ރާއްޖެއެމްވީ އިން އާންމުކުރި ފޮޓޯ ބްލާކޮށްފައި
ރާއްޖެއެމްވީ އިން އާންމުކުރި ފޮޓޯ ބްލާކޮށްފައި

މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ ދަންވަރު މަރާލި ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރު ޔާމީން ރަޝީދު ޒަހަމް ކޮށްލާފައި އޮތް މަންޒަރު ފެންނަ ފޮޓޯއެއް "ރާއްޖެ ޓީވީ" އިން ހިންގާ އޮންލައިން ވެބްސައިޓެއް ކަމަށްވާ "ރާއްޖެ އެމްވީ" އިން އާންމު ކޮށްފިއެވެ.

ADS BY OOREDOO

މިފޮޓޯ އާންމު ކުރުމާއި އެކު ގިނަބައެއްގެ ފާޑުކިޔުން ރާއްޖެއެމްވީ އަށާއި ރާއްޖެޓީވީ އަށް ވަނީ އަމާޒުވެފައެވެ. އާންމުކުރި ފޮޓޯގައި ހަމައެކަނި ޔާމީންގެ މޫނު ނުފެންނަ ގޮތައް އިންނަމަވެސް ފޮޓޯ އާންމު ކުރުމަށްފަހު ލިޔެފައިވާ ލިޔުމުގައި ފޮޓޯ އިން ފެންނަނީ ޔާމީން ކަމަށް ބުނެފައި ވެއެވެ.

މިއީ ނޫސްވެރިކަމުގެ އަޙްލާޤީ މިންގަނޑުން ބޭރު އަމަލެއް ކަމަށް ބުނެ ގިނަބަޔަކު ވަނީ ފާޑުކިޔާފައެވެ.

ފޮޓޯ އާންމު ކުރަމުން ހިތްބަލި މީހުން މިފޮޓޯ ނުބެލުމަށް ރާއްޖެއެމްވީގައި ލިޔެފައި ވީނަމަވެސް ރާއްޖެއެމްވީ އިން ފޮޓޯ އާންމު ކުރުމާއި އެކު ސޯޝަލް މީޑިއާގައި މިފޮޓޯ މިހާރު ދަނީ ވަރަށް ބޮޑަށް ދައުރުވަމުންނެވެ.

ނަމަވެސް ބައެއް މީހުން ދަނީ ފޮޓޯ އާންމު ކުރުމާއި ދެކޮޅަށް ސޯޝަލް މީޑިއާގައި ވާހަކަދައްކަމުންނެވެ.

ޔާމީންގެ މަރާއި ގުޅިގެން މިހާތަނަށް ހަތް މީހަކު ހައްޔަރުކޮށްފައި ވާއިރު ޔާމީން އަށް ހަމާލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ދެމީހުން ވެސް މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މިއަމަލު ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެނެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ފުލުހުން ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

23 ކޮމެންޓް

  1. ދީނަށް ފުރައްސާރަ ކުރާ މީހުައްނަކީ މަރު ހައްގު ވެގެންވާ ބަޔެތް

  2. ކޮންތާކުީ ތިޖެހުނީީ.މިހާރުީ ތިމީހުންވެސް ފޮޓޯީ ލީއެއްނު

  3. ވައްކަން ކުރާ މީހުންނާއި ޑްރަގް ބޭނުން ކޮށްގެން އަތުލައިގަންނަ މީހުންނާއި މިފަދަ އެންމެންގެ ވަނަވަރާއި ފޮޓޯ ޖެހޭނެ ގޮތަކަށް ގާނޫނު ހަދަން ވެއްޖެ. ކުށްކުރާ މީހުން އެންމެނަށް އެގުމަކީ މައްސަލައެއް ކަމަކަށް ނުބެލެވޭ. އިތުރަށް ރައްކާތެރި ވެވޭނީ އޭރުން. ސިޔާސީ ކުށްވެރިންގެ ފޮޓޯވެސް ޖެހޭތާ.

  4. ރަާއްޖެއް
    ޓިީވިީއަބަދުވެސް މިސަރުކަާރުން ހުަުަޫ
    ހުނު ފެންައަަލަާ

  5. ޔާމިންގެ ފޮޓޯ ބްލާކޮއްފަ ޖެހިޔަސް ހިތަށް އަސަރުކުރާމީހުން ތިބޭނެ.

