ނިސާލް

"ވަގުތު އެހީ"އިން މައުލޫމާތު ގެނެސްދިން، ދެކިޑްނީ ފެއިލް ވުމުގެ ސަބަބުން ކިޑްނީ ޓްރާންސްޕްލާންޓް އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ އިބްރާހިމް ނިސާލް ޖުނެއިދަށް އެހީގެ ގޮތުގައި ގާތްގަނޑަކަށް ބައި ލައްކަ ދިވެހި ރުފިއާއަށް ލިބިއްޖެއެވެެ.

މިއަދު "ވަގުތު އެހީ" އާ ވާހަކަ ދައްކަމުން ނިސާލްގެ މަންމަ އާސިއަތު އާދަމް ބުނީ "ވަގުތު އެހީ"އިން ނިސާލްގެ ރިޕޯޓު ޝާއިރު ކުރުމަށް ފަހު ގިނަ ބައެއްގެ އެހީތެރިކަން ލިބެމުން އަންނަ ކަމަށެވެ. އެގޮތުން ޖުމްލަ އެހީގެ ގޮތުގައި އޭނާގެ އެކައުންޓަށް މީހުން ޓްރާންސްފާ ކުރި ފައިސާގެ އަދަދު މިއަދުގެ ނިޔަލަށް 43،402.62 ރުފިއާއަށް އަރާ ކަމަށް އާސިއަތު ބުންޏެވެ.

އާސިއަތު އިތުރަށް ބުނީ މީގެ ދުވަސް ކޮޅެއް ކުރިން ނިސާލްގެ ހާލު ސީރިއަސްވެ އޭނާ އައިޖީއެމްއެޗްގެ އައިސީޔޫގައި އެޑްމިޑް ކުރި ކަމަށެވެ. އެހެން ނަމަވެސް މިހާރު ނިސާލްގެ ހާލު ދަނީ ރަނގަޅުވަމުން ކަމަށް އާސިއަތު ބުންޏެވެ.

ނިސާލްއަށް އެހީގެ ގޮތުގައި ގިނަ ފަރާތްތަކުން ފައިސާ ހަދިޔާ ކުރަމުންދާއިރު އަދިވެސް ނިސާލްއާ އޭނާގެ އާއިލާއަށް ވަނީ އިތުރު އެހީއަށް ބޭނުންވެފައެވެ. މިހާރު ލިބިފައިވާ ފައިސާއިން ނިސާލްގެ ސިއްހީ ހަރަދުތަށް ރާއްޖޭގައި ބަލަހައްޓަމުންދާއިރު ނިސާލްގެ އޮޕަރޭޝަނަށާއި އޭނާ ބޭރަށް ގެންދިއުމުގެ ހަރަދަށް އަދިވެސް ދިވެހި ރައްޔިތުންގެ އިތުރު ދީލަތި އެހީ ބޭނުންވެއެވެ.

އެގޮތުން ކިޑްނީ އެއް ވިއްކާނެ ފަރާތެއް ނުވަތަ ކިޑްނީއެއް ހަދިޔާ ކުރާނެ ފަރާތެއް ހޯދުމުގެ މަސައްކަތް މިހާރު ނިސާލްއަށް ހެޔޮ އެދޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ. ކިޑްނީއެއް ވިއްކަން ބޭނުންވާ ފަރާތެއް ނުވަގަ ހަދިޔާ ކުރަން ބޭޏުންވާ ފަރާތެއްނަމަ ނިސާލްގެ މަންމަގެ ނަމްބަރު 7475050 އަށް ގުޅުއްވުމަށް ނިސާލްގެ އާއިލާއިން އެދެއެވެ.

އަދި ނިސާލްއަށް ދިމާވެފައިވާ ބަލި ހާލަތާއި ގުޅޭ އިތުރު މައުލޫމާތު ހޯދައި އެހީތެރިވާން ބޭނުންވާ ފަރާތްތަކުން ނިސާލްގެ މަންމަ އާޝިއަތު އާދަމްގެ ފޯން ނަމްބަރު 7475050 އަށް ނުވަތަ ނިސާލްގެ ބޭބެ އަހްމަދު ނިމާލްގެ ނަމްބަރު 7990822 އަށް ނުވަތަ ނިސާލްގެ ދައްތަ މަރިޔަމް ނީޒާގެ ނަމްބަރު 7721666 އަށް ގުޅުއްވައިގެން މައުލޫމާތު ހޯދެވުމަށް ދަންނަވަމެވެ. އެހީތެރިވެއްދެވަން ބޭނުންފުޅުވާ ފަރާތްތަކުން އާޝިއަތު އާދަމްގެ ބީއެމްއެލް އެކައުންޓް 7715117025101 އަށް ފައިސާ ޖަމާކޮށްދިނުމަށް އާއިލާ އިން އެދެއެވެ.

 

ADS BY ASTERS

Comments are closed.