ފުލުހުންތަކެއް މާލޭ މަގުމަތީގައި ހަރަކާތްތެރިވަނީ – ވަގުތު އިމޭޖްސް : އިބްރާހިމް ޝާބިލް
ފުލުހުންތަކެއް މާލޭ މަގުމަތީގައި ހަރަކާތްތެރިވަނީ – ވަގުތު އިމޭޖްސް : އިބްރާހިމް ޝާބިލް

މިއަދު ހަވީރު މާލޭގައި ދެމީހެއްގެ ގަޔަށް ވަޅި ޖަހާ މާރާމާރީ ހިންގި މީހުން ހޯދަން ފުލުހުން ގެއަކަށް ވަދެއްޖެއެވެ.

ADS BY SHEESHA

ފުލުހުން ވިދާޅުވީ މިއަދު ހަވީރު ހިންގި މާރާމާރީ އާއި ގުޅިގެން އެކަމުގައި ޝާމިލްވި މީހުން ހޯދުމަށް ފުލުހުން ވަދެފައި ވަނީ މ.ސީނީ އަސުރުމާގެ އަށެވެ.

މިއަދު ހަވީރު 17:50 ހާއިރު އެމްއެޗްއޭ މާޓު ކައިރީގައި ހިނގި މާރާމާރީ އެއްގައި އަނިޔާވި ދެމީހުންނަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.

އައިޖީއެމްއެޗްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ހަވީރު 18:00 ހާއިރު އުމުރުން 20 އަހަރާއި 21 އަހަރުގެ ދެ ޒުވާނުން އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ.

އެތަނުން 20 އަހަރުގެ ޒުވާނާގެ ހާލު ސީރިޔަސް ކަމަށާއި އޭނާގެ ބަނޑުގެ އަރިމައްޗަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި އެމަޖެންސީގައި އޭނާގެ އޮޕަރޭޝަން ކުރަމުންދާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

21 އަހަރުގެ ޒުވާނާގެ ހާލަތާ ގުޅޭގޮތުން ޑޮކްޓަރުން މާބޮޑު މައުލޫމާތެއް ދެއްވާފައި ނުވާ ކަމަށް އައިޖީއެމްއެޗްގެ މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް އޭނާގެ އަތަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މަންޒަރު ދުށް މީހަކު ބުނީ އެމީހުންނަށް ހަމަލާދިނީ ސައިކަލެއްގައި ދިޔަ ހަތަރު މީހުންގެ ގްރޫޕަކުން ކަމަށެވެ.

3 ކޮމެންޓް

  1. އެންޓަޓެއިންމެންޓް

    އަޅާނުލާ އެއީ ދެން މިހާރު ގައުމީ ކުޅިވަރެއްނުން ، އެހެންނޫނަސް ޒުވާނުން ކުރާ އެކަހަލަ ކަންކަން އެއީ މާކަ ބޮޑެތި ކަންކަމެއްނޫން.. ދޯ ސަރުކާރު

  2. ޢެގޭ ވެރިން ކޮބާތޯ

  3. ތިޔަ ސީނީ އަސުރުމާގެއަކީ އެމީހުން ދާއިމީކޮށް މަސްތުވާތަކެތި ވިއްކާ މަސްތުވެ ހަދާ އައްޑާއެއް ހުރިގެއެއް. އެކަން ނޭނގޭ މީހަކު އެހިސާބުގައިވެސް ނޫޅޭނެ. އެންމެފަހުން ގޭންގް ހަދައިގެން މާރާމާރީ ހިންގުމުގައި އުޅެންފެށީ. އެގޭގެ މީހުންނާމެދުވެސް ފިޔަވަޅު އަޅަންޖެހޭނެ. އެއީ މަސްތުވާން ޖާގަދީގެން އެގޭމީހުން ތިބޭތީ.