  6. ނައިފަރު މީހާ

    ދިވެހިގައުމު ހަލާކްކުރަނި ދިވެހިން މާރާމާރީ އާއި ޑުރަގް މިދެކަންތައްކުރާމިހުން ބުނަނީ ގާޒީން ވެސް މަޖިލިސްމެމްބަރުންވެސް ސަރުކާރުވެސް އޮންނާނި ތިމަންނާމެންނާއެކުގައެވެ ކުށެއްކުރާތާ 24 ގަޑި އިރުވާއިރަންދޫކޮންލައެވެ ހައްްގުއަދަބުނުދެވޭތީވެ މިގައުމުހަލާކްގެތެރެއންވެއްޓިނިމިއްޖެ ދެންވެސް ހައްގުއަދަބުދޭންވީނު މާތްﷲގުރުނާނުގައި އެކަލާގެ ވަހީކުރާއްވާފައިވާ އަދަބުނުދެވިގެންމިއުޅެނީ ކޮންމެވެރިއަކުވެސް އަޑަންބާރުލާފައިބުނާނެ 3 މަސްފަހުންމަރަންމަރުހިފާނަމޭ ވައްކަންކުރާމީހުން އަތްބުރިކުރާނަމޭ ވާއެއްކަމެއްވެސްނޯވޭ އެމީހެއްގެ ސަލާމަތްއެމީހަކުހޯދާވީ ހިގާއުޅެއިރުވެސް ބިރުބޮޑު ހަމަލާދެވެނީ ދޭންއުޅޭމީހަކަންނޫން ވީމާވިސްނައިގެންއުޅޭށެވެ

  7. ރާއްޖެ އެމްވީ ތިއީ ފިތުނަ އުފެއްދުމުގަ 1 ވަނަ

  8. ހެހެހެހެ، ހަމަ ތިވީ އެއްވަރު. ބަޔަކު މަޅީގައި ޖައްސަން ތިބާމެންވެސް މަޅީގައި ޖެހުނީ

  9. އާއިލާއަށް ހާދަ ބޮޑު ދެރައެކޭ ތިދިނީ: ހިތާމަ ހުރި. ރާއްޖެޓީވީ އަށް ހަލާކު ހުރި

  10. ދިވެހި ދައުލަތައް ގޮވާލަން ތި ޔާމީން މެން ފަދަ ﷲއަށާއި ރަސޫލުﷲ އާއި ﷲގެ ދީނަށް ފުރައްސާރަ ކުރާ ހުރިހާ މީހަކު ހިފާ ހައްޔަރު ކޮށް ގަލޮޅު ދަނޑައް މީހުން އެއްކޮށްފައި އެ ނުލަފާ މީހުން މަރަން...

  11. ާހެޔޮއެދުން

    އަހަރުމެންގެ ކަންކަން މިހާރު މިވަނީ ހައްދު ފަހަނައަޅާ ގޮސްފަ. މީ ހިތާމަ ކުރަންޖެހޭ ކަމެއް.

  12. އެއީ ޒިއްމާދާރު ނޫސްވެރިކަމެއް އެއް އިރެއްގައިވެސް ކުރިބައެއްތަ....؟ އަބަދުވެސް ފަސާދަ ފަތުރާ ބައެއް އެއީ.

  13. މިސްކިތު ހުޅުޖެހި މީހާއަށް ވީ ދޯ؟؟؟

  14. މިއީ އިންސާނީ ކަރާމާތައް އަރައިގަތުން.

