައް ޖަމާވެ ގަނޑުލޭކޮޅު އުފެދުމާއި ދެކޮޅަށް ހަރަކާތްތެރިވުމުގެ ބާރާއި ދުޅަތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރުގެ އިތުރުން އެންޓި އޮކްސިޑެންޓްގެ ހަރަކާތްތައްވެސް މިއީ ކަށިކެޔޮ އަދާ ކުރާ ރޯލެވެ.

ބަނޑުގައި ރިހުން ކުޑަކޮށްދީ ހަޖަމުގެ ނިޒާމު ރަގަޅުކޮށްދޭ މި ބާވަތަކީ ހަކުރު ހުންނަ ފަރާތްތަކުންވެސް ބޭނުންކުރުން ރަނގަޅު އެއް ބާވަތެވެ. ކަށިކެޔޮ ކެއުމުގެ ސަބަބުން ހަކުރުގެ ލެވެލް އެއް ވަރެއްގައި ހިފަހައްޓައިދެއެވެ.

ADS BY THE PIZZA MANIA

 

Comments are closed.