އަލްމަންޑް އަކީ މިއަދު ދިވެހިންގެ ތެރޭގައި މަޤްބޫލު އެއްޗެކެވެ. ގޭތެރޭގައި އުޅޭ އިރުވެސް ކަމެއްގައި ބުރަކޮށް އުޅޭއިރުވެސް އަލްމަންޑް އެއް ކާލަ ކާލާ އިނުމަކީ ގިނަ ބައެއްގެ އާދައެކެވެ. އަލްމަންޑްގައި ގިނަ އަދަދަކަށް ވިޓަމިންސް އާއި މިނެރަލް، ފައިބަރ އަދި ޕްރޮޓީން ވެސް ގިނަ އަދަދަކަށް ހިމެނެއެވެ.

އަލްމަންޑް ކެއުމުން ކޮލެސްޓްރޯލް ދަށްކޮށްދެއެވެ. ހިތުގެ ބަލިތަކުން ދުރުކޮށްދޭ އަލްމަންޑް އަކީ ކުއްޖާގެ ތޫނު ފިލިކަން އިތުކޮށްދޭ އެއްޗެކެވެ. ހަށިގަނޑު ތާޒާކަންމަތީ ނުވަތަ ފައިދާ ގޮތަކަށް ބަހައްޓަން ބޭނުން ވާނަމަ އަލްމަންޑް އެއް ކާލާށެވެ. މީހާ ތާޒާވެ ފެޓްސްގެ ބައި މުޅިން ދަށްކޮށްލަދެއެވެ. ހަށިގަނޑު ފަލަވިޔަ ނުދީ ބަހައްޓައިދެއެވެ.

އަލްމަންޑް އަކީ ބޮޑެތި ބަލިތަކުގެ ފަރުވާއެއް ވެސްމެއެވެ. ޤަވާއިދުން އަލްމަންޑް ކާނަމަ ކެންސަރުން ޖެހުމުން ދުރުކޮށްދެއެވެ. ސިކުނޑީގެ ތަފާތު ބަލިތަކުން މީހާ ސަލާމަތްކޮށްދީ ހަމުގެ ބަލިތަކުންވެސް ސަލާމަތްކޮށްދެއެވެ.

ADS BY SHEESHA

ދަތްޕިލަ ވަރުގަދަ ކުރުމަށް ވެސް އަލްމަންޑް ވަރެއް ނެތެވެ. ކަށިތައް ވަރުގަދަކޮށްދީ ހަކުރުގެ މިންވަރު އެއްމިންވަރެއްގައި ހިފަހައްޓައިދެއެވެ. އަލްމަންޑްގެ ތަފާތު ވައްތަރުތައް ލިބެން ހުރި އިރު ކާން އެންމެ ރަނގަޅީ ރޯ އަލްމަންޑް ކަމަށް ސިއްހީ ތަޖުރިބާކާރުން ލަފާދެއެވެ.

Comments are closed.