  15. މުހަންމަދު

    ސިއްރޭ ފާޅޭ އޭނައޭ މީނައޭ ކިޔާނެކަމެއް ނެތް ޔާމިން އެވަނީ ކޮންމެސް ގޮތަކަށް މަރާލާފައި ވީއިރު އެބަޔަކު ހޯދުމަކީ މުޅިގައުމުގެ ރައްޔިތުންވެސް ކުރަންވީކަމެއް މާދަމާ ކާކުގެ ދަރިޔެއްކަމެއް ނޭގެ ނަމަވެސް އޭގެބަދަލުގައި ސިޔާސީ ހަރަކާތަކަށް މިކަން ބަދަލުކޮށްލައިގެން މިއުޅެނީ އަދި މިފޮޓޯތައް ލުމުން ހިތާމަކުރަމުން ދާބަޔަކަށް އިތުރު އަދަބެއް ނޫންތޯ ދެވެނީ މިކަމަށްވެސް ވިސްނާލާނަމަ ޚާއްޞަކޮށް ތިމާލޯބިވާ މީހަކު މިފަދަ އިހާނެތިގޮތަކަށް މަރާލާފައި އޮއްވައި ފެނުމުން ކުރާނެ އަސަރު ހިތައްގެނެސް ލަބަލަ ހެޔޮނުވާނެ މިހާވަރުވަކަށް މިހާރު މަންޒަރު އިތުރަށް ދައްކަން އުޅޭމީހުންނަށް އަދަބެއް ކަނޑަ އަޅަން ވެއްޖެ ހިތާމަޔަކީ މިކަހަލަ ކޮންމެ ކަމެއްގައި އެއްބަޔަކުޝާމިލްވެ އެމީހުންގެ ދިފާއުގައި ފަންދުވެސް ކުރެވޭތީ މިވެސް ކުއްކުރުމަށް ދެވޭހިތްވަރަކަށް ނުވޭބާ؟ މިހެންހަދާފަ އަޑުގެނެތް ތަނަށް ބުނާނެ މިގައުމުގަ އިންސާފެއް ނެތޭ ކީއްކުރާނި ވެރިކަމާހެދި އަމިއްލަކަރަށް ފައިން އެރޭއިރުވެސް ނޭނގޭ

  16. ޢެއްވެސް އަސަރެއް ނުކުރާނެ އެއްވެސް މުސލިމަކަށް އިސްލާމްދީނަށް ފުރައްސާރަކޮށް ލިޔިންތައް ލިޔާމީހަކު މަރުވުމަކުން.

    • ކަލެއަށް މާބޮޑަށް އެނގެނީ

    • ނުރަތުނބުޅި

      އާނ ނުކުރާނެ ،

    • އިންސާނިއްޔަތާ ހިލާފު ކަމެއް އަނިޔާވެރިވުމަކީ، މިކަމަށް ސަޕޯޓެއް ނުކުރަން.. ނަމަވެސް، މީނައާ މެދު ހަމްދަރްދީއެއް ނުވޭ.. ސަބަބަކީ ﷲ އާ އެކަލާނގެ ރަސޫލާއަށް ފުރައްސާރަ ކުރާ މީހުންދެ ލޯބިވާހާ ހިނދަކު އެމީހެއްގެ އީމާންކަން ފުރިހަމަ ނުވާނެތީ. އަހަރެމެންގެ ހިތުގައި މީނާއާމެދުވަނީ ހަމަ ނަފްރަތް.

  17. މައްސަލަ އަކީ މިއީ. ދިވެހިން ކަންކަން ފޮރުވަން މަސައްކަތް ކުރާތީ. ކަންކަން ފޮރުވުމުން އެކަމުގެ ނޭދެވޭ ހިތި ނަތީޖާ ކަންކަން ނިމިގެންދާއިރު މާހިތި ގޮތަކަށް ނިމިގެން ދަނީ. ވަގަކު ވައްކަން ކުރުމުން އެމީހާގެ ފޮޓޯ ޖެހުމުން އެއީ ވަރަށް ބޮޑު މައްސަލަ އެއް ކަމަށް ވަރަށް ގިނަފަރާތް ތައް ދެކޭ. މިއީ އަޅުގަނޑުމެން ބަލައިގަންނަން ޖެހޭނެ ކަންތައް ތަކެއްނޫން.

  18. ބަލަ ނަވާޒުމެންވެސް ހަމަ މިކަހަލަ ފޮޓޯ އާންމުކުރީމެއްނޫންތަ. އެކްސިޑެންޓް ވެފައި ޒަހަމްވެ ނުވަތަ މަރުވެފައިތިބި މީހުން. ބޭނުމިއްޔާ އެ ހަބަރުތަކުގެ ސްކްރީންޝޮޓް ވެސް އެބަހުރި. ކެރެންޏާ މިލކޮމެންޓްަޕަބްލިޝްލކޮއްބަ!. ނުކުރާނެ!

  19. އަސްލު ކަޑަ ކަމެއް. ރާއްޖެ އެމް ވީ އެއުޅެނީ ޔާމީންގެ މައިންބަފައިން އިތުރަށް ދެރަކުރަން