މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިށް މިދިޔަ މަހުގެ ނިޔަލަށް އެއް ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހު މީރާ މެދުވެރިކޮށް ލިބުނު އާމްދަނީ އަށް ވުރެ 0.4 އިންސައްތަ ދަށް އަދަދެކެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ލިބުނު އާމްދަނީއާ އަޅާ ބަލާއިރު މި އަހަރުގެ އޮގަސްޓް މަހު ލިބުނު އާމްދަނީ 0.4 އިންސައްތަ މަދުވީ މިދިޔަ އަހަރުގެ އެ މުއްދަތުގެ އާމްދަނީގެ ތެރޭގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ ދައްކަންޖެހޭ ފައިސާ އެ މުއްދަތުގެ ތެރޭގައި ލިބިފައިވާތީ ކަމަށް މީރާއިން ވަނީ ބުނެފައެވެ.

އެ އިދާރާ އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ލިބުނު އާމްދަނީގެ ތެރެއިން 46 އިންސައްތައާއެކު އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އެވެ. ދެވަނަ އަށް އެންމެ ގިނައިން ލިބުނީ ރަށްތަކާއި ފަޅުތައް ދޫކުރުމުން ލޭންޑް އިކިއުޒިޝަން ފީގެ ގޮތުގައި ނަގާ ފައިސާއިންނެވެ.

މީރާއަށް މިދިޔަ މަހު ލިިބިފައިވާ އެއް ބިލިއަން ރުފިއާގެ ތެރޭގައި ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް (ބީޕީޓީ) އާއީ ގްރީން ޓެކްސްގެ އިތުރުން ފަސިންޖަރުންގެ އަތުން ނަގާ އެއާޕޯޓް ސާވިސް ޗާޖާއި ދައުލަތަށް ނަގާ އެހެނިހެން ފީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ހިމެނެ އެވެ.

މީގެ އިތުރުން މިދިޔަ މަހު ލިބުނު އެއް ބިލިއަން ރުފިޔާގެ ތެރެއިން 39.7 މިލިއަން ރުފިޔާ ލިބިފައިވަނީ ޑޮލަރުން ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

 

ADS BY ASTERS

1 ކޮމެންޓް

  1. ނިކަމެތި ވިޔަފާރިވެރިއެއް

    ލިބޭނެ އަދި އެއަށްވުރެ ގިނައިންވެސް ކުދި ފިހާރަބާފަ އެދަނީ ޖޫރިމަނާކުރަމުން