ކާނިވާ ސަރަހައްދުގައި ހުންނަ ގިނަބަޔަކަށް އެންމެ ކަމުދާ ސިޓްރަން ބައި ލެމަންގްރާސް ރެސްޓޯރެންޓުން މިދިޔަ ރަމަޟާން މަހު ކުރިއަށް ގެންދިޔަ “ރޯދަ ވެދުން ޕްރޮމޯޝަން 2017”ގެ ނަސީބުވެރިން ހޮވައިފިއެވެ.

ADS BY OOREDOO

ރޭ ސިޓްރަންގައި ބޭއްވި ހަފްލާގައި ތިން ނަސީބްވެރިން ހޮވާފައިވާއިރު، އެ ޕްރޮމޯޝަންއަކީ ލެމަން ގްރާސް ރެސްޓޯރެންޓާއި އެލިއާ އިންވެސްޓްމެންޓާއި ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަންގައި ނަސީބްވެރިންނަށް ދޫކޮށްލާފައި ވަނީ އެންމެ 250 ރުފިޔާ ހޭދަކޮށްލައިގެން އެއްލައްކަ ރުފިޔާއަށްވުރެ އަގުހުރި އިނާމެކެވެ.

އެގޮތުން އެއް ވަނަ އަދި ދެ ވަނަ ހޮވުނު ނަސީބުވެރިޔާއަށް ދޫކޮށްލި ދެ ސައިކަލީވެސް މި އަހަރު ބާޒާރަށް ނެރުނު ދެ ސައިކަލުކަން ފާހަގަކޮށްލަން ޖެހެއެވެ.

ލެމަން ގްރާސް ރެސްޓޯރެންޓާއި އެލިއާ އިންވެސްޓްމެންޓާއި ގުޅިގެން ކުރިޔަށްގެންދިޔަ މި ޕްރޮމޯޝަންގެ ތިން ނަސީބުވެރިންގެ ތެރެއިން އެއް ވަނައަށް ދިޔަ ނަސީބުވެރިޔާއަށް ދީފައި ވަނީ ޔަމަހާ ބްރޭންޑްގެ އެން މެކްސް ސައިކަލެކެވެ. އެ ސައިކަލުގެ ނަސީބުވެރިޔާއަކީ، މުހައްމަދު ނަވީން އެވެ. ދެވަނަ ނަސީބުވެރިޔާ ދީފައި ވަނީ ޔަމަހާ ބްރޭންޑްގެ ފިނޯ ސައިކަލެކެވެ. އަދި ތިންވަނައަށް ހޮވުނު ފަރާތަށް ދީފައި ވަނީ ދެމީހަކަށް ގިފްޓް ވައުޗާ ޕެކެކެވެ.

މެއި 27 އިން ފެށިގެން ޖުލައި 3 ގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ޕްރޮމޯޝަނަކީ، މިދިޔަ ރޯދަ މަހު ސިޓްރަން އިން 250 އަށްވުރެ ވިޔަފާރިކޮށްގެން ނުވަތަ ރޯދަ ވީއްލުމެއް ނަގައިގެން ތިން ނަސީބްވެރިން ހޮވާ ގޮތަށް ކުރިއަށްގެންދިޔަ ޕްރޮމޯޝަނެކެވެ.

ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް އަދި ހިދުމަތް ލިބިގަންނަ ފަރާތަކަށް އެކަން އަގުވަޒަން ކުރުމުގެ ބޭނުމުގައި، ސިޓްރަން އިން މި ޕްރޮމޯޝަން ކުރިއަށްދާތާ މިއީ ތިން ވަނަ އަހަރެވެ.

2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އަށްވަނަ ދުވަހު ހުޅުވިގެން ދިޔަ ސިޓްރަންއަކީ، ހިތްގައިމު ސީވިއުއާއެކު އޯޕަން އޭރިއާގެ ބޮޑުބަޔަކާއި އޭސީކޮށްފައިވާ ބައެއް ވެސް ހިމެނޭ ގޮތަށް، އަދި އެއްގަމު ތޮށީގެ ކައިރީގައި ވެސް ތިބެވޭ ގޮތަށް ދެ ބުރިއަށް ހަދާފައިވާ ރެސްޓޯރެންޓެކެވެ.

އެ ރެސްޓޯރެންޓްގެ ކެއުންތަކަކީ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ކެއުންތަކެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ADS BY ASTERS

Comments are closed.