ހދ.ވައިކަރަދޫ – ފޮޓޯ : ވަރުވާ
ހދ.ވައިކަރަދޫ – ފޮޓޯ : ވަރުވާ

ހދ. ވައިކަރަދޫގައި ހުންނަ ހދ. އަތޮޅު މަދަރުސާގައި ކިޔަވައިދޭ ޓީޗަރަކު ދަރިވަރުން ކައިރީގައި "ކަލާންގެ ދައްކާށޭ" ބުނެ ސުވާލު ކުރި މައްސަލައެއް ފެންމަތިވެ އެކަން ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވިގޮތުގައި، ދަރިވަރުންތަކެއްގެ ކައިރީގައި ދީނާއި ހިލާފް ވާހަކަ ދައްކާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ދަނީ ބަލަމުންނެވެ.

އެނގިފައިވާ ގޮތުގައި މިގޮތަށް ދަރިވަރުންނާއި ސުވާލުކޮށްފައި ވަނީ އެ ސްކޫލުގައި ކިޔަވައިދެމުން އަންނަ ބިދޭސީ ޓީޗަރެކެވެ.

އެ ބިދޭސީ ޓީޗަރު ވަނީ އެ ކުދިން ކައިރީ "ކަލާނގެ ކޮބާހޭ، ކަލާނގެ ދައްކާށޭ، ކަލާނގެ އަށް ގުޅާށޭ" މިގޮތަށް ކިޔާ ވާހަކަދައްކާފައެވެ.

މި މައްސަލަ އެޑިޔުކޭޝަން މިނިސްޓްރީއަށްވެސް ވަނީ ހުށަހަޅާފައެވެ.

ADS BY ASTERS

6 ކޮމެންޓް

 1. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ / ދަނބުފަށުވިގެ

  ތިޔަބާވަތުގެ ސުވާލުތައް ކުރުމުން ޖަވާބުދެވޭ ވަރުގެ މީހުން ތިބިތަނެއްގައި އޮންނަށްޖެހޭނީ ޖަވާބުދިނުމެވެ. ބޯކަނޑައި ލުމެއްނޫނެވެ. ތިޔައީ، މީހަކު އަތުން ހަދާފައިވާ ބުދަކާއި މަރުވެފައިވާ މައްޔިތަކާއި ދިރިހުރި އިންސާނަކަށް ބެލުމުން އެނގޭނެ ކަންކަމެވެ. ވީމާ، ތިޔަ ސުވާލަށް ޖަވާބު ނުލިބި ލަސްވަނީ، އިސްލާމިކް މިނިސްޓްރީގެ އެއްވެސް އަޅާލުމެއް ނުލިބިގެންތޯ ސުވާލުއުފެދެއެވެ.

 2. ދުނިޔޭގަ ލެއްވި އެންމެ ބޮޑު ސުވާލު. ތިޔަ މީހާއަށް ކަލާނގެ ދައްކާފަ އިސްލާން ކުރުވާ އަވަހަށް. އެންމެ ފަސޭހައިން އެކަން ކުރެވޭނީ އޭނާގެ ބޯ ކަނޑާލައިގެން.

 3. ދަރިންނޭ ހޭ އަރާ!!!

  އެހެންވިއްޔާ އޭނަކައިރީ އަހާބަލަ އޭނާގެ ބުއްދި ކޮބައިތޯ!! ގައިމު ބުއްދި އެއް ހުރެގެންތާ ޓީޗަރުކަން ނަމަނަވެސް ކުރެވޭނީ!! ނުފެންހާ އެއްޗެއް އެއީ ނުވާ އެއްޗެއްކަމަށް ދެކުމަކީ މެންޓަލް ސިކްނަސްގެ ބާވަތެއް!! ތި ވާނީ އިތިއަސްޓަކަށް...؟؟؟

 4. އެހެންވީ އިރު ދައްކަންވީނު؟

  • ދައްކަން ބަލާއިރު އިންސާނުންގެ ލޮލަށް އެކަނލާގެ ޒާތު ފުޅު ބެލުމުގެ ކުޅަދާނަކަން ލިބިގެން ނުވޭ. މިއުޅެނީ މައިކްރޯބްސް ވެސް ހަމަ ލޮލަށް ނުފެނިގެން.

 5. އެ ސުވާލު ކުރެވެން ޖެހޭނެ. މޮހޮދޭއަކަށްވެސް ނުދެއްކުނު.